ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކަށް ލިބޭ އެހެނިހެން އާމްދަނީ
ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް ލިބޭ އަންނަނިވި ބާވަތްތަކުގެ އާމްދަނީން، އެއީ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް ދައްކަންޖެހޭ ބާވަތެއްގެ އާމްދަނީއެއް ކަމުގައި ނުވިނަމަވެސް، ނުވަތަ އެ ފަރާތަށް އެ އާމްދަނީ ލިބުނީ ދިވެހިރާއްޖޭގައި ހުރި އެ ފަރާތުގެ ދާއިމީ މަރުކަޒަކުން ކުރާ ވިޔަފާރިއަކުން ނޫން ނަމަވެސް، ޓެކްސް ދައްކަންޖެހޭނެއެވެ.
- ދިވެހިރާއްޖޭގައި އަދާކުރާ ވަޒީފާއަކުން ލިބޭ އުޖޫރަ؛
- ދައުލަތުގެ އޮފީހަކާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އަދާކުރާ ވަޒީފާއަކުން، އެ ވަޒީފާ އަދާކުރަނީ ކޮންމެ ތަނެއްގައި ކަމަށްވީ ނަމަވެސް، ލިބޭ އުޖޫރަ؛
- ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ކުންފުންޏަކުން ނުވަތަ ޕާޓްނަރޝިޕަކުން ލިބޭ ޑިރެކްޓަރުންގެ ފީ ނުވަތަ ޕާޓްނަރުންގެ އުޖޫރަ؛
- ކަނޑުބޯޓު ނުވަތަ މަތިންދާބޯޓު އޮޕަރޭޓްކުރާ ނުވަތަ ޗާޓަރުކުރާ ނުވަތަ ކުއްޔަށްދޭ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތަކާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އަދާކުރާ ވަޒީފާއަކުން، އެ ވަޒީފާ އަދާކުރަނީ ކޮންމެ ތަނެއްގައި ކަމަށްވީ ނަމަވެސް، ލިބޭ އުޖޫރަ؛
- ދައުލަތުގެ އޮފީހަކާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ފޯރުކޮށްދޭ ޚިދުމަތަކުން، އެ ޚިދުމަތް ފޯރުކޮށްދެނީ ކޮންމެ ތަނެއްގައި ކަމަށްވީ ނަމަވެސް، ލިބޭ އާމްދަނީ؛
- ދައުލަތުން ނުވަތަ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތަކުން ދޭ، ނުވަތަ ދިވެހިރާއްޖޭގައި އަދާކުރި ވަޒީފާއަކާ ގުޅިގެން ނުވަތަ ފޯރުކޮށްދިން ޚިދުމަތަކާ ގުޅިގެން ލިބޭ އެނުއިޓީ، ޕެންޝަން ނުވަތަ އެނޫންވެސް ރިޓަޔަރމަންޓް ބެނިފިޓް؛
- ދިވެހިރާއްޖޭގައި ހުރި ނުވަތަ ދިވެހިރައްޖޭގައި ރަޖިސްޓަރީކޮށްފައިވާ ނުއުފުލޭ މުދަލަކުން ލިބޭ ކުލި؛