ސަރުކާރުގެ ކަމާބަހޭ އިދާރާއެއްގައި ނުވަތަ ދައުލަތުގެ ކަމާބެހޭ މުއައްސަސާއެއްގައި ރަޖިސްޓަރީކޮށްގެން ފޯރުވައިދޭ ޕޯސްޓްގެ ޚިދުމަތް ފިޔަވައި އެ ނޫން އެންމެހައި މުއާޞަލާތީ ޚިދުމަތްތަކުން ޖީ.އެސް.ޓީ ނެގޭނެ. ޖީ.އެސް.ޓީއިން އިސްތިސްނާވާ ޕޯސްޓުގެ ޚިދުމަތްތަކުގެ ތެރޭގައި ކޫރިއަރ ސަރވިސް ނުހިމެނޭ.
ފޯނު ކާޑު، ރާސްޓަސް، ރިލޯޑް ފަދަ ޚިދުމަތްތަކުންވެސް ޖީ.އެސް.ޓީ ނަގާނެ
އިންޓަރނެޓް ބިލުން ޖީ.އެސް.ޓީ ނަގާނެ.
މި ޚިދުމަތުން ޖީ.އެސް.ޓީ ނަގާނެ
މި ފަދަ ޚިދުމަތްތަކުން ޖީ.އެސް.ޓީ ނަގާނެ.
އެސް.އެމް.އެސް ޕެކޭޖުން ޖީ.އެސް.ޓީ ނަގާނެ.
އިންޓަރނެޓް ޕެކޭޖް ތަކުން ޖީ.އެސް.ޓީ ނަގާނެ
ޕްރީޕެއިޑް ޚިދުމަތް ބޭނުންކޮށްގެން ދައްކާ ޒަކާތުން ޖީ.އެސް.ޓީ އެއް ނުނެގޭނެ
ޖީ.އެސް.ޓީ ނަގާނެ. އެ ޚިދުމަތް ބަލާނީ ދިވެހިރާއްޖޭގައި ދެވުނު ޚިދުމަތެއްގެ ގޮތުގައި.
ޖީ.އެސް.ޓީ ނުނަގާނެ. އެފަދަ ޚިދުމަތް ބަލާނީ ދިވެހިރާއްޖެއިން އެކްސްޕޯޓު ކުރެވުނު ޚިދުމަތެއްގެ ގޮތުގައި. އެކްސްޕޯޓު ކުރެވޭ އެއްވެސް މުދަލަކުން ނުވަތަ ޚިދުމަތަކުން ޖީ.އެސް.ޓީ އެއް ނުނެގޭނެ.
އާންމުކޮށް ޖީ.އެސް.ޓީ ލާޒިމުވާ ވަގުތު ކަނޑައެޅުމުގައި ބަލާ އުސޫލަށް. އެއީ ޕްރީޕެއިޑް ކާޑު ނުވަތަ އިލެކްޓްރޯނިކް ވައުޗަރަށް ޓެކްސް އިންވޮއިސް ތައްޔާރުކުރާ ވަގުތާއި ފައިސާ އަދާކުރާ ވަގުތުގެ ތެރެއިން ކުރިން އަންނަ ވަގުތު.
ފޯނު ކާޑުގެ އަގު ޖަހައިފައި ހުންނަންވާނީ ޖީ.އެސް.ޓީ ނުހިމަނައި. އަދި އެ އަގުގެ އިތުރަށް ޖީ.އެސް.ޓީ ނަގާނެކަން ކަސްޓަމަރަށް ފަސޭހަކަމާއެކު ފެންނާނެހެން ލިޔެވިފައި ހުންނަންވާނެ.
ޓެލެކޮމިއުނިކޭޝަން ޚިދުމަތް ފޯރުވައިދޭ ފަރާތްތަކުން، ނުވަތަ އެ ފަރާތްތަކުގެ އޭޖެންޓުން ވިއްކާ މުއާސަލާތީ ޚިދުމަތުގައި އަގު ޖަހަންވާނީ ޖީ.އެސް.ޓީގެ އަދަދު ނުހިމަނައި. އަދި އެ އަގުގެ އިތުރަށް ޖީ.އެސް.ޓީ ނަގާނެކަން ކަސްޓަމަރަށް ފަސޭހަކަމާއެކު ފެންނާނެހެން ލިޔެވިފައި ހުންނަންވާނެ.
ފޯނު ކާޑު ޑިސްޓްރިބިއުޓަރުންގެ ކޮމިޝަން އިން ޖީ.އެސް.ޓީ ނަގާނެ
މި ފަދަ ޚިދުމަތްތަކުން ޖީ.އެސް.ޓީ ނަގާނެ. ނަގާނީ ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ ރޭޓުން %16 (1 ޖަނަވަރީ 2023 އިން 30 ޖޫން 2025 އަށް) %17 (1 ޖުލައި 2025 އިން ފެށިގެން)
ޖީ.އެސް.ޓީ ނެގޭނީ މީރާގައި ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް
ކަސްޓަމަރު ރާސްޓަސް ނުވަތަ ރީލޯޑް ގަތުމަށް ދޭ ފައިސާގެ އަދަދު އެއްވެސް އުނިއިތުރުކުރުމެއްނެތި ރާސްޓަސް ނުވަތަ ރީލޯޑް ކުރާ ފޯނުގައި ޖެހުމުން ޖީ.އެސް.ޓީގެ އަދަދު ސިސްޓަމުން އަމިއްލައަށް ކެނޑުމަށްފަހު ކަސްޓަމަރަށް ކްރެޑިޓް ޖަމާވާނެ.
މިސާލު: ކަސްޓަމަރަކު 10 ރުފިޔާ ދިނުމުން، ރާސްޓަސް ނުވަތަ ރީލޯޑް ވިއްކާފަރާތުން ރާސްޓަސް ނުވަތަ ރީލޯޑް ފޯނުގައި އަދަދެއްގެ ގޮތުގައި ޖަހާނީ 10 އެއް. ކަސްޓަމަރަށް ޖަމާވާނީ 9.26 ރުފިޔާގެ ކްރެޑިޓް. އަދި ރާސްޓަސް ނުވަތަ ރީލޯޑް ވިއްކާފަރާތުގެ އެކައުންޓުން ކެނޑޭނީ ވެސް 9.26 ރުފިޔާ. އޭރުން، ކަސްޓަމަރު އިތުރަށް ޖީ.އެސް.ޓީގެ ގޮތުގައި އަދަދެއް ދައްކާކަށް ނުޖެހޭނެ އަދި ވިއްކާ ފަރާތުން އެ މުއާމަލާތުގެ ބާކީގެ ގޮތުގައި އެއްވެސް އަދަދެއް ދޭކަށް ނުޖެހޭނެ.
ރާސްޓަސް ނުވަތަ ރީލޯޑްގެ ކްރެޑިޓުގެ ގޮތުގައި ޖަމާވާނީ ފިހާރައަށް ކަސްޓަމަރު ދެއްކި ފައިސާއިން ޖީ.އެސް.ޓީގެ އަދަދު ކެނޑުމަށް ފަހު ބާކީ އަދަދު.
ރާސްޓަސް ނުވަތަ ރީލޯޑް ވިއްކާ ވިޔަފާރިތަކުން ކަސްޓަމަރަށް ރަސީދު ދޭން އެދެފިނަމަ ޖީ.އެސް.ޓީ ގަވާއިދުގެ ދަށުން ނުވަތަ ކޮންޒިއުމަރ ޕްރޮޓެކްޝަން ޤާނޫނުގެ ދަށުން ކަސްޓަމަރަށް ރަސީދު ދޫކުރަންވާނެ. ރަސީދުގައި ޖީ.އެސް.ޓީގެ ގޮތުގައި ކެނޑުނު އަދަދު އެނގެން އޮންނަންވާނެ.
ރާސްޓަސް ނުވަތަ ރީލޯޑް ކުރުމަށް ފިހާރައަށް ދައްކާ ފައިސާ 1.08 އިން ގެއްލާނީ
މިސާލު: ރީލޯޑް ކުރުމަށް ކަސްޓަމަރަކު ދެއްކި އަދަދަކީ -/20ރ ކަމުގައިވާނަމަ، 20 ގެއްލަން 1.08 ހެދުމުން ލިބޭ 18.52 އަކީ ޖީ.އެސް.ޓީ އުނިވުމަށްފަހު ލިބޭނެ ކުރެޑިޓް.
ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ކޮންމެ ވިޔަފާރިއަކުން ރާސްޓަސް ނުވަތަ ރީލޯޑް ގަތަސް ޖީ.އެސް.ޓީ ކެނޑޭނެ.
ހުރިހާ ވިޔަފާރިއަކުންވެސް ރާސްޓަސް އަދި ރީލޯޑް ވިއްކާނީ އެއް އަގެއްގައި.