އާމްދަނީން ޓެކްސް ނެގުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރެވުނީ 17 ޑިސެންބަރު 2019 ގައި. މި ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާފައިވަނީ 1 ޖަނަވަރީ 2020 އިން ފެށިގެން. ނަމަވެސް، އުޖޫރައިން ޓެކްސް ނަގަން ފެށުނީ 1 އެޕްރީލް 2020 އިން ފެށިގެން.
ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތްތަކާއި، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައި ނުވިނަމަވެސް ނުވަތަ ވަގުތީ ގޮތުން ވަޒަންވެރިފައި ވީނަމަވެސް، ދިވެހިރާއްޖެއިން އާމްދަނީ ލިބޭ ކޮންމެ ފަރާތެއްގެ މައްޗަށް.
ފަރުދުންނަށް ލިބޭ ޓެކްސް ބިނާކުރެވޭ އާމްދަނީން ޓެކްސް ނަގާ ރޭޓުތައް ތިރީގައިވާ ތާވަލުގައި އެ ވަނީއެވެ.
| ހިސާބުކުރާ މުއްދަތެއްގެ ތެރޭގައި ލިބޭ ޓެކްސް ބިނާކުރެވޭ އާމްދަނީގެ ބްރެކެޓު | ޓެކްސް ރޭޓު |
| 720,000 ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ | 0% |
| 720,000 ރުފިޔާއަށްވުރެ ބޮޑު، ނަމަވެސް 1,200,000 ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ | 5.5% |
| 1,200,000 ރުފިޔާއަށްވުރެ ބޮޑު، ނަމަވެސް 1,800,000 ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ | 8% |
| 1,800,000 ރުފިޔާއަށްވުރެ ބޮޑު، ނަމަވެސް 2,400,000 ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ | 12% |
| 2,400,000 ރުފިޔާއަށްވުރެ ބޮޑު | 15% |
ވަޒީފާ ދޭ ފަރާތުން ނުވަތަ އެ ފަރާތުގެ ބަދަލުގައި އުޖޫރަ ދޭ ފަރާތަކުން މުވައްޒަފަކަށް، ކުންފުންޏެއްގެ ޑިރެކްޓަރަކަށް ނުވަތަ ޕާޓްނަރޝިޕެއްގެ ޕާޓްނަރަކަށް ދޭ އުޖޫރައިން އުނިކުރާ ޓެކުހުގެ އަދަދު.
އުޖޫރައިގެ އާމްދަނީން ޓެކްސް ނަގަން ފަށަންޖެހޭ ތާރީޚަކީ 1 އެޕްރީލް 2020 ކަމުގައިވާތީ، މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ވެސް ނަގަން ފެށުނީ 1 އެޕްރީލް 2020 އިން ފެށިގެން.
މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ނިޒާމަކީ، މުވައްޒަފަށް، ޑިރެކްޓަރަށް ނުވަތަ ޕާޓްނަރަށް އުޖޫރަ ދިނުމުގެ ކުރިން އުޖޫރަ ދޭ ފަރާތުން އެ އުޖޫރައިން ދައްކަންޖެހޭ ޓެކުހުގެ މިންވަރެއް އުނިކުރުމަށް ފަހު މީރާއަށް ދައްކާ ނިޒާމެއް. މި ނިޒާމުގެ ތެރެއިން އުޖޫރައިގެ އާމްދަނީން ކުރީބައިގައި ޓެކްސް ދައްކަން ޖެހުނުކަމުގައި ވީނަމަވެސް، އެއް އާމްދަނީއަކުން ދެ ފަހަރު ޓެކްސް ދައްކަންޖެހޭ ފަދަ ހާލަތެއް މެދުވެރިއެއް ނުވާނެ. އުޖޫރައިން ދައްކަންޖެހޭ ޓެކްސް ގެ މިންވަރުގެ ބޮޑު ބައެއް ވިތުހޯލްޑިންގ ނިޒާމުގެ ތެރެއިން ދެއްކިފައިވުން ފިޔަވައި މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކުހާ އާމްދަނީން ނެގޭ ޓެކުހާ ތަފާތެއް ނެތް.
މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރާނީ އަންނަނިވި ރޭޓުތަކުގައެވެ.
| ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރައިގެ ބްރެކެޓު (މަހެއްގެ މައްޗަށް) | ޓެކްސް ރޭޓު |
| 60,000 ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ | 0% |
| 60,000 ރުފިޔާއަށްވުރެ ބޮޑު، ނަމަވެސް 100,000 ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ | 5.5% |
| 100,000 ރުފިޔާއަށްވުރެ ބޮޑު، ނަމަވެސް 150,000 ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ | 8% |
| 150,000 ރުފިޔާއަށްވުރެ ބޮޑު، ނަމަވެސް 200,000 ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ | 12% |
| 200,000 ރުފިޔާ އެއަށްވުރެ ބޮޑު | 15% |
އުއުޖޫރައިގެ ތެރޭގައި ހިމެނެނީ، މުވައްޒަފަކު ނުވަތަ ޑިރެކްޓަރަކު ނުވަތަ ޕާޓްނަރަކު ފޯރުކޮށްދޭ ޚިދުމަތުގެ މުޤާބިލުގެ ގޮތުގައި (ފައިސާއިން ނުވަތަ އެނޫންވެސް ގޮތަކަށް) އޭނާއަށް ލިބޭ މުސާރައާއި، އިނާޔަތާއި މަންފާ. މީގެ ތެރޭގައި، ވަޒީފާ ގެއްލުމުގެ ސަބަބުން ނުވަތަ ޚިދުމަތް ހުއްޓާލުމުގެ ސަބަބުން ލިބޭ ބަދަލާއި، ވަކި ކަންތައްތަކަށް ޝަރުތުކޮށް ދޭ ފައިސާއާއި ވަޒީފާއަށް ވަނުމަށް ނުވަތަ ވަޒީފާއިން ވަކިވުމަށް ބާރުއަޅާ އިނާޔަތްތައްވެސް ހިމެނޭ
މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރައަކީ މަހެއްގެ މައްޗަށް ލިބޭ އުޖޫރައިން މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް މުވައްޒަފުގެ އުޖޫރައިން ދައްކާ އަދަދު އުނިކުރުމުން އޮންނަ އަދަދު.
1 ޖަނަވަރީ 2020 ވަނަ ދުވަހާ ހަމައަށް، ޓެކްސް ދައްކާ ފަރާތެއްގެ ގޮތުގައި މީރާގައި ރަޖިސްޓަރީކޮށްފައިވާ ފަރާތެއްނަމަ، އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން އަލުން ރަޖިސްޓަރީކުރަން ހުށަހަޅާކަށް ނުޖެހޭނެ. މީރާއިން އެފަދަ ފަރާތްތައް އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީކުރުމަށްފަހު އަންގާނެ.
އެ ފަދަ ފަރާތްތައް ވެސް ރަޖިސްޓަރީކުރަންޖެހޭނެ. އެހެންނަމަވެސް، ދިވެހިރާއްޖޭގައި އިންކޯޕަރޭޓްކުރާ އެ ފަދަ ފަރާތްތަކުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓަރީކުރުމުގެ ތެރޭގައި، އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީވެގެންދާނެ. އެހެންކަމުން އެ ފަދަ ފަރާތްތަކުން ރަޖިސްޓަރީވުމަށް ވަކި ފޯމެއް މީރާއަށް ހުށަހަޅާކަށް ނުޖެހޭނެ.
އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ވެސް މި ޓެކުހަށް ރަޖިސްޓަރީކުރަންޖެހޭނެ. އެހެންނަމަވެސް، ދިވެހިރާއްޖޭގައި އިންކޯޕަރޭޓްކޮށްފައިވާ ފަރާތްތަކެކޭ އެއްގޮތަށް، މި ފަދަ ފަރުދުން އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީވުމަށް ވަކި ފޯމެއް މީރާއަށް ހުށަހަޅާކަށް ނުޖެހޭނެ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓަރީކުރާއިރު މި ޓެކުހަށް ވެސް ރަޖިސްޓަރީވާނެ.
ދިވެހިރާއްޖޭގައި ހުރުމުގެ ހުއްދަ ލިބިފައިވާ ބިދޭސީއަކު 183 ދުވަހު ނުވަތަ އެއަށްވުރެ ގިނަ ދުވަހު ދިވެހިރާއްޖޭގައި އުޅެފައިވާނަމަ އަދި އެ މީހަކީ ދިވެއްސަކާ އިނދެގެން އުޅޭ މީހެއް ނޫންނަމަ، އާމްދަނީން ޓެކްސް ނެގުމުގެ ބޭނުމަށް، އެ މީހާއަކީ "ދިވެހިރާއްޖޭގައި ވަގުތީގޮތުން ވަޒަންވެރިވެފައިވާ" މީހެއް.
މައިގަނޑު ތަފާތަކީ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތުން އެފަރާތަށް ދިވެހިރާއްޖެއިން ލިބޭ އާމްދަނީއާއި ދިވެހިރާއްޖެއިން ބޭރުން ލިބޭ އާމްދަނީއިން ޓެކްސް ދައްކަން ޖެހޭއިރު، ދިވެހިރާއްޖޭގައި ވަގުތީގޮތުން ވަޒަންވެރިވެފައިވާ ފަރާތުން ޓެކްސް ދައްކަން ޖެހެނީ އެފަރާތަކަށް ދިވެހިރާއްޖެއިން ލިބޭ އާމްދަނީން އެކަނިކަމަށްވުން.
ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކީ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތެއް ކަމުގައި ނުވާ އަދި ދިވެހިރާއްޖޭގައި ވަގުތީގޮތުން ވަޒަންވެރިވެފައިވާ ފަރާތެއް ކަމުގައިވެސް ނުވާ ފަރާތް.
ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތަކުން، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކަށް ދައްކާ ބައެއް ބާވަތުގެ ފައިސާ އިން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭނެ. އެހެން ނަމަވެސް ދިވެހިރާއްޖޭގައި ވަގުތީގޮތުން ވަޒަންވެރިވެފައިވާ ފަރާތްތަކަށް ދައްކާ ފައިސާއިން މި ވިތުހޯލްޑިންގ ޓެކްސް އުނިކުރަންނުޖެހޭ.