މުދަލު ޒަކާތް ބަލައިގަތުން
1 ޖޫން 2016 އިން ފެށިގެން މުދަލު ޒަކާތް ބަލައިގަންނަނީ މީރާއަށެވެ. މުދަލު ޒަކާތް ދެއްކުމަށްޓަކައި ބޭނުންކުރާނީ MIRA 510 ފޯމެވެ. މި ފޯމު މީރާގެ ވެބްސައިޓުން ލިބޭނެއެވެ. މީރާގެ ސަރވިސް ސެންޓަރުގެ އިތުރުން އަތޮޅުތެރޭގައި ގާއިމުކުރެވިފައިވާ މީރާގެ ބްރާންޗުތަކުންނާއި ކަލެކްޝަން ސެންޓަރުތަކުން ވެސް މުދަލު ޒަކާތް ބަލައިގަންނާނެއެވެ. މީރާގެ ކަލެކްޝަން ސެންޓަރެއް ނުވަތަ ބްރާންޗެއް ނެތް ރަށެއް ނަމަ، އެ ރަށެއްގެ ރަށު ކައުންސިލްގެ އިދާރާއިން ވެސް މުދަލު ޒަކާތް ބަލައިގަންނާނެއެވެ. މުދަލު ޒަކާތް މީރާއަށް ބަލައިގަންނަމުން ދިޔަކަމުގައި ވިޔަސް، ފިޠުރު ޒަކާތް ބަލައިގަންނާނީ އިސްލާމިކް މިނިސްޓްރީއަށެވެ.
މުދަލު ޒަކާތާ ގުޅޭ ދީނީ ސުވާލެއް ނުވަތަ މުދަލު ޒަކާތް ހިސާބުކުރުމާ ގުޅޭގޮތުން ސުވާލެއް އޮތް ނަމަ ގުޅާނީ އިސްލާމިކް މިނިސްޓްރީގެ ފޯން ނަންބަރު 800 300 8901 އަށެވެ. މުދަލު ޒަކާތް ބަލައިގަތުމާ ގުޅޭ ސުވާލެއް ނަމަ މީރާގެ ހޮޓްލައިން 1415 އަށް ގުޅާށެވެ. މުދަލު ޒަކާތުގެ އެ ދުވެހެއްގެ ނިޞާބުގެ މިންވަރު މީރާގެ ވެބްސައިޓުން ފެންނާނެއެވެ.
ޒަކާތް ކަލްކިއުލޭޓަރ