ފޯމު

×

ޤާނޫނީ ވަކީލަކު ޢައްޔަންކުރިކަމުގެ ލިޔުން (21.1)

MIRA 919

| އިނގިރޭސި | ދިވެހި | ފޯމު ޑައުންލޯޑް
  • މި ފޯމާއެކު ޤާނޫނީ ވަކީލު ޢައްޔަންކުރުމަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ފޮޓޯ ޖެހި ރަސްމީ ލިޔުމެއްގެ ކޮޕީއަކާއި، ޤާނޫނީ ވަކީލުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ފޮޓޯ ޖެހި ރަސްމީ ލިޔުމެއްގެ ކޮޕީއަކާއި، ވަކާލާތުކުރުމުގެ ހުއްދައިގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.
  • ޤާނޫނީ ވަކީލެއްގެ ގޮތުގައި ޢައްޔަންކުރެވޭ ފަރާތަކީ މައްސަލައިގައި ސުވާލުކުރެވޭ އެހެން މީހެއްގެ ޤާނޫނީ ވަކީލެއްގެ ގޮތުގައި ޢައްޔަންކޮށްފައިވާ ފަރާތަކަށް ވެގެންނުވާނެއެވެ. އަދި މައްސަލައިގައި އެއްވެސް ބާވަތެއްގެ ދައުރެއް ނުވަތަ ބައިވެރިވުމެއް އޮތް ފަރާތެއް ކަމުގައި ވެސް ވެގެންނުވާނެއެވެ.
  • ވަކީލަކު ޢައްޔަންކުރުމަށްފަހު ތަހުޤީޤަށް ހާޒިރުވާންޖެހޭ ގަޑި، ހާޒިރުވާންޖެހޭ މީހާއަށް މީރާއިން އެންގުމުން އެ ފަރާތުން ޢައްޔަންކޮށްފައިވާ ވަކީލަށް އެ މަައުލޫމާތު އެންގުނީކަމުގައި ބެލެވޭނެއެވެ. 
  • ތިޔަ ފަރާތުން ފުރިހަމަކޮށްފައިވާ ފޯމު މީރާއަށް ހުށަހެޅުމަށް ތިރީގައިވާ ބަޓަން ބޭނުންކުރާާށެވެ. ތިޔަ ފަރާތުން އެދޭނަމަ މީރާގެ ކައުންޓަރުތަކަށް ވެސް ފޯމު ފުރުުމަށްފަހު ހުށަހެޅޭނެއެވެ.
©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ