ޓެކުހުގެ ގޮތުގައި އެންމެ ގިނައިން މީރާއަށް ފައިސާ ދައްކައިފައިވާ ފަރާތްތަށް ދެނެގަނެ، އެ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން "ރަންލާރި" އެވޯޑްނަމުގައި ޚާއްސަ އެވޯޑެއް، 19 ފަރާތަކަށް ދީފިއެވެ. މި އެވޯޑު ދީފައިވަނީ މީރާގެ 16 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވުނު ޚާއްސަ ޙަފްލާއެއްގައެވެ. މި ގޮތުން، މި އަހަރު މި އެވޯޑު ދީފައިވަނީ، ޓެކްސްގެ ގާނޫނުތަކުގެ ދަށުން 2025 ވަނަ އަހަރާ ގުޅިގެން އަދާކުރަންޖެހޭ އިލްތިޒާމްތައް އަދާކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ފައިސާ ދައްކައިފައިވާ ފަރާތްތަކަށެވެ.
މިގޮތުން 12 ގިންތިއަކުން 19 ފަރާތަކަށްވަނީ "ރަންލާރި" އެވޯޑު ލިބިފައެވެ. އެވޯޑު ލިބިފައިވާ ފަރާތްތަކަކީ؛
ފަތުރުވެރި ކަމުގެ ދާއިރާގެ ޖީ.އެސް.ޓީ އާ ގްރީން ޓެކްސް - ރިޒޯޓު
ބެޑް ކެޕޭސިޓީ (150 އަށްވުރެ ދަށް)
ވެލާ އައިލެންޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ 'ވެލާ ޕްރައިވެޓް އައިލެންޑް މޯލްޑިވްސް'
ބެޑް ކެޕޭސިޓީ (151 – 250 އާ ދެމެދު)
ސީ.ޕީ.އާރް.ސީ (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑްގެ 'ދަ ރިޓްޒް ކާލްޓަން މޯލްޑިވްސް، ފަރި އައިލެންޑްސް'
ބެޑް ކެޕޭސިޓީ (250 އަށްވުރެ މަތި)
އިތާފުށި އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ 'ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް، އިތާފުށި'
ފަތުރުވެރި ކަމުގެ ދާއިރާގެ ޖީ.އެސް.ޓީ އާ ގްރީން ޓެކްސް - ޓޫރިސްޓް ހޮޓާ
މޯލްޑިވްސް އިންފްލައިޓް ކޭޓަރިން ޕްރައިވެޓް ލިމިޓެޑްގެ 'ހުޅުލެ އައިލެންޑް ހޮޓެލް'
ފަތުރުވެރި ކަމުގެ ދާއިރާގެ ޖީ.އެސް.ޓީ އާ ގްރީން ޓެކްސް - ޓޫރިސްޓް ގެސްޓްހައުސް
ސަމަން ހޮޓެލްސް ޕްރައިވެޓް ލިމިޓެޑްގެ 'އޯޝަން ގްރޭންޑް'
ފަތުރުވެރި ކަމުގެ ދާއިރާގެ ޖީ.އެސް.ޓީ އާ ގްރީން ޓެކްސް - ޓޫރިސްޓް އުޅަނދު
ވިލަމެންދޫ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ 'ގޮމަފުޅު'
ފަތުރުވެރި ކަމުގެ ދާއިރާގެ ޖީ.އެސް.ޓީ – ޓްރެވަލް އޭޖެންސީ
އިންޓުއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ފަތުރުވެރި ކަމުގެ ދާއިރާގެ ޖީ.އެސް.ޓީ – އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ޚިދުމަތްދޭ ފަރާތްތައް
ޓްރާންސް މޯލްޑިވިއަން އެއަރވޭސް ޕްރައިވެޓް ލިމިޓެޑް
ޓޫރިޒަމް ދާއިރާ ފިޔަވައި އެނޫން ދާއިރާތަކުގެ ޖީ.އެސް.ޓީ
އާމްދަނީ 30 މިލިއަން ރުފިޔާއަށްވުރެ ދަށް
އަލްފާޟިލް އަޙްމަދު ނިޔާޒް
އާމްދަނީ 30 - 100 މިލިއަން ރުފިޔާއާ ދެމެދު
އިލާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
އާމްދަނީ 100 - 200 މިލިއަން ރުފިޔާއާ ދެމެދު
ވަރސާ ރިޒޯޓްސް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް
އާމްދަނީ 200 މިލިއަން އަށްވުރެ މަތި
ޗައިނާ ހަރބަރ އިންޖިނިއަރިންގ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
އެއަރޕޯޓު ޓެކުހާއި ފީ
އިއްތިހާދު އެއަރވޭސް
އާމްދަނީން ނަގާ ޓެކްސް - ފަރުދުން
އަލްފާޟިލް އަޙްމަދު ޝިޔާމް މުޙައްމަދު
އާމްދަނީން ނަގާ ޓެކްސް – ފަރުދުން ނޫން އެހެންފަރާތްތައް
އާމްދަނީ 30 މިލިއަން ރުފިޔާއަށްވުރެ ދަށް
އެޓްމޮސްފިއަރ ކަނި ރިޒޯޓް ޕްރައިވެޓް ލިމިޓެޑް
އާމްދަނީ 30 - 100 މިލިއަން ރުފިޔާއާ ދެމެދު
ކަނޑޫމާ ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑް
އާމްދަނީ 100 - 200 މިލިއަން ރުފިޔާއާ ދެމެދު
ވަރސާ ރިޒޯޓްސް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް
އާމްދަނީ 200 މިލިއަން އަށްވުރެ މަތި
އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް
އާމްދަނީން ނަގާ ޓެކްސް - ބޭންކް
ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑް
ސަރުކާރު ހިއްސާވާ ކުންފުނި
ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް
މީރާއިން ޢަމަލުކުރަމުންދާ އާންމު އުސޫލާ އެއްގޮތަށް ރަންލާރި އެވޯޑް ދިނުމުގައިވެސް ބަލާނެ މިންގަނޑުތަކާއި ޢަމަލުކުރާނެ އުސޫލުތައް ވަނީ ކަނޑައަޅައި އާންމުކޮށްފައެވެ. އަދި މި ފަރާތްތަކުން ދައްކައިފައިވާ ފައިސާގެ އަދަދު މީރާއިން ހާމަކޮށްފައެއް ނުވެއެވެ. މީގެ އިތުރުން އެވޯޑު ދިނުމުގެ ކުރިން، މި އެވޯޑު ލިބިގަތުމާމެދު އެވޯޑު ހައްގުވާ ފަރާތްތަކުގެ އިއުތިރާޒެއް ނެތްކަން މީރާއިން ވަނީ ކަށަވަރުކޮށްފައެވެ. އަދި ޓެކްސް ދައްކާ އެއްވެސް ފަރާތަކުން އެ ކަމަށް އިއުތިރާޒުކުރާނަމަ، އެ ފަރާތުގެ ބަދަލުގައި މި އެވޯޑު ދެވިފައިވަނީ ކަނޑައެޅިފައިވާ މިންގަނޑުތަކުގެ ދަށުން ދެން ހޮވޭ ޓެކްސް ދައްކާ ފަރާތަކަށެވެ.
މި އެވޯޑް ހަވާލުކޮށްދެއްވާފައިވަނީ އެ ހަފްލާގެ ޝަރަފުވެރި މެހެމާން، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް، އަލްފާޟިލް ޙަސަން ޒަރީރެވެ.