ޤާނޫނާއި ގަވާއިދު

×

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދަށް 20 ވަނަ އިޞްލާޙު ގެނައުން

TR-2017/G41

ނެރުނު ތާރީޚް: 22 މެއި 2017
ކޮންސޮލިޑޭޓް ކުރެވުނު ތާރީޚް: 22 މެއި 2017
ޑައުންލޯޑް: | އިނގިރޭސި | ދިވެހި |

މިއީ ޤާނޫނު ނަންބަރު 14/2011 މެދުވެރިކޮށް އިޞްލާޙުކޮށްފައިވާ ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 84 ވަނަ މާއްދާގެ ދަށުން ނެރެފައިވާ ރޫލިންގއެކެވެ. އެހެން ގޮތަކަށް ބަޔާންކޮށްފައިވާ ހާލަތެއްގައި މެނުވީ، ޤާނޫނަށް ޙަވާލާދީފައިވާ ތަންތަނުގައި ޙަވާލާދީފައި އެ ވަނީ ޤާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) އަށެވެ. އަދި ގަވާއިދަށް ޙަވާލާދީފައިވާ ތަންތަނުގައި ޙަވާލާދީފައި އެ ވަނީ އިޞްލާޙުކޮށްފައިވާ ގަވާއިދު ނަންބަރު 2011/R-43 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދު) އަށެވެ. ޓެކްސް ދައްކާ ފަރާތްތަކުން މި ރޫލިންގއަށް ތަބާވުމަށް ޤާނޫނީ ގޮތުން ލާޒިމުކުރެއެވެ.

 

ތައާރަފު

1. މި ރޫލިންގގެ މަޤްޞަދަކީ ގަވާއިދުގެ 42، 44 އަދި 59 ވަނަ މާއްދާ އިޞްލާޙުކުރުމެވެ. 

 

ރޫލިންގ

2. ގަވާއިދުގެ 42 ވަނަ މާއްދާގެ (ހ) ގެ (2) ގެ ފަހަތަށް އަންނަނިވި ނަންބަރު އިތުރުކުރުން:

(ހ) (3) އެ މުޢާމަލާތުން ސުން-ރޭޓުގައި ޖީ.އެސް.ޓީ ނެގިކަމުގައި ވިޔަސް ދައުލަތުގެ އާމްދަނީއަށް އުނިކަމެއް ނާންނާނެ ކަމަށް މީރާއިން ކަނޑައެޅުން.

3. ގަވާއިދުގެ 42 ވަނަ މާއްދާގެ (ހ) ގެ (2) ގެ ފަހަތުގައިވާ "."، "؛ ނުވަތަ" އަށް ބަދަލުކުރުން.

4. ގަވާއިދުގެ 44 ވަނަ މާއްދާގެ (ށ) ގައިވާ އިބާރާތް "މި މާއްދާގެ (ހ) ގެ ބޭނުމަށް"، "މި މާއްދާގެ (ހ) ގެ (1) ގެ ބޭނުމަށް" އަށް ބަދަލުކުރުން.

5. ގަވާއިދުގެ 59 ވަނަ މާއްދާގެ (ނ) ގައިވާ އިބާރާތް "މި ގަވާއިދުގެ 58 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ"، "މި ގަވާއިދުގެ 58 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ" އަށް ބަދަލުކުރުން.

 

ޢަމަލުކުރަން ފެށުން

6. މި ރޫލިންގއަށް ޢަމަލުކުރަން ފަށާނީ މި ރޫލިންގ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ