/ މީރާއިން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ބާއްވައިފި
News Image

މީރާއިން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ބާއްވައިފި

11 އޯގަސްޓު 2025

މީރާގެ 15 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމް މިއަދު ކުރިއަށް ގެންގޮސްފިއެވެ. މިއީ، މީރާ ކްލަބާއި މޯލްޑިވިއަން ބްލަޑް ސަރވިސަސް ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށް މީރާއިން މައުލޫމާތުދެއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 9:00 އިން ހަވީރު 04:00 އަށް، މީރާ އޯކިޑް ބިލްޑިންގެ ތިންވަނަ ފަންގިފިލާގައެވެ. މި ޕްރޮގްރާމުގައި މީރާގެ ގިނަ މުވައްޒަފުން އަދި އާންމުންގެ ފަރާތްތަކުން ބައިވެރިވެ ލޭ ހަދިޔާކޮށްފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ.

ލޭ ހަދިޔާ ކުރުމުގެ މި ހަރަކާތަކީ 2013 ވަނަ އަހަރުން ފެށިގެން މީރާއިން ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ