އާންމު ޚިޔާލު

ޓެކްސްއާ ބެހޭ ގަވާއިދުތަކާއި ރޫލިންގތައް ޝާޢިއުކުރުމުގެ ކުރިން، އަޅުގަނޑުމެން އެ ލިޔެކިޔުންތައް ވަރަށް ފުޅާ ދާއިރާއެއްގައި އާންމު ޚިޔާލަށް ހުޅުވާލަމެވެ. އަޅުގަނޑުމެން އާންމު ޚިޔާލަށް ހުޅުވާލާ ލިޔެކިޔުންތަކަށް ފަންނީގޮތުން އަދި ވިޔަފާރީގެ ދާއިރާއިންވެސް ޚިޔާލު ފާޅުކުރެވިދާނެއެވެ.

އަޅުގަނޑުމެން އެކުލަވާލާ ޑްރާފްޓްތަކަކީ ފަންނީގޮތުން ޞައްޙަ އަދި ޓެކްސޭޝަންގެ ޤާނޫނީ އޮނިގަނޑު ފުރިހަމައަށް ރަމްޒުކޮށްދޭ ލިޔެކިޔުންތަކެއްތޯ އަދި އެ ޑްރާފްޓްތަކުގައިވާ މާއްދާތަކަކީ ޢަމަލީގޮތުން ތަންފީޒުކުރެވޭނެ ފަދަ އުސޫލަކުން އެކުލަވާލެވިފައިވާ މާއްދާތަކެއްތޯ އާންމު ޚިޔާލަށް ހުޅުވާލެވިފައިވާ ޑްރާފްޓްތައް ޚިޔާލަށް ހުޅުވާލެވިފައިވާ ސުންގަޑިއާ ޖެހެންދެން ޑައުންލޯޑްކުރެވެން ހުންނާނެއެވެ. އަދި އެއަށްފަހު، އަރުޝީފުކުރެވޭނެއެވެ. އައު ޑްރާފްޓްތައް އެކުލަވާލެވުމުން ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ޑްރާފްޓް

މިވަގުތު އެއްވެސް ޑްރާފްޓް ލިޔެކިޔުމެއް ނެތެވެ.

އަރުޝީފުކުރެވިފައިވާ ލިޔެކިޔުންތައް

- "ރެމިޓަންސް ޓެކްސް" ގަވާއިދުގެ ފުރަތަމަ ޑްރާފްޓް ޢާންމު ޚިޔާލަށް 8 ސެޕްޓެމްބަރު 2016 އިން 19 ސެޕްޓެމްބަރު 2016 ނިޔަލަށް ހުޅުވާލެވިފައިވެއެވެ"

- "މުދަލުގެ ވެރިފަރާތް ނޫން އެހެން ފަރާތަކުން ބިނާކޮށްފައިވާ ނުއުފުލޭ މުދާ" އާ ގުޅޭ ޓެކްސް ރޫލިންގގެ ފުރަތަމަ ޑްރާފްޓް ޢާންމު ޚިޔާލަށް 21 މެއި 2012 އިން 28 މެއި 2012ގެ ނިޔަލަށް ހުޅުވާލެވިފައިވެއެވެ"

- "ބޭރު ފައިސާއިން ކުރެވޭ މުޢާމަލާތްތަކާއި ބީޕީޓީ" އާ ގުޅޭ ޓެކްސް ރޫލިންގގެ ފުރަތަމަ ޑްރާފްޓް ޢާންމު ޚިޔާލަށް 10 މެއި 2012 އިން 19 މެއި 2012ގެ ނިޔަލަށް ހުޅުވާލެވިފައިވެއެވެ.

- "ބޭރު ފައިސާއިން ކުރެވޭ މުޢާމަލާތްތަކާއި ޖީއެސްޓީ" އާ ގުޅޭ ޓެކްސް ރޫލިންގގެ ފުރަތަމަ ޑްރާފްޓް ޢާންމު ޚިޔާލަށް 10 މެއި 2012 އިން 19 މެއި 2012ގެ ނިޔަލަށް ހުޅުވާލެވިފައިވެއެވެ.

- "ވިތްހޯލްޑިންގ ޓެކްސް އާއި ދާއިމީ މަރުކަޒުގެ އާމްދަނީ" އާ ގުޅޭ ޓެކްސް ރޫލިންގގެ ފުރަތަމަ ޑްރާފްޓް ޢާންމު ޚިޔާލަށް 2 މެއި 2012 އިން 16 މެއި 2012ގެ ނިޔަލަށް ހުޅުވާލެވިފައިވެއެވެ.

- ބީޕީޓީ ބަޔާނުގެ (MIRA 304) ފުރަތަމަ ޑްރާފްޓް ޢާންމު ޚިޔާލަށް 6 މާރޗް 2012 އިން 17 މާރޗް 2012ގެ ނިޔަލަށް ހުޅުވިފައިވެއެވެ.

- "ރީއިމްބަރސްމަންޓް އަދި ޑިސްބަރސްމަންޓްތަކުން ޖީ.އެސް.ޓީ ނެގުން" އާ ގުޅޭ ޓެކްސް ރޫލިންގގެ ފުރަތަމަ ޑްރާފްޓް ޢާންމު ޚިޔާލަށް 9 ފެބްރުއަރީ 2012 އިން 23 ފެބްރުއަރީ 2012ގެ ނިޔަލަށް ހުޅުވާލެވިފައިވެއެވެ.

- "މީރާއިން ޤަބޫލުކުރާ ބޭންކުތަކާއި މާލީ އިދާރާތައް" އާ ގުޅޭ ޓެކްސް ރޫލިންގގެ ފުރަތަމަ ޑްރާފްޓް ޢާންމު ޚިޔާލަށް 2 ފެބްރުއަރީ 2012 އިން 16 ފެބްރުއަރީ 2012ގެ ނިޔަލަށް ހުޅުވާލެވިފައިވެއެވެ.

- "ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގަވާއިދުގެ 46 އަދި 47 ވަނަ މާއްދާ އިޞްލާޙުކުރުން" އާ ގުޅޭ ޓެކްސް ރޫލިންގގެ ފުރަތަމަ ޑްރާފްޓް ޢާންމު ޚިޔާލަށް 2 ފެބްރުއަރީ 2012 އިން 16 ފެބްރުއަރީ 2012ގެ ނިޔަލަށް ހުޅުވާލެވިފައިވެއެވެ.

- ޓެކްސް ރޫލިންގ (T-GST 3)ގެ ފުރަތަމަ ޑްރާފްޓް ޢާންމު ޚިޔާލަށް 29 މާރޗް 2011 އިން 16 ފެބްރުއަރީ 2012ގެ ނިޔަލަށް ހުޅުވާލެވިފައިވެއެވެ.

- ވިޔަފާރީގެ ފައިދާއިން ޓެކްސްނެގުމުގެ ގަވާއިދުގެ ފުރަތަމަ ޑްރާފްޓް ޢާންމުންގެ ޚިޔާލަށް 6 ޖޫން 2011 އިން 30 ޖޫން 2011 ގެ ނިޔަލަށް ހުޅުވާލެވިފައިވެއެވެ.

- މުދަލާއި ޚިދުމަތުގެ އަގުން ޓެކްސްނެގުމުގެ ގަވާއިދުގެ ފުރަތަމަ ޑްރާފްޓް ޢާންމުންގެ ޚިޔާލަށް 24 ސެޕްޓެމްބަރު 2011 އިން 30 ސެޕްޓެމްބަރު 2011 ގެ ނިޔަލަށް ހުޅުވާލެވިފައިވެއެވެ.

- "1 ޖެނުއަރީ 2012 ގައި މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ރޭޓް ބަދަލުވުން" އާއި ގުޅޭ ޓެކްސް ރޫލިންގގެ ފުރަތަމަ ޑްރާފްޓް 30 ނޮވެމްބަރު 2011 އިން 10 ޑިސެމްބަރު 2011ގެ ނިޔަލަށް ހުޅުވާލެވިފައިވެއެވެ.

-"ޑައިރެކްޓްލީ އެޓްރިބިއުޓަބްލް ޚަރަދުތައް" އާއި ގުޅޭ ޓެކްސް ރޫލިންގގެ ފުރަތަމަ ޑްރާފްޓް 30 ނޮވެމްބަރު 2011 އިން ޑިސެމްބަރު 2011ގެ ނިޔަލަށް ހުޅުވާލެވިފައިވެއެވެ.