ޓެކްސް އިންވޮއިސް
ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ކޮންމެ ފަރާތަކުންމެ، މުދާ ނުވަތަ ޚިދުމަތް ހޯދި ފަރާތަކުން އެދިއްޖެ ހާލަތެއްގައި 28 ދުވަހުގެ ތެރޭގައި ޓެކްސް އިންވޮއިސްއެއް ދޫކުރުން ލާޒިމުވާނެއެވެ. ތިރީގައި މި ވަނީ ޓެކްސް އިންވޮއިސްއެއްގެ ނަމޫނާއެކެވެ.


ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން ދޫކުރާ ޓެކްސް އިންވޮއިސްއެއްގައި އަންނަނިވި ޝަރުތުތައް ފުރިހަމަވާންވާނެއެވެ.
- "ޓެކްސް އިންވޮއިސް" މި އިބާރާތް ފާޅުކަން ބޮޑު ގޮތެއްގައި ދިވެހިން ނުވަތަ އިނގިރޭސިން ލިޔެވިފައި
- މުދަލާއި ޚިދުމަތް ފޯރުވައިދޭ ފަރާތުގެ ނަން، އެޑްރެސް އަދި ޓިން
- މުދަލާއި ޚިދުމަތް ހޯދާ ފަރާތުގެ ނަން، އެޑްރެސް އަދި ޓިން
- އިންވޮއިސް ނަންބަރު (ކުރިން ޕްރިންޓް ކުރެވިފައިވާ ނުވަތަ ސޮފްޓްވެއަރ އަކުން ޖެނެރޭޓް ކޮށްފައިވާ އިންވޮއިސް ނަންބަރު)
- އިންވޮއިސް ދޫކުރި ތާރީޚް
- ފޯރުވައިދިން މުދަލާއި ޚިދުމަތުގެ ތަފްސީލު
- ޖީ.އެސް.ޓީގެ އަދަދު ނުހިމަނައި، ފޯރުވައިދިން މުދަލާއި ޚިދުމަތުގެ ޖުމުލަ އަގު
- މުދަލާއި ޚިދުމަތުން ޖީ.އެސް.ޓީގެ ގޮތުގައި ނެގޭ މިންވަރު
- ޖީ.އެސް.ޓީގެ އަދަދު ހިމަނައިގެން އޮންނަ ފޯރުވައިދިން މުދަލާއި ޚިދުމަތުގެ ޖުމުލަ އަގު. ފޯރުވައިދިން މުދަލާއި ޚިދުމަތުގެ އަގުގެ ތެރޭގައި ޖީ.އެސް.ޓީގެ އަދަދު ހިމެނޭނަމަ އެކަން ބަޔާންކޮށް ލިޔެފައިވާ ލިޔުންކޮޅެއް އޮތުމުން ފުދޭނެއެވެ