2022 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭންގެ ޚުލާސާ

2022 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭންގެ ޚުލާސާ

ޓެކްސް ދައްކާ ފަރާތްތަކުން ޤާނޫނުތަކާއި ގަވައިދުތަކަށް ތަބާވާ މިންވަރު އިތުރުކުރުމަށް މި އަހަރަށް ރާވައިފައިވާ ހަރަކާތްތަކުގެ ތެރޭގައި ހިމެނެނީ؛

   1.     އާންމުންނާއި ޓެކްސް ދައްކާ ފަރާތްތަކަށް ޓެކުހާ ގުޅޭ މައުލޫމާތު އެނގޭ މިންވަރު އިތުރުކުރުން

·        ޓެކުހާ ގުޅޭ އުސޫލުތަކަށް އަހުލުވެރިކުރުމަށް މުޅި ރާއްޖެއަށް އަމާޒުކޮށް ކެމްޕޭނެއް ކުރިއަށްގެންދިއުން

·        ޓެކްސް ބަޔާންތަކުން އާންމުކޮށް ފާހަގަކުރެވޭ ކުށްތައް ތަކުރާރުވިޔަ ނުދިނުމަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށްގެންދިއުން

·        ގިނަ ގޮތްގޮތުން އާމްދަނީ ލިބޭ ފަރާތްތަކަށް އަމާޒުކޮށް ތަމްރީނު ޕްރޮގްރާމްތަކެއް ކުރިއަށްގެންދިއުން

·        ވަކިވަކި ސިނާއަތްތަކަށާއި ދާއިރާތަކަށް އަމާޒުކޮށް ޓެކުހަށް އަހުލުވެރިކުރުމުގެ ސެޝަންތަކެއް ކުރިއަށްގެންދިއުން

 

2.      ޓެކްސް ދައްކާ ފަރާތްތަކުގެ އާބާދީ ފުޅާކުރުމަށްޓަކައި ވަކިވަކި ދާއިރާތަކަށް އަމާޒުކޮށް ރަޖިސްޓަރީކުރުމުގެ ޕްރޮގްރާމް ހިންގުން 

·        ނުއުފުލޭ މުދަލުގެ ކުލީގެ ގޮތުގައި އާމްދަނީ ލިބޭ ފަރާތްތައް

·        ދަތުރުފަތުރުކުރުމުގެ ޚިދުމަތް ދޭ ފަރާތްތައް

·        މަސްވެރިކަންކުރާ ފަރާތްތައް

·        ރެގިއުލޭޓް ނުކުރާ ވިޔަފާރިތައް

 

3.      އެންމެ ކުދި އަދި ކުދި ވިޔަފާރިތަކުން ޓެކުހާ ގުޅޭ އުސޫލުތަކަށް ތަބާވާ މިންވަރު އިތުރުކުރުމަށް އެހީތެރިވެދިނުން

·        ބަޔާން ހުށަހެޅުމާއި ފައިސާދެއްކުމާ ގުޅޭ އިލްތިޒާމްތައް ވަގުތަށް ފުރިހަމަކުރުމަށް މަގުފަހިކޮށްދީ އެހީތެރިކަން ފޯރުކޮށްދިނުން

·        ވަކިވަކި ދާއިރާތަކުގެ ވިޔަފާރީގެ ހިސާބުތައް ބެލެހެއްޓުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތަކާ ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަންތަކެއް

     ކުރިއަށްގެންދިއުން

·        ވިޔަފާރި ނުކުރާ ފަރާތްތަކާއި ކަނޑައެޅޭ މިންވަރަކަށްވުރެ މަދުން އާމްދަނީ ލިބޭ ފަރާތްތައް ޖީ.އެސް.ޓީ ރަޖިސްޓަރީން އުނިކުރުން

·        ޓެކުހާ ގުޅޭ އުސޫލުތަކަށް ތަބާވުމުގައި ހުރި ގޮންޖެހުންތައް ދެނެގަތުމަށްޓަކައި ކުދި ފަންތީގެ ޓެކްސް ދައްކާ ފަރާތްތަކުގެ ސާވޭއެއްކުރުން

 

4.      ބޮޑެތި އަދި މެދު ފަންތީގެ ޓެކްސް ދައްކާ ފަރާތްތައް ޓެކުހާ ގުޅޭ އުސޫލުތަކަށް ތަބާވާކަން ކަށަވަރުކުރުން

·        ގިނައިން އާމްދަނީ ލިބޭ ވިޔަފާރިތަކާއި ފަރުދުން ޓެކުހާ ގުޅޭ އުސޫލުތަކަށް ތަބާވާ މިންވަރު ދެނެގަތުމަށް އެ ފަރާތްތައް ގަވާއިދުން

     މޮނިޓަރކުރުން

·        ޓެކްސް ދައްކާ ފަރާތްތާކުން ހުށަހަޅާ މައުލޫމާތުތަކުގައި ހުންނަ އޮޅުވައިލުންތައް ދެނެގަތުމަށް ތިންވަނަ ފަރާތްތަކުން ހޯދާ މައުލޫމާތާ

     އަޅައިކިޔުން

·        ޓެކްސް ދައްކާ ފަރާތްތަކުގެ ތެރެއިން 'ހައި-ރިސްކް' ފަރާތްތަކުގެ ރިސްކް-ބޭސްޑް އޮޑިޓުކުރުން

·        ޓެކުހަށް މަކަރުހަދާ ފަރާތްތަކުގެ ޖިނާއީ ތަހުގީގުތައް ހިންގުން 

 

5.      ޓެކުހާ ގުޅޭ އުސޫލުތަކާ ހިލާފުވާ 'ހައި-ރިސްކް' ފަރާތްތަކަށް އިސްކަންދީގެން އެންފޯސްމަންޓް ފިޔަވަޅުތައް އެޅުން

·        ނުދައްކައިހުރި ފައިސާ ހޯދުމުގައި ޓެކުހާ ގުޅޭ އުސޫލުތަކަށް ތަބާނުވާ މިންވަރަށް ބިނާކޮށް ތަފާތު އެކި ގިންތީގެ ފިޔަވަޅުތައްއެޅުން

·        ދައުލަތަށް ނުލިބިވާ ފައިސާ ތިންވަނަ ފަރާތަކުން ހޯދުމަށް އެންފޯސްމަންޓް ފިޔަވަޅުތައް އިތުރަށް ފުޅާކުރުން

·        ޓެކުހާ ގުޅޭ އުސޫލުތަކާ ހިލާފުވާ ފަރާތްތަކުގެ ޖޫރިމަނާ މާފުކޮށްދިނުމާއި އިންސްޓޯލްމަންޓަށް ފައިސާދެއްކުމުގެ އުސޫލުތައް ހަރުކަށިކުރުން

·        ތަކުރާރުކޮށް ޓެކުހާ ގުޅޭ އުސޫލުތަކާ ހިލާފުވާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުން

 

       ޓެކުހާ ގުޅޭ އުސޫލުތަކަށް ތަބާވާ މިންވަރު އިތުރުކުރުމަށްޓަކައި ކުރިއަށްގެންދާނެ އެހެނިހެން ހަރަކާތްތައް

·       މީރާގެ ކޮމްޕްލަޔަންސް ޕްރޮގްރާމަކީ ބައިނަލްއަޤްވާމީ ހަމަތަކާ އެއްހަމަކުރެވިފައިވާ ޕްރޮގްރާމަކަށް ހެދުމަށްޓަކައި ޓެކްސް ނެގުމާބެހޭ އިދާރީ

     ޤާނޫނަށާއި ގަވާއިދަށް ގެންނަންޖެހޭ ބަދަލުތައް ހުށަހެޅުން

·        ޓެކުހާ ގުޅޭ މައުލޫމާތު ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި މީރާގެ ވެބްސައިޓް އަލުން ފަރުމާކުރުން

·        ސިނާއަތްތަކަށާއި މައްސަލަތަކަށް ހާއްސަކުރެވިގެން ޓެކްސް ގައިޑުތައް ނެރުން

·        ޓެކްސް ދައްކާ ފަރާތްތަކުން ޓެކުހާ ގުޅޭ އުސޫލުތަކަށް ތަބާވާ މިންވަރު މޮނިޓަރ ކުރުމަށް މާލެ ސަރަހައްދުގެ ޑިޖިޓަލް މެޕެއް

     ތައްޔާރުކުރުން

 

މީގެ އިތުރުން، މީރާއިން ކުރިއަށްގެންދާ ރިސްކް އެސެސްމަންޓްތަކުގެ ތެރެއިން ޓެކުހާ ގުޅޭ އުސޫލުތަކާ ހިލާފުވާ ފަރާތްތައް ދެނެގަނެ، އެކަން ހުއްޓުވުމަށް އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދެވޭނެއެވެ.

 

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ