ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓިންގ

ތައާރަފު

ކަންޓްރީ-ބައި-ކަންޓްރީ (ސީ.ބީ.ސީ) ރިޕޯޓަކީ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ މަލްޓިނެޝަނަލް އެންޓިޓީ (އެމް.އެން.އީ)ތަކުން އެ އެންޓިޓީއެއް ނިސްބަތްވާ ގްރޫޕުގެ ވިޔަފާރި މުޢާމަލާތްތަކާއި ހިންގުމާގުޅޭ މަޢުލޫމާތު ހިމަނައިގެން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް (މީރާ) ކޮންމެ އަހަރަކު ތައްޔާރުކޮށް ހުށަހަޅަންޖެހޭ ރިޕޯޓެކެވެ. މި ރިޕޯޓުތަށް ތައްޔާރުކޮށް މީރާއަށް ހުށަހެޅުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި ހަމަތައް ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓިންގ ގަވާއިދުގައި ބަޔާންކޮއްފައިވާނެއެވެ.

ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓު ހުށަހެޅުމުގެ ޒިންމާ

ސީ.ބީ.ސީ ރިޕޯޓު ހުށަހަޅަންޖެހޭނީ، އެމް.އެން.އީ ގުރޫޕުގެ ރިޕޯޓުކުރާ އަހަރުގެ ކުރީ އަހަރުގެ ކޮންސޮލިޑޭޓްކޮށްފައިވާ މާލީ ހިސާބުތަކަށް ބަލާއިރު، ކޮންސޮލިޑޭޓެޑް ގްރޫޕު ރެވެނިއު -/750،000،000 (ހަތް ސަތޭކަ ފަންސާސް މިލިއަން) ޔޫރޯއަށްވުރެ މަތީ ގުރޫޕުތަކުގެ އަލްޓިމޭޓް ޕޭރެންޓް އެންޓިޓީތަކުންނެވެ. އެމް.އެން.އީ ގުރޫޕުގެ ރިޕޯޓުކުރާ ފިސްކަލް އަހަރު ނިމިގެން 12 މަސްދުވަސް ހަމަވުމުގެ ކުރިން. ސީ.ބީ.ސީ ރިޕޯޓު މީރާއަށް ހުށަހަޅަންވާނެއެވެ.

އެމް.އެން.އީ ގުރޫޕުގެ ކޮންސްޓިޓުއެންޓް އެންޓިޓީތަކުން، އަލްޓިމޭޓް ޕޭރެންޓް އެންޓިޓީގެ ބަދަލުގައި، އެ ކޮންސްޓިޓުއެންޓް އެންޓިޓީ ވަޒަންވެރިވެފައިވާ ޖުރިސްޑިކްޝަންގައި އެމް.އެން.އީ ގުރޫޕުގެ ފަރާތުން ސީ.ބީ.ސީ ރިޕޯޓު ހުށަހެޅުމަށް، ސަރޮގެޓް ޕޭރެންޓް އެންޓިޓީއެއް ކަނޑައެޅިދާނެއެވެ.

އެމް.އެން.އީ ގުރޫޕެއްގެ އަލްޓިމޭޓް ޕޭރެންޓް އެންޓިޓީއެއް ކަމުގައިނުވާ ކޮންމެ ކޮންސްޓިޓުއެންޓް އެންޓިޓީއަކުން، އަންނަނިވި ޝަރުޠުތައް ފުރިހަމަވާ ކަމުގައިވާނަމަ، އެ ފަރާތް ނިސްބަތްވާ އެމް.އެން.އީ ގުރޫޕުގެ ރިޕޯޓުކުރާ ފިސްކަލް އަހަރާގުޅޭ ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓު މީރާއަށް ހުށަހަޅަންވާނެއެވެ.

(1) އެ އެންޓިޓީއަކީ ދިވެހިރާއްޖޭގައި ޓެކްސްގެ ބޭނުމަށް ވަޒަންވެރިވެފައިވާ އެންޓިޓީއެއް ކަމުގައިވުން؛ އަދި

(2) އަންނަނިވި ޝަރުތުތަކުން 1 ޝަރުތު ފުރިހަމަވެފައިވުން:

  • އެ އެމް.އެން.އީ ގުރޫޕުގެ އަލްޓިމޭޓް ޕޭރެންޓް އެންޓިޓީން އެ އެންޓިޓީ ޓެކްސްގެ ބޭނުމަށް ވަޒަންވެރިވެފައިވާ ޖުރިސްޑިކްޝަންގައި ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓު ހުށަހަޅަން ލާޒިމުނުވުން؛ ނުވަތަ
  • އެ އަލްޓިމޭޓް ޕޭރެންޓް އެންޓިޓީ ޓެކްސްގެ ބޭނުމަށް ވަޒަންވެރިވެފައިވާ ޖުރިސްޑިކްޝަނާއި ދިވެހިރާއްޖެއަކީ ބައިނަލްއަޤްވާމީ އެއްބަސްވުމެއްގެ ބައިވެރިންކަމުގައި ވީނަމަވެސް، އެ ފަރާތުގެ ރިޕޯޓުކުރާ ފިސްކަލް އަހަރަށް ނިސްބަތްވާ ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓު ހުށަހެޅުމަށް މި ގަވާއިދުގެ 7 ވަނަ މާއްދާގައި ކަނޑައަޅައިފައިވާ ތާރީޚުގެ ނިޔަލަށް، އެ ޖުރިސްޑިކްޝަނާއި ދިވެހިރާއްޖެ ބައިވެރިވާ، އެއަށް ޢަމަލުކުރެވެމުންދާ ކޮލިފައިންގ ކޮންޕިޓެންޓް އޮތޯރިޓީ އެއްބަސްވުމެއް ޤާއިމުވެފައި ނެތުން؛ ނުވަތަ
  • އެ އަލްޓިމޭޓް ޕޭރެންޓް އެންޓިޓީ ޓެކްސްގެ ބޭނުމަށް ވަޒަންވެރިވެފައިވާ ޖުރިސްޑިކްޝަންގައި ސިސްޓެމިކް ފެއިލިއަރއެއް މެދުވެރިވެފައިވާތީ، އެކަން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ކޮންސްޓިޓުއެންޓް އެންޓިޓީއަށް މީރާއިން އަންގާފައިވުން

ސީ.ބީ.ސީ ރިޕޯޓު ހުށަހަޅަންޖެހޭ ކޮންސްޓިޓުއެންޓް އެންޓިޓީގެ އަދަދު 1 ކޮންސްޓިޓުއެންޓް އެންޓިޓީއަށްވުރެ ގިނަވެއްޖެނަމަ، 1 ފަރާތެއް ކަނޑައަޅާ އެއީ ކޮން ކޮންސްޓިޓުއެންޓް އެންޓިޓީއެއްކަން އަންގާ މީރާއަށް އީމެއިލް ކުރަންވާނެއެވެ. އީމެއިލް ކުރާނީ މީރާގެ އިންޓަނޭޝަނަލް ރިލޭޝަންސް އެންޑް ކޯޕަރޭޝަން ޑިޕަރޓްމަންޓުގެ އީމެއިލް ([email protected]އަށެވެ.

އެންގުން

ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ، އެމް.އެން.އީއެއްގެ، ކޮންމެ ކޮންސްޓިޓުއެންޓް އެންޓިޓީއަކުން، އެ އެންޓިޓީއަކީ އަލްޓިމޭޓް ޕޭރެންޓް އެންޓިޓީ ކަމުގައިވާނަމަ ނުވަތަ ސަރޮގެޓް ޕޭރެންޓް އެންޓިޓީ ކަމުގައިވާނަމަ އެކަން، އެ އެމް.އެން.އީ ގުރޫޕުގެ ރިޕޯޓުކުރާ ފިސްކަލް އަހަރުގެ ފަހު ދުވަހުގެ ނިޔަލަށް، މީރާއަށް އަންގަންވާނެއެވެ. ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ކޮންސްޓިޓުއެންޓް އެންޓިޓީއަކީ އަލްޓިމޭޓް ޕޭރެންޓް އެންޓިޓީ ކަމުގައި ނުވާނަމަ އަދި ސަރޮގެޓް ޕޭރެންޓް އެންޓިޓީއެއް ކަމުގައިވެސް ނުވާނަމަ، ރިޕޯޓުކުރާ އެންޓިޓީއަކީ ކޮން ފަރާތެއްކަމާއި، ރިޕޯޓުކުރާ އެންޓިޓީ ވަޒަންވެރިވެފައިވަނީ ކޮން ޖުރިސްޑިކްޝަނެއްގައިކަން، އެ އެމް.އެން.އީ ގުރޫޕުގެ ރިޕޯޓުކުރާ ފިސްކަލް އަހަރުގެ އެންމެ ފަހު ދުވަހުގެ ނިޔަލަށް، އެ ކޮންސްޓިޓުއެންޓް އެންޓިޓީން މީރާއަށް އަންގަންވާނެއެވެ.

މީރާއަށް އެންގުމަށްޓަކައި، ތިރީގައިވާ މައުލޫމާތު، މީރާގެ އިންޓަނޭޝަނަލް ރިލޭޝަންސް އެންޑް ކޯޕަރޭޝަން ޑިޕަރޓްމަންޓުގެ އީމެއިލް ([email protected]ަށް ފޮނުވަންވާނެއެވެ.

  1. ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ކޮންސްޓިޓުއެންޓް އެންޓިޓީގެ ފުރިހަމަ ނަން
  2. ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ކޮންސްޓިޓުއެންޓް އެންޓިޓީގެ ޓިން ނަންބަރު
  3. ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ކޮންސްޓިޓުއެންޓް އެންޓިޓީގެ ފުރިހަމަ އެޑްރެސް
  4. ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ކޮންސްޓިޓުއެންޓް އެންޓިޓީއިން ގުޅޭނެ ފަރާތެއް
  5. ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ކޮންސްޓިޓުއެންޓް އެންޓިޓީއަކީ:
  • އަލްޓިމޭޓް ޕޭރެންޓް އެންޓިޓީއެއް   
  • ސަރޮގެޓް ޕޭރެންޓް އެންޓިޓީއެއް

ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ކޮންސްޓިޓުއެންޓް އެންޓިޓީއަކީ އަލްޓިމޭޓް ޕޭރެންޓް އެންޓިޓީއަކަށް ނުވަތަ ސަރޮގެޓް ޕޭރެންޓް އެންޓިޓީއަކަށް ނުވާނަމަ، އެ ކޮންސްޓިޓުއެންޓް އެންޓިޓީތަކު ތިރީގައި ބަޔާންކޮއްފައިވާ މައުލޫމާތުވެސް ހުށަހަޅަންޖެހޭއެވެ.

  1. ރިޕޯޓިންގ އެންޓިޓީގެ ފުރިހަމަ ނަން
  2. ރިޕޯޓިންގ އެންޓިޓީގެ ޓެކްސް ޖުރިސްޑިކްޝަން
  3. ރިޕޯޓިންގ އެންޓިޓީގެ ފުރިހަމަ އެޑްރެސް

ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓުގައި ހިމެނޭ ބައިތައް

ސީބީސީ ރިޕޯޓު ތައްޔާރުކޮށް ހުށަހަޅަން ޖެހޭނީ "އޯ.އީ.ސީ.ޑީ ޓްރާންސްފަރ ޕްރައިސިންގ ގްއިޑްލައިންސް ފޮ މަލްޓިނޭޝަނަލް އެންޓަރޕްރައިސަސް އެންޑް ޓެކްސް އެޑްމިނިސްޓްރޭޝަންސް (2017)" ގެ 5 ވަނަ ބާބުގެ 3 ވަނަ އެނެކްސްގައި ބަޔާންކޮށްފައިވާ ސްޓޭންޑަރޑް ޓެމްޕްލޭޓާއި އެއްގޮތްވާގޮތުގެ މަތިންނެވެ.

ސީ.ބީ.ސީ ރިޕޯޓުގައި ހިމެނޭ ބައިތަކުގެ ކުރު ހުލާސާއެއް:

  • އެ އެމް.އެން.އީ ގުރޫޕު އޮޕަރޭޓުކުރާ ކޮންމެ ޖުރިސްޑިކްޝަނަކަށް ވަކިން، ޖުމްލަ އަދަދުތަކުގެ ގޮތުގައި، އާމްދަނީ، ޓެކްސް އުނިކުރުމުގެ ކުރިން ލިބިފައިވާ ފައިދާ ނުވަތަ ގެއްލުން، އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި ދައްކައިފައިވާ އަ ދަދު، އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި ދައްކަންޖެހުނު އަދަދު، ބަޔާންކޮށްފައިވާ ރައުސުލްމާލު، އެކިއުމިލޭޓެޑް އަރނިންގސް، މާއްދީ މުދާ (އެއީ ފައިސާ ނުވަތަ ފައިސާއާ އެއްފަދަ އެއްޗެއް ނުހިމެނޭ ގޮތުން) އަދި މުވައްޒަފުންގެ އަދަދު
  • ކޮންސްޓިޓުއެންޓް އެންޓިޓީ ޓެކްސްގެ ބޭނުމަށް ވަޒަންވެރިވެފައިވާ ޖުރިސްޑިކްޝަނަކީ ކޮބައިކަން، އަދި ޓެކްސްގެ ބޭނުމަށް ވަޒަންވެރިވެފައިވާ ޖުރިސްޑިކްޝަނާއި އެ ޖުރިސްޑިކްޝަނެއްގެ ޤާނޫނުތަކުގެ ދަށުން އެ ކޮންސްޓިޓުއެންޓް އެންޓިޓީ އުފައްދާފައިވާ ޖުރިސްޑިކްޝަނާ ތަފާތުވާ ޙާލަތުގައި އެ އެންޓިޓީ އުފައްދާފައިވާ ޖުރިސްޑިކްޝަނަކީ ކޮބައިކަން، އަދި އެ ފަދަ ކޮންސްޓިޓުއެންޓް އެންޓިޓީއަކުން މައިގަނޑު ގޮތެއްގައި ކުރަމުންދަނީ ކޮން ބާވަތްތަކެއްގެ ވިޔަފާރިއެއްކަން ހިމެނޭ ގޮތުން، އެމް.އެން.އީ ގުރޫޕުގެ ކޮންމެ ކޮންސްޓިޓުއެންޓް އެންޓިޓީއަކާގުޅޭ މަޢުލޫމާތެވެ.

ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓު ހުށްހެޅުމުގެ ސުންގަޑި

ސީ.ބީ.ސީ ރިޕޯޓު އެ އެމް.އެން.އީ ގުރޫޕުގެ ރިޕޯޓުކުރާ ފިސްކަލް އަހަރު ނިމިގެން 12) ބާރަ) މަސްދުވަސް ހަމަވުމުގެ ނިޔަލަށް މީރާއަށް ހުށަހަޅަންވާނެއެވެ.

ސީ.ބީ.ސީ ރިޕޯޓު ހުށަނޭޅުމުގެ އަދަބު ކަނޑައަޅާނީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު ގެ 65 ވަނަ މާއްދާގެ ދަށުންނެވެ.

ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓު ހުށަހަޅަން ފެށުން

ސީ.ބީ.ސީ ރިޕޯޓު ހުށަހަޅާނީ، 1 ޖަނަވަރީ 2021 ނުވަތަ އޭގެ ފަހުން ފެށޭ ރިޕޯޓުކުރާ ފިސްކަލް އަހަރުތަކަށެވެ.

އިތުރު މައުލޫމާތު

ސީ.ބީ.ސީ ރިޕޯޓިންގއާ ބެހޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މީރާގެ އިންޓަނޭޝަނަލް ރިލޭޝަންސް އެންޑް ކޯޕަރޭޝަން ޑިޕަރޓްމަންޓުގެ އީމެއިލް ([email protected]) ކުރައްވާށެވެ.

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ