ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް އަކީ، ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތަކުން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް ދައްކާ ވަކި ބާވަތެއްގެ ފައިސާއިން ކަނޑައެޅިފައިވާ ޕަސެންޓެއް އުނިކުރުމަށްފަހު މީރާއަށް ދައްކަންޖެހޭ ޓެކުހެއް. މި ޓެކްސް ނަގަނީ އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ 55 ވަނަ މާއްދާގެ ދަށުން.
| # | ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަށް ލިބޭ އާމްދަނީގެ ބާވަތް | ޓެކްސް ރޭޓް |
| 1 | ދިވެހިރާއްޖޭގައި ހުރި ނުއުފުލޭ މުދަލަކުން ލިބޭ ކުލި | 10% |
| 2 | ރޯޔަލްޓީ | 10% |
| 3 | އިންޓްރެސްޓް (މީރާއިން ޤަބޫލުކުރާ ބޭންކަކަށް ނުވަތަ ބޭންކު-ނޫން މާލީ އިދާރާއަކަށް ނޫން ފަރާތަކަށް ދައްކާ) | 10% |
| 4 | ޑިވިޑެންޑް | 10% |
| 5 | ޓެކްނިކަލް ސަރވިސް ފީ | 10% |
| 6 | ދިވެހިރާއްޖޭގައި ފޯރުކޮށްދޭ ޚިދުމަތަކަށް ދައްކާ ކަމިޝަން | 10% |
| 7 | ދިވެހިރާއްޖޭގައި މުނިފޫހިފިލުވައިދޭ މީހުންގެ ހަރަކާތްތަކަށް ދައްކާ ފައިސާ | 10% |
| 8 | ދިވެހިރާއްޖޭގައި ދިރާސާކުރުމާއި ތަރައްގީކުރުމަށް (ރިސަރޗް އެންޑް ޑިވެލޮޕްމަންޓަށް) ދައްކާ ފައިސާ | 10% |
| 9 | އިންޝުއަރެންސް ޕްރީމިއަމް | 10% |
| 10 | ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރަކަށް ދައްކާ ފައިސާ | 5% |
ވަޒަންވެރިވެފައިނުވާ ފަރާތަކަށް ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ ބާވަތުގެ ފައިސާއެއް ދައްކާ ދުވަސް ނުވަތަ އެ ފައިސާ ދައްކަންޖެހޭ ތާރީޚު، މި ދެ ތާރީޚުން ކުރިން އަންނަ ތާރީޚެގައި
ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން (MIRA 602)
ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ ބަވަތެއްގެ ފައިސާ ދައްކާފައިވާ މަހާއި ޖެހިގެން އަންނަ މަހުގެ 15 ވަނަ ދުވަސް.
ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ ބާވަތެއްގެ ފައިސާ ދައްކާފައި ނުވާނަމަ އެ މުއްދަތުގައި މީރާއަށް ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން ހުށަހަޅާކަށް ނުޖެހޭނެ.
ބައެއް ހާލަތްތަކުގައި އިންކަމް ޓެކްސް ޤާނޫނުގެ 55 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބާވަތެއްގެ ފައިސާއެއް ދެއްކިއަށް ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް ދައްކަން ނުޖެހިދާނެ. މިސާލަކަށް "ޑީ.ޓީ.އޭ.އޭ" އެއްގެ ދަށުން ލިބިފައވާ އިސްތިސްނާއެއްގެ ސަބަބުން. މި ހާލަތްތަކުގައި ޓެކްސް ދައްކަން ނުޖެހުނަސް ބަޔާން ހުށަހަޅަންޖެހޭނެ.
ނޫން. މި ޓެކްސް ބަޔާން ހުށަހަޅަންޖެހޭނީ އޮންލައިންކޮށް މީރާކަނެކްޓް މެދުވެރިކޮށް.
ތިޔަ ފަރާތުގެ ފަންކްޝަނަލް ކަރަންސީއަކީ ރުފިޔާ ކަމުގައިވާނަމަ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން ތައްޔާރުކުރަންޖެހޭނީ ރުފިޔާއިން. އަދި ރުފިޔާ ނުވަތަ އެމެރިކާ ޑޮލަރުން ވިތުހޯލްޑިންގ ޓެކްސް ދެއްކުމަށް އިޚްތިޔާރުކުރެވިދާނެ.
ތިޔަ ފަރާތުގެ ފަންކްޝަނަލް ކަރަންސީއަކީ ރުފިޔާ ފިޔަވައި އިތުރު އެހެން ކަރަންސީއެއްނަމަ، ވިތުހޯލްޑިންގ ޓެކްސް ބަޔާން ތައްޔާރުކޮށް ފައިސާ ދައްކަންޖެހޭނީ އެމެރިކާ ޑޮލަރުން.
ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭނީ ޖުމުލަ އަދަދުން. ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ ފައިސާއަކުން، އެ ފައިސާ ދައްކާ ފަރާތުން ވިތުހޯލްޑިންގ ޓެކްސް އުނި ނުކޮށް އެ ފައިސާ ދައްކާފައިވާނަމަ، އެ މުޢާމަލާތުން އުނިކުރަންޖެހޭ ވިތުހޯލްޑިންގ ޓެކުސް އަދަދު އުނިކޮށްފައިވާ ކަމަށް ބަލައި، ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭ އަދަދު ހިސާބުކުރާނީ ތިރީގައިވާ ފޯމިއުލާ ބޭނުންކޮށްގެން.
(A × t) / (100 - t)
= t ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ ރޭޓް
= A ދެއްކި ފައިސާގެ ޢަދަދު
އެދިލެއްވުމުން މީރާއިން، ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް ދެއްކި ފަރާތަށް (ބަޔާން ހުށަހެޅި ފަރާތަށް) ސެޓްފިކެޓް ފޯރުކޮށްދޭނެ.
ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަށް މި ސެޓްފިކެޓް ފޯރުކޮށްދިނުމަކީ ބަޔާން ހުށަހެޅި ފަރާތުގެ ޒިންމާއެއް.
ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން ހުށަހެޅި ފަރާތަށް، މީރާކަނެކްޓް މެދުވެރިކޮށް ވިތުހޯލްޑިންގ ޓެކްސް ސެޓްފިކެޓް ޑައުންލޯޑް ކުރެވޭނެ.
މުއްދަތު ނުވަތަ ޢަދަދު އެނގެން ނެތް ޙާލަތްތަކުގައި ވިތުހޯލްޑިންގ ޓެކްސް އުނިކުރުންއެ ފައިސާއެއްގެ ޒާތުން، އެ ފައިސާ ނިސްބަތްވާ މުއްދަތުގައި އެ ފައިސާ ދައްކަންޖެހޭކަން ނުވަތަ އެ ފައިސާގެ އަދަދު އެނގެން ނެތް ހާލަތުތަކުގައި، ވިތުހޯލްޑިންގ ޓެކްސް ދައްކަންޖެހޭ އަދަދު ހިސާބުކުރާނީ، އެ ފަރާތުގެ އެކައުންޓިންގ ސްޓޭންޑާރޑް ގެ ދަށުން އެ ފައިސާ ނިސްބަތްވާ މުޢާމަލާތާ ގުޅޭގޮތުން ޕްރޮވިޜަނެއް ހަދަންޖެހޭނަމަ، އެ ޕްރޮވިޜަންގެ އަދަދަކީ ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ ފައިސާގެ އަދަދުކަމަށް ބަލައިގެން. ޕްރޮވިޜަނެއްގެ ދަށުން ހިސާބުކުރެވޭ ވިތުހޯލްޑިންގ ޓެކްސްގެ އަދަދު، އެ ޕްރޮވިޜަން ނިސްބަތްވާ މަހުގެ ވިތުހޯލްޑިންގ ޓެކްސް ބަޔާނުގައި ހިމަނަންވާނެ އަދި އެއާ ގުޅިގެން ދައްކަންޖެހޭ ޓެކްސްވެސް ދައްކަންވާނެ.
ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ ފައިސާގެ އަދަދު ކަށަވަރުވުމުން، އިތުރަށް ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭނަމަ، އެ ގޮތުން ކަށަވަރުވި މަހުގެ ވިތުހޯލްޑިންގ ޓެކްސް ބަޔާނުގައި، އިތުރަށް އުނިކުރަންޖެހޭ އަދަދު ހިމަނަންވާނެ. ހަމައެގޮތަށް، ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ ފައިސާގެ އަދަދު ކަށަވަރުވުމުން، ވިތުހޯލްޑިންގ ޓެކްސް އިތުރަށް ދައްކާފައިވާނަމަ، އެ ގޮތުން އިތުރުވި އަދަދު ކަށަވަރުވި މަހަށް، އެ ފަރާތުން ދައްކަންޖެހޭ ވިތުހޯލްޑިންގ ޓެކްސްއިން އުނިކުރެވިދާނެ.
ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތުން އެ ޚިދުމަތެއް ދިނުމަށް ނުވަތަ އެ ކަމަކަށް ކޮށްފައިވާ ޚަރަދުތައް ރިއިމްބަރސް ކުރުމުގެ ގޮތުން ދައްކާ ފައިސާއެއް ހިމެނުނުކަމުގައި ވިޔަސް، ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭނީ (ރީއިމްބަރސް ކުރުމަށް ދައްކާ ފައިސާވެސް ހިމެނޭގޮތުން) ދައްކާ ފައިސާގެ ޖުމްލަ ޢަދަދުން.
ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ ފައިސާއެއް ރިކަވަރ ކޮށްދިނުމަށް ދައްކާ ފައިސާއިންވެސް، އެ ފައިސާއިން ސްޕްލަޔަރ އަށް ދައްކާ އަދަދުން ވިތުހޯލްޑިންގ ޓެކްސް އުނިކުރަންވާނެ.
އެ ބަޔާން ހުށަހަޅަންޖެހޭ ތާރީޚުން ފެށިގެން ހިނގާ 12 މަސް ދުވަހުގެ ތެރޭގައި އެ ބަޔާން އިޞްލާޙުކުރެވިދާނެ