ޓެކްސް ދައްކާ ފަރާތްތަކުގެ ޗާޓަރ
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ އަމާޒަކީ ޓެކްސް ދައްކާ ފަރާތްތަކަށް ރަނގަޅު ފެންވަރުގެ ޚިދުމަތްތަކެއް ފޯރުވައިދޭ ޕްރޮފެޝަނަލް މުއައްސަސާއަކަށް ވުމެވެ.
މި ޗާޓަރުގައި ހިމަނާފައި ވާނީ މީރާއިން ފޯރުވައިދޭ ޚިދުމަތްތަކުގެ ފެންވަރާއި، އަޅުގަނޑުމެންގެ ކިބައިން ތިޔަ ފަރާތުން އުއްމީދުކުރެވިދާނެ ކަންތައްތަކެވެ.
ހަމަ އެހެންމެ މި ޗާޓަރުގައި ޓެކްސް ދައްކާ ފަރާތްތަކުގެ ހައްގުތަކާއި ޒިންމާތައްވެސް ބަޔާންކުރެވިފައިވާނެއެވެ. އަދި އަޅުގަނޑުމެން ފޯރުވައިދޭ ޚިދުމަތަކާ މެދު ހިތްހަމަނުޖެހޭ ޙާލަތުތަކުގައި ތިޔަ ފަރާތުން ޢަމަލުކުރަންވީ ގޮތްވެސް ބަޔާންކޮށްފައިވާނެއެވެ. މި ޗާޓަރގެ ބޭނުމަކީ އަޅުގަނޑުމެން ތިޔަ ފަރާތަށް އެހީތެރިވެދިނުމަށް، ތިޔަ ފަރާތުން އަޅުގަނޑުމެންނަށް އެހީތެރިވެދިނުމެވެ.
ޓެކްސް ދައްކާ ފަރާތްތަކުގެ ޗާޓަރ