MIRA 105 (ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން) ފޯމު. މީރާގައި ކުރިން ރަޖިސްޓަރީކުރެވިފައިނުވާނަމަ،MIRA 117 (ޓެކްސް ދައްކާފަރާތް ރަޖިސްޓަރީކުރުން) އަދި MIRA 105 ފޯމު ހުށަހަޅަން ޖެހޭނެ.
MIRA 205 (ޖީ.އެސް.ޓީ ބަޔާން).
MIRA 206 (ޖީ.އެސް.ޓީ ބަޔާން).
އިންޕުޓް ޓެކްސް ސްޓޭޓްމަންޓް.
ޓެކްސް ނެގޭ މުއްދަތު ނިމިގެން ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަސް
(މިސާލު: ތިންމަހުން އެއްފަހަރު ބަޔާން ހުށަހަޅާ ފަރާތްތަކުން ޖަނަވަރީ، ފެބުރުވަރީ އަދި މާރިޗު މަހުގެ ބަޔާން ހުށަހެޅުމުގެ ސުންގަޑިއަކީ އެޕްރީލް 28 ވަނަ ދުވަސް)
ޖީ.އެސް.ޓީ ބަޔާން ހުށަހަޅައި ފައިސާ ދައްކަންޖެހޭނީ ޖެހިގެން އަންނަ ރަސްމީ މަސައްކަތު ދުވަހު
ޖީ.އެސް.ޓީ ބަޔާނުގައި ސޮއި ކުރެވޭނީ ވިޔަފާރީގެ ޤާނޫނީ ވެރިފަރާތަށް ނުވަތަ އެ ފަރާތުގެ ޖީ.އެސް.ޓީ ބަޔާންތަކުގައި ސޮއިކުރުމަށް ހުއްދަދީފައިވާ ފަރާތެއްގެ ގޮތުގައި މީރާގައި ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށް.
ޓޫރިޒަމް ދާއިރާ- %16 (1 ޖަނަވަރީ 2023 އިން 30 ޖޫން 2025 އަށް) 17% (1 ޖުލައި 2025 އިން ފެށިގެން)
ޓޫރިޒަމް ދާއިރާ ނޫން އެހެން ދާއިރާ - %8
މުދަލާއި ޚިދުމަތުގައި އަގު ޖަހާފައި ހުންނަން ޖެހޭނީ ޖީ.އެސް.ޓީ ހިމަނައިގެން. މުދާ ނުވަތަ ޚިދުމަތުގައި ޖަހާފައި ހުންނަ އަގުގެ އިތުރަށް ކަސްޓަމަރެއްގެ އަތުން ފައިސާ ނެގިގެން ނުވާނެ.
މިފަދަ ވިޔަފާރިތަކުން ފޯރުވައިދޭ މުދަލާއި ޚިދުމަތުގެ އަގު ޖީ.އެސް.ޓީ ނުހިމަނައި ޖެހިދާނެ. އެހެންނަމަވެސް ޖުމުލަ އަގު ކަސްޓަމަރުންނަށް ހިސާބުކުރެވޭނެގޮތަށް ޖީ.އެސް.ޓީ ނެގޭނެ ރޭޓާއި ސަރވިސް ޗާޖު ނެގޭނެ ރޭޓު އެނގެން އޮންނަންޖެހޭނެ.
މިސާލަކަށް ތިޔަ ފަރާތަކީ ކެފޭއެއް ހިންގާ ފަރާތެއްނަމަ، މެނޫގައި ޖީ.އެސް.ޓީ ނުހިމަނައި އަގު ޖެހިދާނެ. އަދި ސަރވިސް ޗާޖު ނަގާ ރޭޓާއި ޖީ.އެސް.ޓީ ނަގާ ރޭޓު މެނޫގައި ބަޔާންކޮށްފައި އޮންނަންވާނެ.
ޖީ.އެސް.ޓީއަށް ރަޖިސްޓަރީކުރުމަށްފަހު ހުރިހާ ފަރާތްތަކުން ޖީ.އެސް.ޓީ ބަޔާން ހުށަހަޅަންޖެހޭ. ވަގުތީގޮތުން ވިޔަފާރި ބަންދުކޮށްފައި ނުވަތަ އެ މުއްދަތުގައި ވިޔަފާރިނުވާ ފަރާތްތަކުންވެސް "ސުން" ބަޔާނެއް މީރާއަށް ހުށަހަޅަންޖެހޭނެ
މުޢާމަލާތަކާއި ގުޅިގެން ޓެކްސް އިންވޮއިސް ދޫކުރެވުނު ވަގުތު ނުވަތަ އެމުޢާމަލާތެއްގެ އަގު އަދާކުރެވުނު ވަގުތު؛ މި ދެ ވަގުތުގެ ތެރެއިން ކުރިން ބައްދަލުވާ ވަގުތެއް.
އެ މުޢާމަލާތަކާއި ގުޅިގެން ޖީ.އެސް.ޓީ ދައްކަންޖެހޭ ޓެކްސް ނެގޭ މުއްދަތު ކަނޑައެޅުމަށް
ޓޫރިޒަމް ދާއިރާ- އެމެރިކާ ޑޮލަރުން
ޓޫރިޒަމް ނޫން އެހެން ދާއިރާ - ދިވެހި ރުފިޔާއިން
ޓޫރިޒަމް ދާއިރާގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކާއި ފައިބެ ޓެކްސް އަހަރުގައި ނިމުނު ޓެކްސް ނެގޭ މުއްދަތުތަކުގެ ޖުމުލަ އާމްދާނީ 2,500,000 ރުފިޔާ
ނުވަތަ އެއަށްވުރެ އިތުރުވާ ފަރާތްތަކުން މީރާކަނެކްޓް މެދުވެރިކޮށް ބަޔާން ހުށަހެޅުން ލާޒިމުވާނެ
ޓޫރިޒަމް ދާއިރާގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކާއި ފައިބެ ޓެކްސް އަހަރުގައި ނިމުނު ޓެކްސް ނެގޭ މުއްދަތުތަކުގެ ޖުމުލަ އާމްދާނީ 20,000,000 ރުފިޔާ ނުވަތަ އެއަށްވުރެ އިތުރުވާ ފަރާތްތަކުން މީރާކަނެކްޓް މެދުވެރިކޮށް ފައިސާ ދެއްކުން ލާޒިމުވާނެ
އެ ބަޔާން ހުށަހަޅަންޖެހޭ ތާރީޚުން ފެށިގެން ހިނގާ 12 މަސްދުވަހުގެ ތެރޭގައި މީރާއަށް ހުށަހަޅާ އިސްލާހުކުރެވިފައިވާ ޖީ.އެސް.ޓީ ބަޔާނެއް މެދުވެރިކޮށް އެ ބަޔާން އިސްލާހުކުރެވިދާނެ.