ޤާނޫނާއި ގަވާއިދު

×

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދަށް 24 ވަނަ އިޞްލާޙު ގެނައުން

TR-2018/G47

ނެރުނު ތާރީޚް: 10 ޑިސެންބަރު 2018
ކޮންސޮލިޑޭޓް ކުރެވުނު ތާރީޚް: 10 ޑިސެންބަރު 2018
ޑައުންލޯޑް: | އިނގިރޭސި | ދިވެހި |

މިއީ ޤާނޫނު ނަންބަރު 14/2011 މެދުވެރިކޮށް އިޞްލާޙުކޮށްފައިވާ ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 84 ވަނަ މާއްދާގެ ދަށުން ނެރެފައިވާ ރޫލިންގއެކެވެ. އެހެން ގޮތަކަށް ބަޔާންކޮށްފައިވާ ހާލަތެއްގައި މެނުވީ، ޤާނޫނަށް ޙަވާލާދީފައިވާ ތަންތަނުގައި ޙަވާލާދީފައި އެ ވަނީ އިޞްލާޙުކޮށްފައިވާ ޤާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) އަށެވެ. އަދި ގަވާއިދަށް ޙަވާލާދީފައިވާ ތަންތަނުގައި ޙަވާލާދީފައި އެ ވަނީ އިޞްލާޙުކޮށްފައިވާ ގަވާއިދު ނަންބަރު 2011/R-43 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދު) އަށެވެ. ޓެކްސް ދައްކާ ފަރާތްތަކުން މި ރޫލިންގއަށް ތަބާވުން ޤާނޫނީގޮތުން ލާޒިމުކުރެއެވެ.

 

ތަޢާރަފު

1. މި ރޫލިންގގެ މަޤުޞަދަކީ، ގަވާއިދުގެ 40 ވަނަ މާއްދާ އިޞްލާޙުކުރުމެވެ. 

 

ރޫލިންގ

2. ގަވާއިދުގެ 40 ވަނަ މާއްދާގެ (ގ) ގެ ފަހަތަށް އަންނަނިވި އަކުރު އިތުރުކުރުން:

(ޏ) ޤާނޫނުގެ ޖަދުވަލު 1 ގެ 22 ވަނަ އައިޓަމުގެ ބޭނުމަށް، އެފަދަ ތަކެތިކަމަށް ބުނެފައި އެ ވަނީ، ޙައިޟުގެ ދުވަސްވަރުގައި ނުވަތަ ނިފާސްކަމުގެ ދުވަސްވަރުގައި ބޭނުންކުރުމަށް ތައްޔާރުކޮށްފައި ހުންނަ، ސެނިޓަރީ ޓަވަލަށާއި، ސެނިޓަރީ ޕެޑަށާއި، ޕޭންޓީ ލައިނަރސްއަށާއި، ޕެޑު ނުވަތަ ޓަވަލާއެކީ ބޭނުންކުރުމަށް އުފައްދާފައިވާ ސެނިޓަރީ ބެލްޓަށާއި، ޙައިޟުގެ ދުވަސްވަރު ބޭނުންކުރުމަށް އުފައްދާފައިވާ އިންޓަރނަލް ޑިވައިސް (ކީޕަރސް) އަށާއި، މެޓަރނިޓީ ޕެޑަށެވެ.

 

ޢަމަލުކުރަން ފެށުން

3. މި ރޫލިންގއަށް ޢަމަލުކުރަން ފަށާނީ، މި ރޫލިންގ، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ