ގަވާއިދު ނަންބަރު 2021/R-9 (ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓިންގ ގަވާއިދު) އަށް އަންނަނިވި އިޞްލާޙު ގެނައުން.
1. ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.
4. (1-ށ) އެ ކޮންސްޓިޓުއެންޓް އެންޓިޓީ ނިސްބަތްވާ އެމް.އެން.އީ ގްރޫޕުގެ އަލްޓިމޭޓް ޕޭރެންޓް އެންޓިޓީ ވަޒަންވެރިވެފައިވާ ޖުރިސްޑިކްޝަނުން، ރިޕޯޓުކުރުން ލާޒިމުވާ ތްރެޝޯލްޑްގެ ގޮތުގައި، 2015 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ އެކްސްޗޭންޖް ރޭޓު ބޭނުންކޮށްގެން، -/750,000,000 (ހަތްސަތޭކަ ފަންސާސް މިލިއަން) ޔޫރޯގެ ނިއަރ އިކުއިވެލެންޓް އަދަދެއް އެ ޖުރިސްޑިކްޝަނުގެ ލޯކަލް ކަރަންސީން ކަނޑައަޅައިފައިވާނަމަ އަދި އެ އެމް.އެން.އީ ގްރޫޕުން އެ ތްރެޝޯލްޑަށް ފުރިހަމައަށް ތަބާވެފައިވާނަމަ، މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ (i) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޝަރުޠު ރައްދެއް ނުވާނެއެވެ.
2. މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.