/ ފެބުރުވަރީ މަހު މީރާއިން 2.80 ބިލިއަން ރުފިޔާ ބަލައިގަނެފި
News Image

ފެބުރުވަރީ މަހު މީރާއިން 2.80 ބިލިއަން ރުފިޔާ ބަލައިގަނެފި

08 މާރިޗު 2026

މީރާއިން ފެބުރުވަރީ 2026 ގައި ބަލައިގަނެފައިވާ ޖުމުލަ އާމްދަނީ އަކީ 2.80 ބިލިއަން ރުފިޔާއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %0.8 ދަށް އަދަދެކެވެ. އަދި، ޖަނަވަރީ 2026 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %11.6  ދަށް އަދަދެކެވެ.

ފެބުރުވަރީ 2025 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު ޖަނަވަރީ 2026 ގައި ލިބިފައިވާ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ، ލީސް ޕީރިއެޑް އެކްސްޓެންޝަން ފީ ،އެއާރޕޯޓް ޑިވެލޮޕްމަންޓް ފީ އަދި ޓުއަރިޒަމް ލޭންޑް ރެންޓްއިން ލިބިފައިވާ އާމްދަނީ ދަށްވުމެވެ. މީގެ އިތުރުން ފެބްރުއަރީ 2025 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު ފެބުރުވަރީ 2026 ގައި ލިބިފައިވާ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ، ފެބުރުވަރީ މަހުގެ ޓެކުހުގެ ސުންގަޑިތައް ރަސްމީ ބަންދު ދުވަސްތަކަކާއި ދިމާވުމުގެ ސަބަބުން، މާރިޗު މަހުގެ ދުވަސްތަކަކަށް މުއްދަތު އިތުރުކޮށްފައިވާތީއެވެ. ނަމަވެސް، ފެބުރުވަރީ 2026 ގައި އެޑްވާންސްކޮށް ދައްކައިފާވާ ޕޭމަންޓްތައް ވަނީ ފެބުރުވަރީ 2025 އާ އަޅާބާލާއިރު އިތުރުވެފައެވެ.

ފެބުރުވަރީ  2026 އަށް އަންދާޒާ ކޮށްފައިވާ އާމްދަނީއަށްވުރެ %11.6 ދަށްވެފައިވާ މައިގަނޑު އެއް ސަބަބަކީ  ޖީ.އެސް.ޓީއިން ނަގާ ޓެކުހުގެ މިންވަރު ދަށްވުމެވެ. މީގެއިތުރުން އެއަރޕޯޓް ޓެކުހާއި ފީ އަދި ގްރީން ޓެކުހުން ނަގާ އާމްދަނީ ދަށްވުމަކީވެސް މި މުއްދަތުގައި ލިބުނު އާމްދަނީ ދަށްވުމުމުގެ ސަބަބެކެވެ. ޖަނަވަރީ 2026 ގައި ލިބިފައިވާ އާމްދަނީގެ %19.0 އަކީ ކުރީގެ ސުންގަނޑިތަކަށް ދައްކާފައިވާ ފައިސާއެވެ.އަދި އާމްދަނީގެ  %16.9 ލިބިފައިވަނީ ނުދެއްކި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުންކަން ފާހަގަކުރަމެވެ.

ފެބުރުވަރީ 2026 ގައި، ނުލިބިހުރި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ވާނީ ޖުމްލަ 398.88 މިލިއަން ރުފިޔާ ހޯދައިފައެވެ. މީގެ ތެރޭގައި، ޑިއުސް ކްލިއަރެންސްގެ ތެރެއިން 155.84 މިލިއަން ރުފިޔާ ހޯދައިފައިވެއެވެ. މީގެ އިތުރުން، ޓެކްސް ދައްކާ ފަރާތްތަކުގެ ބޭންކް އެކައުންޓްސް ހިފަހައްޓައިގެން 5.21 މިލިއަން ރުފިޔާ، ޓެކްސް ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމަށް ހަނދާންކޮށްދިނުމަށް ކުރި ފޯނު ކޯލުތަކުގެ ޒަރިއްޔާއިން  34.44މިލިއަން ރުފިޔާ އަދި އިންސްޓޯލްމަންޓް އެއްބަސްވުމުގެ ދަށުން  60.6މިލިއަން ރުފިޔާ ވަނީ ހޯދައިފައެވެ.

ފެބުރުވަރީ 2026 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ (%52.3) ނުވަތަ 1.4 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީ އިން ނަގާ ޓެކުހުންނެވެ. އެއީ (%21.4) ނުވަތަ 599.2 ބިލިއަން ރުފިޔާއެވެ. މީގެ އިތުރުން ގްރީން ޓެކުހުގެ ގޮތުގައި 200.36 މިލިއަން ރުފިޔާ (%7.2)، ޑިޕާޗަރ ޓެކުހުގެ ގޮތުގައި 134.33 މިލިއަން ރުފިޔާ (%4.8)،އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 122.56 މިލިއަން ރުފިޔާ (%0.4) އަދި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 196.34މިލިއަން ރުފިޔާ (%3.3) ލިބިފައިވެއެވެ.

ފެބުރުވަރީ 2026 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 126.85 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް:

https://www.mira.gov.mv/Files/GetFile/dfd3722b-b9d4-419a-a758-c1680002e09e

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ