6 އެޕްރީލް 2025 އިން 15 ޖޫން 2025 އަށް އިންކަމް ޓެކްސް ބަޔާން ހުށަހެޅުމަށް އެހީތެރިވެދިނުމުގެ ޚާއްސަ ޕްރޮގްރާމެއް ހިންގުމަށް މީރާއިން ވަނީ ހަމަޖައްސާފައެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، ޓެލެފޯން، އީމެއިލް އަދި އެނޫންވެސް އޮންލައިން ވަސީލަތްތައް ބޭނުންކޮށްގެންނެވެ. މި ޕްރޮގްރާމްގެ ދަށުން އެހީތެރިކަން ފޯރުކޮށްދޭނީ 2024 ވަނަ އަހަރުގައި 10 މިލިއަން ރުފިޔާ ނުވަތަ އެއަށްވުރެ މަދުން އާމްދަނީ ލިބިފައިވާ ފަރާތްތަކުގެ ތެރެއިން "ކޭޝް ބޭސިސް" އަށް ހިސާބުތައް ތައްޔާރުކުރުމަށް އިޚްތިޔާރުކޮށްފައިވާ ފަރާތްތަކަށެވެ.
2024 ވަނަ އަހަރަށް އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭތޯ ބެއްލެވުމަށް ތިރީގައިވާ ލިންކު ބޭނުންކުރައްވާށެވެ.
https://www.mira.gov.mv/Guides/View/income-tax-requirement-2024
ގުޅުންހުރި ލިޔެކިޔުންތައް: