ފޯމު

×

އިއުތިރާޒުކުރާކަމުގެ އެންގުން (25.1)

MIRA 903

| އިނގިރޭސި | ދިވެހި | ފޯމު ޑައުންލޯޑް
| އިނގިރޭސި | އިންސްޓްރަކްޝަން ޝީޓް ޑައުންލޯޑް
  • ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު ގެ 42 ވަނަ މާއްދާގެ ދަށުން އިއުތިރާޒުކުރާނަމަ މި ފޯމު ހުށަހަޅާށެވެ.
  • މީރާގެ ނިންމުމުގެ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މި ފޯމު ހުށަހަޅަންވާނެއެވެ. ތިރީސް ދުވަސް ގުނަންވާނީ ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 35 ވަނަ މާއްދާގެ (ނ) ގެ ދަށުން ރަސްމީ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައެވެ.
  • އިއުތިރާޒުގެ ޒާތަށް ބިނާކޮށް މި ފޯމުގެ 2 ވަނަ ބައި ނުވަތަ 3 ވަނަ ބައި ފުރިހަމަކުރާށެވެ. މި ފޯމުގެ 2 ވަނަ ބައި ފުރިހަމަކުރާނީ ނޯޓިސް އޮފް ޓެކްސް އެސެސްމެންޓް (ޏޯޓާ) އަކާ ގުޅިގެން އިއުތިރާޒުކުރާ ކަމުގައިވާނަމައެވެ. އަދި 3 ވަނަ ބައި ފުރިހަމަކުރާނީ އެ ނޫން އެހެން ކަމަކާ ގުޅިގެން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ނުވަތަ މީރާއިން ނިންމާ ނިންމުމަކަށް އިއުތިރާޒުކުރާކަމުގައިވާނަމައެވެ. ތިޔަ ފަރާތުން ކުރާ ކޮންމެ އިއުތިރާޒަކަށް ހުށަހަޅަންވާނީ ވަކި ފޯމެކެވެ.
  • މި ފޯމުގައި ސޮއިކުރަންވާނީ ޓެކްސް ދައްކާ ފަރާތުން ސޮއިކުރުމަށް ހުއްދަ ދީފައިވާ މީރާގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުންނެވެ.
  • ތިޔަ ފަރާތުން ފުރިހަމަކޮށްފައިވާ ފޯމު މީރާއަށް ހުށަހެޅުމަށް ތިރީގައިވާ ބަޓަން ބޭނުންކުރާާށެވެ. ތިޔަ ފަރާތުން އެދޭނަމަ މީރާގެ ކައުންޓަރުތަކަށް ވެސް ފޯމު ފުރުުމަށްފަހު ހުށަހެޅޭނެއެވެ.
©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ