2021 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭންގެ ޙުލާސާ
ޓެކްސް ދައްކާ ފަރާތްތަކުން ޤާނޫނުތަކާއި ގަވައިދުތަކަށް ތަބާވާ މިންވަރު އިތުރުކުރުމަށް މި އަހަރަށް ރާވައިފައިވާ ހަރަކާތްތަކުގެ ތެރޭގައި ހިމެނެނީ؛
1. އާމްދަނީން ނަގާ ޓެކުހާ (އިންކަމް ޓެކްސް) ގުޅޭ އިލްތިޒާމްތައް ފުރިހަމަކުރުމަށް މަގުފަހިކޮށްދީ އެހީތެރިކަން ފޯރުކޮށްދިނުން
· އާމްދަނީން ނަގާ ޓެކުހަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް މުޅި ރާއްޖެއަށް އަމާޒުކޮށް ކުރިއަށް ގެންދިއުން
· އިންކަމް ޓެކްސް ބަޔާން ފުރިހަމަ ކުރާނެ ގޮތުގެ ޓްރެއިނިންގ އަދި މައުލޫމާތު ދިނުމުގެ ސެޝަންތައް ކުރިއަށް ގެންދިއުން
· އިންކަމް ޓެކްސް ބަޔާން ހުށަހެޅުމުގައި ކުދި ވިޔަފާރިތަކަށް އެހީތެރިވެދިނުން
· އާމްދަނީ ލިބޭ ފަރާތްތައް އަމިއްލައަށް އިސްނަގައިގެން ރަޖިސްޓަރީކުރުމަށް ބާރުއެޅުން
2. ތިރީގައިވާ ސިނާއަތްތަކަށް ޚާއްޞަކޮށްގެން ރަޖިސްޓަރީކުރުމުގެ ޕްރޮގްރާމްތަކެއް ކުރިއަށްގެންދިއުން؛
· ދިވެހިރާއްޖޭން ބޭރުގެ ފަރާތްތަކުން ދިވެހިރާއްޖޭގައި ހިންގާ ވިޔަފާރިތައް
· ގެދޮރު ކުއްޔަށް ދިނުން
· ދަތުރުފަތުރު
· ޕްރޮފެޝަނަލް ޚިދުމަތް
· މަސްވެރިކަން
3. ކޯވިޑް-19 ގެ ސަބަބުން ޓެކްސް ކޮމްޕްލަޔަންސަށް ކުރިމަތިވި ނޭދެވޭ އަސަރުތައް ކުޑަކުރުމަށް މަސައްކަތްކުރުން
· ކޯވިޑް-19 ގެ އަސަރުކޮށްފައިވާ ޓެކްސް ދައްކާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީ މަގުފަހިކޮށްދިނުން
· ޓެކުހަށް ރަޖިސްޓަރީކުރުމާއި ރަޖިސްޓަރީން އުނިކުރުން އަވަސްކޮށްދިނުން
· ޓެކްސް ދައްކާ ބޮޑެތި ފަރާތްތައް ޓެކުހުގެ ޤާނޫނުތަކާއި ގަވާއިދުތަކަށް ތަބާވާކަން ޔަގީންކުރުން
· ކޯވިޑް-19 އަށް ޚާއްޞަ މައުލޫމާތު އެއްކޮށް، ރިސްކް އެސެސްމަންޓްތައް ތައްޔާރުކުރުން
4. ޓެކްސް އަހަރު 2018 އަދި 2019 އިން ފާހަގަކުރެވުނު ރިސްކުތަކާ ގުޅިގެން އެކަށޭނަ ފިޔަވަޅު އެޅުމަށްޓަކައި ކޮމްޕްލަޔަންސް ހަރަކާތްތައް
ކުރިއަށް ގެންދިއުން
· ފަތުރުވެރިކަން، އިމާރާތްކުރުން، ހޯލްސޭލް އަދި ރީޓެއިލް، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން، ތައުލީމު އަދި ސިއްހަތާގުޅޭ
ސިނާއަތްތަކަށް
ޚާއްޞަކޮށްގެން ރިސްކް އެސެސްމަންޓް ކުރިއަށް ގެންދިއުން
· 'މީޑިއަމް-ރިސްކް' ޓެކްސް ދައްކާ ފަރާތްތަކާ ގުޅިގެން އެ ފަރާތަތްތަކުގެ ޓެކުހާ ގުޅޭ މައްސަލަތައް ހައްލުކުރުން
· 'ހައި-ރިސްކް' ޓެކްސް ދައްކާ ފަރާތްތަކަށް އަމާޒުކޮށްގެން ރިސްކް-ބޭސްޑް އޮޑިޓްތައް ކުރިއަށްގެންދިއުން
· ޖީ.އެސް.ޓީ އަށް މަކަރުހަދާ ފަރާތްތަކާއި ތަކުރާރުކޮށް ޓެކުހުގެ ޤާނޫނުތަކާއި ގަވާއިދުތަކަށް ތަބާނުވާ ފަރާތްތަކުގެ ޖިނާޢީ ތަހުގީގު ހިންގުން
· ބައިނަލްއަގްވާމީ ޓެކްސް ރިސްކުތައް ކުޑަކުރުމަށް އިސްކަންދިނުން
· ލިބެންޖެހޭ ފައިސާ ހޯދުމުގައި ރިސްކަށް ބިނާކޮށް މަސައްކަތްތައް ކުރުން
5. ކޮމްޕްލަޔަންސް ރަނގަޅު ކުރުމަށްޓަކައި ކުރިއަށްގެންދާނެ އެހެނިހެން ހަރަކާތްތައް
· ޓެކުހާ ގުޅޭ އުސޫލުތައް ލުއިފަސޭހަކޮށްދިނުން
· ޓެކުހުގެ ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް ހުށަހެޅުން
· ޓެކްސް ދައްކާ ފަރާތްތަކަށް މަގުފަހިކޮށްދިނުމަށް ކުރެވޭ މަސައްކަތްތައް ފުޅާކުރުން
· އާމްދަނީން ނަގާ ޓެކުހުގެ ޕައިލެޓް އޮޑިޓް ޕްރޮގްރާމް ފެށުން
· ފައިސާ އިން ރީފަންޑް ދޭ ޕްރޮގްރާމް ފެށުން
· ކޮމްޕްލަޔަންސް ރަނގަޅުކުރުމަށް ހިންގޭ ހަރަކާތްތަކުގެ ނަތީޖާ ޝާއިއުކުރުން
މީގެ އިތުރުން، އަޅުގަނޑުމެން ކުރިޔަށްގެންދާ ރިސްކް އެސެސްމަންޓްތަކަށް ބިނާކޮށް، ޓެކުހުގެ ޤާނޫނުތަކާއި ގަވާއިދުތަކަށް ތަބާވުމުގައި އިހުމާލުވާ ފަރާތްތައް ދެނެގަނެ އެކަން ހުއްޓުވުމަށް އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދެވޭނެއެވެ.