ގްރީން ޓެކްސް

ގްރީން ޓެކުހަކީ ޓޫރިސްޓް ރިޒޯޓުތަކާއި، އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓުތަކާއި، ޓޫރިސްޓް ހޮޓާތަކާއި، ރިޒޯޓް ހޮޓާތަކާއި، ހޮޓާތަކާއި، ޓޫރިސްޓް އުޅަނދުތަކާއި، ޓޫރިސްޓް ގެސްޓްހައުސްތަކާއި، އެނޫންވެސް އެފަދަ ތަންތަނުގައި ތިބޭ ޓޫރިސްޓުން އަތުން، އެ ތަނުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް ނަގާ ޓެކުހެއް. 

ދިވެހި ރައްޔިތުންނާއި، ރެސިންޑެންޓް ޕަރމިޓް އޮންނަ މީހުން އަދި 2 އަހަރު ނުފުރޭ ކުޑަކުދިން

ޓޫރިސްޓުންނަކީ ދިވެހިރާއްޖެއަށް އަންނަ ދިވެހި ރައްޔިތުން ނޫން  "ރެސިޑެންޓް ޕާރމިޓް" ނެތް ކޮންމެ މީހެއް.

ރެސިޑެންޓް ޕާރމިޓްއަކީ، ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، ޓޫރިސްޓެއްނޫން ގޮތަކަށް ދިވެހިރާއްޖޭގައި ހުރުމަށް، ދިވެހި ރައްޔިތުން ނޫން ފާރާތްތަކަށް ކަމާބެހޭ ފަރާތުންދޭ ހުއްދައެއް.

1 ޖަނަވަރީ 2025 ފެށިގެން، ޗެކްއިން ވާ ވަގުތުގައި 2 އަހަރު ނުފުރޭ ކުޑަކުދިން، ގްރީން ޓެކުހުން އިސްތިސްނާވާނެ.

ނޫން، ގްރީން ޓެކްސް ނަގަނީ ކުއްޖާ ޗެކް-އިން ވާއިރު އުމުރުން 2 އަހަރު ފުރިފައިވާނަމަ.

ފްލައިޓް ކްރޫއިން ރާއްޖެއަށް އަންނަނީ "ޖެނެރަލް ޑެކްލަރޭޝަން (ޖީ.ޑީ)" އެއްގެ ދަށުން ކަމުގައިވާތީ ޓޫރިސްޓުންގެ ގޮތުގައި ނުބެލެވޭ. އެހެންކަމުން އެ ފަރާތްތަކުގެ އަތުން ގްރީން ޓެކްސް އެއް ނުނެގޭނެ.

ގްރީން ޓެކްސް ނަގަން ފެށުނީ 1 ނޮވެންބަރު 2015 ގައި. ޓޫރިސްޓް ގެސްޓްހައުސްތަކުން ގްރީން ޓެކްސް ނަގަން ފަށައިފައިވަނީ 1 އޮކްޓޫބަރު 2016 އިން ފެށިގެން.

1 ނޮވެންބަރު 2015 އިން ފެށިގެން 30 ސެޕްޓެންބަރު 2016 ގެ ނިޔަލަށް

ނަން (ތަން / އުޅަނދު) އަދަދު (އެ ތަނުގައި/އުޅަނދުގައި ހުރި ކޮންމެ ދުވަހަކަށް އެމެރިކާ ޑޮލަރުން)
ޓޫރިސްޓް ރިޒޯޓް 6
ޓޫރިސްޓް ހޮޓާ 6
ޓުރިސްޓް އުޅަނދު 6

1 އޮކްޓޫބަރު 2016 އިން ފެށިގެން 2 ޖުލައި 2022 ގެ ނިޔަލަށް

ނަން (ތަން / އުޅަނދު) އަދަދު (އެ ތަނުގައި/އުޅަނދުގައި ހުރި ކޮންމެ ދުވަހަކަށް އެމެރިކާ ޑޮލަރުން)
ޓޫރިސްޓް ރިޒޯޓް 6
ޓޫރިސްޓް ހޮޓާ 6
ޓޫރިސްޓް އުޅަނދު 6
ޓޫރިސްޓް ގެސްޓްހައުސް 3

3 ޖުލައި 2022 ގައި ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް 11 ވަނަ އިޞްލާހުގެނައުމާ ގުޅިގެން ގްރީން ޓެކްސް ނެގުންވަނީ 3 ޖުލައި 2022 ގައި މެދުކަނޑާލެވިފައެވެ. އެހެންނަމަވެސް 21 ސެޕްޓެންބަރު 2022 ގައި ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް 12 ވަނަ އިޞްލާހުގެނައުމުގެ ޤާނޫނު މެދުވެރިކޮށް ގްރީން ޓެކްސް ނެގުން ވަނީ ރުޖޫޢަކޮށްފައެވެ. އެހެންކަމުން 3 ޖުލައި 2022 އިން ފެށިގެން 20 ސެޕްޓެންބަރު 2022 ގެ ނިޔަލަށް ގްރީން ޓެކްސް ދައްކާކަށް ނުޖެހެނެއެވެ.

21 ސެޕްޓެންބަރު 2022 އިން ފެށިގެން 31 ޑިސެންބަރު 2022 ގެ ނިޔަލަށް

ނަން (ތަން / އުޅަނދު) އަދަދު (އެ ތަނުގައި/އުޅަނދުގައި ހުރި ކޮންމެ ދުވަހަކަށް އެމެރިކާ ޑޮލަރުން)
ޓޫރިސްޓް ރިޒޯޓް 6
ޓޫރިސްޓް ހޮޓާ 6
ޓޫރިސްޓް އުޅަނދު 6
ޓޫރިސްޓް ގެސްޓްހައުސް 3

1 ޖަނަވަރީ 2023 އިން ފެށިގެން 31 ޑިސެންބަރު 2024 ގެ ނިޔަލަށް

ނަން (ތަން / އުޅަނދު) އަދަދު (އެ ތަނުގައި/އުޅަނދުގައި ހުރި ކޮންމެ ދުވަހަކަށް އެމެރިކާ ޑޮލަރުން)
ޓޫރިސްޓް ރިޒޯޓް 6
އިންޓެގްރޭޓެޑް ޓޫރިސްޓް ރިޒޯޓް 6
ޓޫރިސްޓް ހޮޓާ 6
ރިޒޯޓް ހޮޓާ 6
ހޮޓާ (މީހުން ދިރިނޫޅޭ ރަށެއްގައި ހުރި، ނުވަތަ، 50 ކޮޓަރިއަށްވުރެ ގިނަ ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ހޮޓާތައް) 6
ހޮޓާ (މީހުން ދިރިއުޅޭ ރަށެއްގައި ހުރި 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ހޮޓާތައް) 3
ޓޫރިސްޓް އުޅަނދު 6
ގެސްޓްހައުސް (މީހުން ދިރިނޫޅޭ ރަށެއްގައި ހުރި، ނުވަތަ، 50 ކޮޓަރިއަށްވުރެ ގިނަ ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ގެސްޓްހައުސްތައް) 6
ގެސްޓްހައުސް (މީހުން ދިރިއުޅޭ ރަށެއްގައި ހުރި 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ގެސްޓްހައުސްތައް) 3
އެނޫންވެސް އެފަދަ ތަންތަން 6

 

1 ޖަނަވަރީ 2025 އިން ފެށިގެން

ނަން (ތަން / އުޅަނދު) އަދަދު (އެ ތަނުގައި/އުޅަނދުގައި ހުރި ކޮންމެ ދުވަހަކަށް އެމެރިކާ ޑޮލަރުން)
ޓޫރިސްޓް ރިޒޯޓް 12
އިންޓެގްރޭޓެޑް ޓޫރިސްޓް ރިޒޯޓް 12
ޓޫރިސްޓް ހޮޓާ 12
ރިޒޯޓް ހޮޓާ 12
ީހުން ދިރިނޫޅޭ ރަށެއްގައި ހިންގާ ހޮޓާ (ރަޖިސްޓަރީކޮށްފައިވާ ކޮޓަރީގެ އަދަދަށް ބެލުމެއްނެތި) 12
50 ކޮޓަރި ނުވަތަ އެއަށްވުރެ ގިނަ ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ހޮޓާތައް (ކޮންމެ ރަށެއްގައި ހިންގިކަމުގައި ވިޔަސް) 12

މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކުގެ ތެރެއިން ރަޖިސްޓަރީކޮށްފައިވާ ކޮޓަރީގެ އަދަދު 50 ނުވަތަ އެއަށްވުރެ މަދު ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ހޮޓާ

6
ޓޫރިސްޓް އުޅަނދު 12

މީހުން ދިރިނޫޅޭ ރަށެއްގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސް (ރަޖިސްޓަރީކޮށްފައިވާ ކޮޓަރީގެ އަދަދަށް ބެލުމެއްނެތި)

12
50 ކޮޓަރި ނުވަތަ އެއަށްވުރެ ގިނަ ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ގެސްޓްހައުސްތައް (ކޮންމެ ރަށެއްގައި ހިންގިކަމުގައި ވިޔަސް) 12
މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓްހައުސްތަކުގެ ތެރެއިން ރަޖިސްޓަރީކޮށްފައިވާ ކޮޓަރީގެ އަދަދު 50 ނުވަތަ އެއަށްވުރެ މަދު ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ގެސްޓްހައުސް 6
އެނޫންވެސް އެފަދަ ތަންތަން 12

 

އެފަދަ ޓޫރިސްޓުން ދައްކަންޖެހޭ ގްރީން ޓެކްސް ރޭޓް ކަނޑައަޅާނީ 12 ގަޑިއިރުގެ އުސޫލަށް ބަލައިގެންގެން. 31 ޑިސެންބަރު 2024 ގައި ގުންނަން ފަށާ 24 ގަޑިއިރުގެ ބްލޮކްގެ ފުރަތަމަ 12 ގަޑިއިރު އެދުވަހުގެ ވަގުތަކަށް ނިމޭނަމަ މުޅި ދުވަހަށް ނަގާނީ 31 ޑިސެންބަރުގައި ނަގަން ކަނޑައާޅާފައިވާ ރޭޓުގައި. އަދި އެ ޓެކުހުގެ އަދަދު ހިމަނާނީ ޑިސެންބަރު 2024 ގެ ގްރީން ޓެކްސް ބަޔާނުގައި.

31 ޑިސެންބަރު 2024 ގައި ގުންނަން ފަށާ 24 ގަޑިއިރުގެ ބްލޮކްގެ ފުރަތަމަ 12 ގަޑިއިރު 1 ޖަނަވަރީ 2025 ގެ ވަގުތަކަށް ނިމޭނަމަ މުޅި ދުވަހަށް ނަގާނީ 1 ޖަނަވަރީ 2025 އިން ފެށިގެން ނަގަން ކަނޑައާޅާފައިވާ ރޭޓުގައި. އަދި އެ ޓެކުހުގެ އަދަދު ހިމަނާނީ ޖަނަވަރީ 2025 ގެ ގްރީން ޓެކްސް ބަޔާނުގައި.

ގްރީން ޓެކްސް ނަގާނީ ޓޫރިސްޓް ރިޒޯޓް، އިންޓެގްރޭޓެޑް ޓޫރިސްޓް ރިޒޯޓް، ޓޫރިސްޓް ހޮޓާ، ރިޒޯޓް ހޮޓާ، ހޮޓާ، ޓޫރިސްޓް އުޅަނދު ޓޫރިސްޓް ގެސްޓްހައުސް އަދި އެނޫންވެސް އެފަދަ ތަންތަނުން. ޓޫރިސްޓް އުޅަނދުތަކުގެ ތެރޭގައި ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުތައް ވެސް ހިމެނޭ. 

ބޭރުގެ ޓޫރިސްޓް އުޅަނދުތަކަކީ، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިނުވާ އުޅަނދުތަކުގެ ތެރެއިން، "ޕަރމިޓް ފޮރ ފޮރިން ޓްއަރިސްޓް ވެސެލްސް ޓު ކްރޫޒް އެންޑް ހާރބަރ އިން ދަ މޯލްޑިވްސް" ގެ ދަށުން ދިވެހިރާއްޖެ އަންނަ އުޅަނދުތައް. ބޭރުގެ ޓޫރިސްޓް އުޅަނދަކުން ގްރީން ޓެކްސްއާ ގުޅިގެން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރާނީ، އެފަދަ އުޅަނދަކުން ޢައްޔަންކުރާ ލޯކަލް އޭޖެންޓު.

ގްރީން ޓެކްސް ނެގުމާއި ގްރީން ޓެކްސްގެ ގޮތުގައި ނަގާ ފައިސާ މީރާއަށް ދެއްކުމަކީ ޓޫރިސްޓް އެސްޓަބްލިޝްމަންޓް ނުވަތަ އުޅަނދު އޮޕަރޭޓްކުރާ ފަރާތުގެ ޒިންމާއެއް. އޮޕަރޭޓްކުރާ ފަރާތްކަމުގައި ބެލެވޭނީ މިނިސްޓްރީ އޮފް ޓޫރިޒަމްއިން "އޮޕަރޭޓިންގ ލައިސަންސް" ދޫކޮށްފައިވާ ފަރާތް.

ޓޫރިސްޓް ރިޒޯޓް، އިންޓެގްރޭޓެޑް ޓޫރިސްޓް ރިޒޯޓް، ޓޫރިސްޓު ހޮޓެލް، ރިޒޯޓް ހޮޓެލް، ހޮޓެލް، ޓޫރިސްޓް އުޅަނދު އަދި ޓޫރިސްޓު ގެސްޓްހައުސް ހިންގުމަށް އޮޕަރޭޓިންގ ލައިސަންސް ނަގާ ތާރީޚުން ފެށިގެން، އޮޕަރޭޓިންގ ލައިސަންސް ނަގައިފައި އޮތް ފަރާތުގެ ނަންމަތީގައި، ޓޫރިޒަމް މިނިސްޓްރީން އޮޕަރޭޓިންގ ލައިސަންސް ދޫކުރި ތާރީޚުން ފެށިގެން އޮޓަމެޓިކުން ގްރީން ޓެކުހަށް ރަޖިސްޓަރީވާނެ.

ގްރީން ޓެކްސްއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް ދޫކޮށްފައިވާ ސެޓްފިކެޓްއަކީ ޚިދުމަތް ހޯދާ ފަރާތްތަކަށް ފެންނާނެހެން ވިޔަފާރި ހިންގާ ތަނުގައި ބަހައްޓަންޖެހޭ އެއްޗެއް.

ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ގްރީން ޓެކްސްއަށް ރަޖިސްޓަރީކުރެވޭނީ އެ އުޅަނދެއްގެ ލޯކަލް އޭޖެންޓުގެ ނަމުގައި.

ގްރީން ޓެކްސް ނަގާނީ، ޓޫރިސްޓް ހޭދަކުރާ ކޮންމެ 24 ގަޑިއިރަކަށް 12 ނުވަތަ 6 އެމެރިކާ ޑޮލަރުގެ ރޭޓުން.  އެހެންނަމަވެސް އެ ޓޫރިސްޓް އެ ތަނުން ޗެކް-އައުޓްވާ 24 ގަޑިއިރުގެ ބްލޮކަށް ގްރީން ޓެކްސް ދައްކަންޖެހޭނީ، އެ 24 ގަޑިއިރުގެ ތެރޭގައި އޭނާ އެ ތަނުގައި މަދުވެގެން 12 ގަޑިއިރު ހޭދަކޮށްފައި ވާ ނަމަ. 12 ގަޑިއިރަށްވުރެ މަދުން ހޭދަކޮށްފައިވާނަމަ، އެ 24 ގަޑިއިރުގެ ބްލޮކަށް ގްރީން ޓެކްސް ދައްކާކަށް ނުޖެހޭނެ.

މަސް ނިމޭ އިރު ޗެކް-އައުޓް ނުވާ ގެސްޓުން އެ މަހަށް ދައްކަންޖެހޭ ގްރީން ޓެކްސް އަދަދު ހިސާބުކުރުމުގައި ވެސް 12-އަވަރ ރޫލްއަށް ބަލަން ޖެހޭ. އެހެން ނަމަވެސް 24 ގަޑިއިރުގެ ބްލޮކް 2 މަހަށް ބެހިގެންދާ ހާލަތުތަކުގައި، އެ ބްލޮކަށް ދައްކަންޖެހޭ ގްރީން ޓެކްސް ދައްކާނީ ކޮންމަހެއްގައިތޯ ކަނޑައަޅަން ޖެހޭ. އެ ގޮތުން އެ 24 ގަޑިއިރުގެ ބްލޮކަށް އެ މަހުގައި ގްރީން ޓެކްސް ދައްކަންޖެހޭނީ، އެ 24 ގަޑިއިރު ގުނަން ފަށާ ވަގުތުން ފެށިގެން އެ މަސް ނިމޭ ދުވަހުގެ 23:59 އާ ހަމައަށް އޭނާ އެ ތަނުގައި މަދުވެގެން 12 ގަޑިއިރު ހޭދަކޮށްފައިވާ ނަމަ. އެ ނޫން ހާލަތުތަކުގައި އެ 24 ގަޑިއިރުގެ ބްލޮކަށް ގްރީން ޓެކްސް ދައްކަންޖެހޭނީ ޖެހިގެން އަންނަ މަހުގައި. 

ގްރީން ޓެކުހުގެ ބޭނުމަށް، އެއްވެސް މީހަކު ޓޫރިސްޓް ރިޒޯޓަކަށް، ޓޫރިސްޓު ހޮޓަލަކަށް، ޓޫރިސްޓު އުޅަނދަކަށް ނުވަތަ ޓޫރިސްޓް ގެސްޓްހައުސްއަކަށް ޗެކް-އިން ވީ ވަގުތުކަމުގައި ބަލާނީ، އެ މީހަކީ އެ ތަނުގައި ހުންނަ މީހެއްގެ ގޮތުގައި އެ ތަނުގެ ސިސްޓަމްގައި ނުވަތަ ލިޔެކިޔުންތަކުގައި ރިކޯޑުކުރާ ވަގުތު. އަދި އެ މީހާ އެ ތަނުން ޗެކް-އައުޓް ވީ ވަގުތުކަމުގައި ބަލާނީ، އެ ތަނުގެ ސިސްޓަމްގައި ނުވަތަ ލިޔެކިޔުންތަކުގައި އެ މީހާ ޗެކް-އައުޓްވީ ކަމަށް ރިކޯޑުކުރާ ވަގުތު. 

ހިލޭ ނުވަތަ ކޮމްޕްލިމެންޓަރީ އުސޫލުން ބައިތިއްބާ ޓޫރިސްޓުންނަށް ވެސް ގްރީން ޓެކްސް ދައްކަންޖެހޭނެ. 

ބޭރުގެ ޓޫރިސްޓް އުޅަނދުތަކުގެ ފަޅުވެރިން، ރާއްޖެއަށް އަންނަނީ "ކްރޫ ވިސާ" އެއްގެ ދަށުން ކަމުގައިވާތީ  ޓޫރިސްޓުންގެ ގޮތުގައި ނުބެލެވޭ. އެހެންކަމުން އެ ފަރާތްތަކުގެ އަތުން ގްރީން ޓެކްސް އެއް ނުނެގޭނެ.

މީހަކު، ޓޫރިސްޓް އެސްޓަބްލިޝްމަންޓަކުން ޗެކް-އައުޓް ވާތާ 12 ގަޑިއިރުގެ ތެރޭގައި އަލުން އެ ތަނަކަށް ޗެކް-އިން ވެއްޖެނަމަ، އެ މީހަކު ދައްކަންޖެހޭ ގްރީން ޓެކުހުގެ އަދަދު ހިސާބުކުރާނީ ޗެކް-އައުޓް ނުވާ މީހެއްގެ ގޮތުގައި ބަލައިގެން.  

ކޮންމެ ކަލަންޑަރު މަހެއްގެ ގްރީން ޓެކްސް ބަޔާނާއި އިންފޮމޭޝަން ޝީޓް ހުށަހެޅުމުގެ ސުންގަޑިއަކީ ވިދިގެން އަންނަ މަހުގެ 28 ވަނަ ދުވަސް. ގްރީން ޓެކްސް ބަޔާން ހުށަހަޅަންޖެހޭނީ މީރާގެ އޮންލައިން ޕޯޓަލް މީރާ ކަނެކްޓް މެދުވެރިކޮށް އޮންލައިންކޮށް. އިންފޮމޭޝަން ޝީޓް އަޕްލޯޑް ކުރުމުން އޮޓަމެޓިކުން ގްރީން ޓެކްސް ބަޔާން ފުރިގެންދާނެ.

ކޮންމެ ކަލަންޑަރުމަހަކަށް، ގްރީން ޓެކްސް ބަޔާން ހުށަހަޅައި ފައިސާ މީރާއަށް ދައްކަންޖެހޭ. ބަޔާން ހުށަހަޅައި ފައިސާ ދައްކަންޖެހޭ ސުންގަޑިއަކީ ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަސް.

އިންފޮމޭޝަން ޝީޓަކީ ބަޔާން ހުށަހަޅަންޖެހޭ މުއްދަތުގެ ތެރޭގައި އެ ޓޫރިސްޓް އެސްޓަބްލިޝްމަންޓެއްގައި ތިބި ގެސްޓުންގެ މައުލޫމާތު ހިމަނައިގެން، މީރާއިން ކަނޑައަޅާ ވަކި ފޯމެޓަކަށް ތައްޔާރުކުރާ ލިޔުމެއް. މި ލިޔުމަކީ ގްރީން ޓެކްސް ބަޔާނާއެކު މީރާއަށް ހުށަހަޅަންޖެހޭ ލިޔުމެއް. ގްރީން ޓެކްސް ބަޔާނާއި އިންފޮމޭޝަން ޝީޓް ހުށަހަޅަންޖެހެނީ މީރާކަނެކްޓް މެދުވެރިކޮށް އޮންލައިންކޮށް ކަމަށްވާތީ، އިންފޮމޭޝަން ޝީޓް ހުށަހެޅުމުން ގްރީން ޓެކްސް ބަޔާން އޮޓަމެޓިކުން ތައްޔާރުކުރެވިގެންދާނެ. އިންފޮމޭޝަން ޝީޓްގެ ފޯމެޓް އަދި ފުރިހަމަކުރަންޖެހޭ ގޮތުގެ އިރުޝާދު، މީރާގެ ވެބްސައިޓްއިން ލިބެން ހުންނާނެ.

ގްރީން ޓެކްސް ބަޔާން ހުށަހެޅުމަށްފަހު، އެ ބަޔާން ހުށަހަޅަންޖެހޭ ތާރީޚުން ފެށިގެން ހިނގާ 12 މަސް ދުވަހުގެ ތެރޭގައި އެ ބަޔާން އިޞްލާޙުކުރުމަށްފަހު އަލުން މީރާއަށް ހުށަހެޅިދާނެ. މި ގޮތަށް ހުށަހަޅާ އިޞްލާޙުކުރެވިފައިވާ ބަޔާނާއެކު، އެ ބަޔާނެއް އިޞްލާޙުކުރަން ޖެހުނު ސަބަބުގެ ތަފުސީލާއި ކަމާ ގުޅޭ ލިޔެކިޔުންތައް ހުށަހަޅަންޖެހޭނެ.

ގްރީން ޓެކްސް ބަޔާނާއެކު ހުށަހަޅަންޖެހޭނީ ހަމައެކަނި އިންފޮމޭޝަން ޝީޓް. 

ޓެކްސް އިންވޮއިސްއެއްގައި ގްރީން ޓެކުހުގެ އަދަދު ހިމެނިދާނެއެވެ. އެހެންނަމަވެސް، ގްރީން ޓެކްސްއިން ޖީ.އެސް.ޓީ ނަގައިގެން ނުވާނެ. 

ޤާނޫނު ނުވަތަ ގަވާއިދާ ޚިލާފަށް ނެގިފައިވާ ގްރީން ޓެކްސްގެ ފައިސާ، އަނބުރާ އެ ދެއްކި ފަރާތައް ނުދޭހާ ހިނދަކު، އެ ފައިސާއަކީ މީރާއަށް ދައްކަންޖެހޭ ޓެކުހެއް. 

ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނުގެ ދަށުން، ވިޔަފާރިކުރާ ހުރިހާ ފަރާތްތަކެއް ވެސް ވިޔަފާރީގެ އެންމެހައި ރިކޯޑުތައް ރަނގަޅަށް ބަލަހައްޓަންޖެހޭ. އޭގެ އިތުރަށް، ގްރީން ޓެކްސްގެ ބޭނުމަށް"ގެސްޓް ރެޖިސްޓަރ" އަދި"ގެސްޓް ރެޖިސްޓްރޭޝަން ކާޑު" ބަލަހައްޓަންވާނެ. އެ ތަނަށް ޗެކް-އިން ވާ ދިވެހި ރައްޔިތުންގެ އައި.ޑީ ކާޑު ކޮޕީ އަދި ރެސިޑެންޓް ޕާރމިޓް އޮންނަ ފަރާތްތަކުގެ ވިސާގެ ކޮޕީ އަދި 2 އަހަރު ނުފުރޭ ކުޑަކުޑިންގެ ޕާސްޕޯޓް ކޮޕީ ވެސް ބަލަހައްޓަންޖެހޭ.

ގްރީން ޓެކްސް މީރާއަށް ދައްކަންޖެހޭނީ އެމެރިކާ ޑޮލަރުން 

"ގެސްޓް ރޫމް"އެއްގައި ނުހުންނަނަމަ ގްރީން ޓެކްސްއެއް ނުނެގޭނެ. ގެސްޓް ރޫމް ގޮތުގައި ބެލެވެނީ ގެސްޓުން ތިބުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްއިން ހުއްދަދެވިފައިވާ ކޮޓަރިތައް. 

ޓޫރިސްޓް ވިސާގެ ދަށުން ރާއްޖެ އައިސް އުޅޭނަމަ، ޓޫރިސްޓު ރިޒޯޓެއްގެ ކޮންމެތަނެއްގައި ތިބި ކަމުގައިވީނަމަވެސް، ގްރީން ޓެކްސް ދައްކަންޖެހޭނެ. 

ގްރީން ޓެކްސް ދައްކަން ނުޖެހޭ ފަރާތްތައް ޗެކް-އިން އަދި ޗެކް-އައުޓް ވާ ވަގުތު ރިކޯޑު ކުރަންޖެހޭނީ ގެސްޓް ރޫމެއްގައި އެފަދަ ފަރާތެއް ތިބޭ ކަމުގައި ވާނަމަ.

ޓޫރިސްޓް ވިސާގެ ދަށުން ރާއްޖެ އަންނަ ޓޫރިސްޓަކު، ގްރީން ޓެކުހަށް ރަޖިސްޓަރީކޮށްފައިވާ ތަނެއްގައި ހުންނަ ނަމަ އެ މީހެއްގެ އަތުން ގްރީން ޓެކްސް ނަގަންޖެހޭނެ.

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ