މީރާގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ރޯޑްމެޕަކީ ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި މީރާގެ މަސައްކަތްތައް ޒަމާނީ ކުރިއެރުންތަކާ އެއްގޮތައް ތަރައްޤީކޮށް، ޓެކުހުގެ ޚިދުމަތްތައް ޓެކްސް ދައްކާ ފަރާތްތަކަށް ފަސޭހަ، ޑިޖިޓަލް ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި މީރާއިން ރާވާފައިވާ ކަންކަމުގެ ޚުލާސާއެއް ފެނިލައްވާނެ ޕްލޭނެކެވެ. މި ރޯޑްމެޕްގެ ދަށުނެ މީރާގެ މަސައްކަތްތައްވަނީ 6 ވޯކްސްޓްރީމަކަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައެވެ. މީގެ ތެރޭގައި ލީގަލް ފްރޭމްވޯކް، ޕްރޮސީޖަރަލް ފްރޭމްވޯކް، ޓެކްނޮލޮޖީ، ޑޭޓާ، ހިއުމަން ކެޕިޓަލް އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، އަދި ޗޭންޖް މެނޭޖްމަންޓް ހިމެނެއެވެ. މި ރޯޑްމެޕްގެ އަމާޒަކީ ޓެކްސަދައްކާ ފަރާތްތަކަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ފަސޭހަ އަދި ޚަރަދުކުޑަ ގޮތެއްގައި ޓެކުހުގެ އާމްދަނީ ބަލައިގަނެވޭނެ ނިޒާމެއް ގާއިމުކުރުމެވެ.