ތައާރަފު

މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީ.އެސް.ޓީ) އަކީ 2 އޮކްޓޫބަރު 2011 އިން ފެށިގެން ދިވެހިރާއްޖޭގައި ފޯރުވައިދޭ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކުހެކެވެ. ޖީ.އެސް.ޓީއަކީ ޤާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު)ގެ ދަށުން ނަގާ ޓެކުހެކެވެ.

ޤާނޫނުގެ ދަށުން ޖީ.އެސް.ޓީ ނަގާނީ ދެ ދާއިރާއެއްގައެވެ. އެއީ:

  • ޓޫރިޒަމް ދާއިރާ

  • ޓޫރިޒަމް ދާއިރާ ފިޔަވައި އެ ނޫން ދާއިރާތައް

ޖީ.އެސް.ޓީ ޓައިމްލައިން

ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތްތަކަކީ:

  • ޓޫރިޒަމާބެހޭ މިނިސްޓްރީން ހުއްދަ ލިބިގެން ހިންގާ ޓޫރިސްޓް ރިޒޯޓުތަކާއި، ޓޫރިސްޓް ހޮޓާތަކާއި، ގެސްޓްހައުސްތަކާއި، ޕިކްނިކް އައިލެންޑްތަކާއި، ޓޫރިސްޓް އުޅަނދުތަކާއި، ޔޮޓް މެރީނާތަކުން (ޓޫރިސްޓު އެސްޓަބްލިޝްމަންޓުތަކުން) ވިއްކާ މުދަލާއި ދޭ ޚިދުމަތް.

  • މުވައްޒަފުންނަށް ޚާއްޞަކުރެވިގެން ހިންގާ ފިހާރަތަކާއި ކެފޭތައް ފިޔަވައި، ޓޫރިސްޓު އެސްޓަބްލިޝްމަންޓު ތަކުގައި ޤާއިމްކޮށްފައިވާ އެހެން ފިހާރަތަކާއި، ޑައިވިންގ ސްކޫލްތަކާއި، ސްޕާތަކާއި، ވޯޓަރ ސްޕޯޓްސް ފެސިލިޓީތަކާއި، އެނޫންވެސް އެ ފަދަ ތަންތަނުން ވިއްކާ މުދަލާއި ދޭ ޚިދުމަތް.

  • ޓޫރިޒަމާބެހޭ މިނިސްޓްރީން ހުއްދަ ލިބިގެން ހިންގާ ދަތުރު ރާވައި ހިންގުމުގެ ޚިދުމަތް (ޓްރެވެލް އެޖެންސީ ޚިދުމަތް) ދޭ ފަރާތްތަކުން ވިއްކާ މުދަލާއި ދޭ ޚިދުމަތް.

  • ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރުގެ ކަންތަކާ ހަވާލުވާ އެޖެންޓުން، އެ ފަދަ އުޅަނދުފަހަރަށް ވިއްކާ މުދަލާއި ދޭ ޚިދުމަތް.

  • ދިވެހިރާއްޖޭގެ އެތެރޭގައި ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ދޭ ފަރާތްތަކުން ދިވެހިރައްޔިތުން ފިޔަވައި އެހެން ފަރާތްތަކަށް ވިއްކާ މުދަލާއި ދޭ ޚިދުމަތް

އެ ނޫން ދާއިރާތަކުގެ (ޖެނެރަލް ސެކްޓަރގެ) މުދަލާއި ޚިދުމަތުގެ ތެރޭގައި ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތް ފިޔަވައި އެހެން ހުރިހައި މުދަލާއި ޚިދުމަތެއް ހިމެނޭނެއެވެ.

1 ނޮވެންބަރު 2014 އިން ފެށިގެން 31 ޑިސެންބަރު 2022 ގެ ނިޔަލަށް

ޖީ.އެސް.ޓީ ނެގޭ ދާއިރާ

ރޭޓް

ޓޫރިޒަމް ދާއިރާ ނޫން އެހެނިހެން ދާއިރާ (ޖެނެރަލް ސެކްޓަރ)

6%

ޓޫރިޒަމް ދާއިރާ (ޓޫރިޒަމް ސެކްޓަރ)

12%

1 ޖަނަވަރީ 2023 އިން ފެށިގެން 30 ޖޫން 2025 ގެ ނިޔަލަށް 

ޖީ.އެސް.ޓީ ނެގޭ ދާއިރާ

ރޭޓް

ޓޫރިޒަމް ދާއިރާ ނޫން އެހެނިހެން ދާއިރާ (ޖެނެރަލް ސެކްޓަރ)

8%

ޓޫރިޒަމް ދާއިރާ (ޓޫރިޒަމް ސެކްޓަރ)

16%

1 ޖުލައި 2025 އިން ފެށިގެން

ޖީ.އެސް.ޓީ ނެގޭ ދާއިރާ

ރޭޓް

ޓޫރިޒަމް ދާއިރާ ނޫން އެހެނިހެން ދާއިރާ (ޖެނެރަލް ސެކްޓަރ)

8%

ޓޫރިޒަމް ދާއިރާ (ޓޫރިޒަމް ސެކްޓަރ)

17%

 

 

 

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ