"ގްރީން ޓެކްސް" އަކީ ކޮބާ؟

ގްރީން ޓެކުހަކީ ދިވެހިރާއްޖޭގައި ހިންގާ ޓޫރިސްޓު ރިޒޯޓުތަކާއި ޓޫރިސްޓު ހޮޓާތަކާއި ޓޫރިސްޓު އުޅަނދުތަކަށް އަންނަ ޓޫރިސްޓުންގެ އަތުން، އެއިން ތަނެއްގައި ނުވަތަ އުޅަނދެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 6 އެމެރިކާ ޑޮލަރުގެ ރޭޓުން ނެގޭ ޓެކުހެކެވެ. 1 އޮކްޓޫބަރު 2016 އިން ފެށިގެން ޓޫރިސްޓް ގެސްޓްހައުސްތަކުގައި ތިބޭ ޓޫރިސްޓުންގެ އަތުން ވެސް، އެ ތަނުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 3 އެމެރިކާ ޑޮލަރުގެ ރޭޓުން، ގްރީން ޓެކްސް ނެގޭނެއެވެ. ދިވެހިންނާއި 'ރެސިޑެންޓް ޕަރމިޓް' އޮންނަ ބިދޭސީން މި ޓެކުހުން އިސްތިސްނާވާނެއެވެ. އެހެންކަމުން މި ފަދަ ފަރާތްތައް އެއްވެސް ޓޫރިސްޓް ރިޒޯޓެއް، ހޮޓަލެއް، އުޅަނދެއް ނުވަތަ ގެސްޓްހައުސްއެއްގައި ތިބިކަމުގައި ވީނަމަވެސް، ގްރީން ޓެކްސް ނަގައިގެންނުވާނެއެވެ.

ޓޫރިސްޓް ރިޒޯޓެއް، ހޮޓަލެއް، އުޅަނދެއް ނުވަތަ ގެސްޓްހައުސްއެއް އޮޕަރޭޓްކުރުމުގެ ހުއްދަ މިނިސްޓްރީ އޮފް ޓޫރިޒަމުން ދޫކުރާ ތާރީޚުން ފެށިގެން އެ ތަނެއް ގްރީން ޓެކުހަށް ރަޖިސްޓަރީ ކުރެވޭނެއެވެ. މި ގޮތުން އެ ރިޒޯޓު ނުވަތަ ހޮޓާ ނުވަތަ އުޅަނދު މީރާގައި ރަޖިސްޓަރީކުރެވޭނީ އެ ތަން ހިންގުމުގެ ހުއްދަ ލިބިފައިވާ ފަރާތުގެ ނަމުގައެވެ. ބޭރުގެ ޓޫރިސްޓް އުޅަނދުތައް މީރާގައި ރަޖިސްޓަރީކުރެވޭނީ، ޓޫރިޒަމާ ބެހޭ ޤާނޫނުގެ ދަށުން ޢައްޔަންކޮށްފައިވާ އެ އުޅަނދުގެ ލޯކަލް އޭޖެންޓުގެ ނަމުގައެވެ. އެހެންކަމުން، ބޭރުގެ ޓޫރިސްޓު އުޅަނދުގެ ފަރާތުން، ގްރީން ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމަކީ އޭޖެންޓުގެ ޒިންމާއެކެވެ.

މި ޓެކުހަށް ރަޖިސްޓަރީވެފައިވާ ފަރާތްތައް ކޮންމެ މަހަކު ވެސް ބަޔާން ހުށަހަޅައި ފައިސާ ދައްކަންޖެހޭނެއެވެ. ގްރީން ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑިއަކީ ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހެވެ.

ގްރީން ޓެކްސް ހިސާބުކުރުން

ގްރީން ޓެކުހަކީ ޓޫރިޒަމް ދާއިރާގެ ޚިދުމަތް ފޯރުވައިދޭ ތަންތަނުގެ ތެރެއިން ގްރީން ޓެކުހަށް ރަޖިސްޓަރީކުރުން ލާޒިމުވާ ތަންތަނުގައި ޓޫރިސްޓުން ހޭދަކުރާ ކޮންމެ 24 ގަޑިއިރަކަށް 6 އެމެރިކާ ޑޮލަރުގެ ރޭޓުން ނެގޭ ޓެކުހެކެވެ. މި 24 ގަޑިއިރު ގުނަން ފަށާނީ ޓޫރިސްޓަކު އެ ތަނަކަށް ޗެކް-އިން ވާ ވަގުތުން ފެށިގެންނެވެ.

އެ ޓޫރިސްޓް އެ ތަނުން ޗެކް-އައުޓް ވާ 24 ގަޑިއިރުގެ ބްލޮކަށް ގްރީން ޓެކްސް ދައްކަންޖެހޭނީ، އެ 24 ގަޑިއިރުގެ ބްލޮކްގައި އޭނާ އެ ތަނުގައި މަދުވެގެން 12 ގަޑިއިރު ހޭދަކޮށްފައިވާ ނަމައެވެ.

ގްރީން ޓެކްސް ޖޫރިމަނާ ހިސާބުކުރުން

ޓެކްސަނެގޭ މުއްދަތު
ފެށޭ ތާރީހް
ނިމޭ ތާރީހް
މުއްދަތު ހަމަވާ ދުވަސް
ގްރީން ޓެކްސް އަދަދު
 
ބަޔާން ހުށަހަޅަންޖެހޭ ތާރީހް
ފައިސާ ދައްކާ ދުވަސް
ބަޔާން ހުށަނާޅާ ފާއިތުވި ދުވަސް
ފައިސާ ނުދައްކަވާ ފާއިތުވި ދުވަސް
ލަހުން ބަޔާން ހުށަހެޅުމުން ކުރެވުނު ޖޫރިމަނާ (TAA 65(b)1)
ލަހުން ފައިލް ކުރުމުން ޖޫރިމަނާ (TAA 65(b)2)
ލަހުން ފައިސާ ދެއްކުމުން އަރާ ޖޫރިމަނާ (TAA 66 (b))
ޖުމްލަ ޖޫރިމަނާ ރުފިޔާއިން
ޖުމްލަ ޖޫރިމަނާ ޑޮލަރުން

ޓެކްސްގެ އަދަދު
ޖޫރިމަނާގެ ޢަދަދު ރުފިޔާއިން
ޖޫރިމަނާގެ ޢަދަދު ޑޮލަރުން
ޖުމްލަ ރުފިޔާއިން ދައްކަންޖެހޭ ޢަދަދު
ޖުމްލަ ޑޮލަރުން ދައްކަންޖެހޭ ޢަދަދު

ގްރީން ޓެކްސްއާ ގުޅިގެން ނެރެވޭ ޓެކްސް ރޫލިންގ

  • 18-08-16 : ގްރީން ޓެކްސް ގަވާއިދަށް 1 ވަނަ އިޞްލާޙު ގެނައުން
  • އާންމު ސުވާލު

    1 - "ގްރީން ޓެކްސް"އަކީ ކޮބާ؟

    ގްރީން ޓެކުހަކީ ޓޫރިސްޓް ރިޒޯޓް، ޓޫރިސްޓް ހޮޓާ، ޓޫރިސްޓް އުޅަނދު އަދި ޓޫރިސްޓް ގެސްޓްހައުސްތަކުގައި ތިބޭ ޓޫރިސްޓުން އަތުން ނެގޭ ޓެކްސްއެއް. 

     

    2 - "ޓޫރިސްޓުން"ނަކީ ކޮބާ؟

    ޓޫރިސްޓުންނަކީ ދިވެހިރާއްޖެއަށް އަންނަ ދިވެހި ރައްޔިތުން ނޫން  "ރެސިޑެންޓް ޕާރމިޓް" ނެތް ކޮންމެ މީހެއް.

    3 - "ރެސިޑެންޓް ޕާރމިޓް"އަކީ ކޮބާ؟

    ރެސިޑެންޓް ޕާރމިޓްއަކީ، ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، ޓޫރިސްޓެއްނޫން ގޮތަކަށް ދިވެހިރާއްޖޭގައި ހުރުމަށް ކަމާބެހޭ ފަރާތުންދޭ ހުއްދައެއް.

    4 - ގްރީން ޓެކްސް ނަގަން ފެށުނީ ކޮންއިރަކު؟

    ގްރީން ޓެކްސް ނަގަން ފެށުނީ 1 ނޮވެންބަރު 2015 ގައި. ޓޫރިސްޓް ގެސްޓްހައުސްތަކުން ގްރީން ޓެކްސް ނަގަން ފަށާނީ 1 އޮކްޓޫބަރު 2016 އިން ފެށިގެން.

    5 - ގްރީން ޓެކްސް ނެގޭ ރޭޓަކީ ކޮބާ؟

    ޓޫރިސްޓް ރިޒޯޓް، ޓޫރިސްޓް ހޮޓާ އަދި ޓޫރިސްޓް އުޅަނދުތަކުން ގްރީން ޓެކްސް ނެގެނީ ކޮންމެ 24 ގަޑިއިރަކަށް 6 އެމެރިކާ ޑޮލަރުގެ ރޭޓުން. ގެސްޓްހައުސްތަކުން ގްރީން ޓެކްސް ނެގޭނީ ކޮންމެ 24 ގަޑިއިރަކަށް 3 އެމެރިކާ ޑޮލަރުގެ ރޭޓުން

    6 - ގްރީން ޓެކްސް ނަގާ ޓޫރިޒަމް ދާއިރާގެ ޚިދުމަތްދޭ ތަންތަނަކީ ކޮބާ؟

    ގްރީން ޓެކްސް ނަގާނީ، ހަމައެކަނި ޓޫރިސްޓް ރިޒޯޓް، ޓޫރިސްޓް ހޮޓާ، ޓޫރިސްޓް އުޅަނދު އަދި ޓޫރިސްޓް ގެސްޓްހައުސްތަކުން. ޓޫރިސްޓް އުޅަނދުތަކުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރާ ބޭރުގެ ޓޫރިސްޓް އުޅަނދުތައް ވެސް ހިމެނޭ. 

    7 - ބޭރުގެ ޓޫރިސްޓް އުޅަނދުތަކަކީ ކޮބާ؟

    ބޭރުގެ ޓޫރިސްޓް އުޅަނދުތަކަކީ، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިނުވާ އުޅަނދުތަކުގެ ތެރެއިން، "ޕަރމިޓް ފޮރ ފޮރިން ޓްއަރިސްޓް ވެސެލްސް ޓު ކްރޫޒް އެންޑް ހާރބަރ އިން ދަ މޯލްޑިވްސް" ގެ ދަށުން ދިވެހިރާއްޖެ އަންނަ އުޅަނދުތައް. ބޭރުގެ ޓޫރިސްޓް އުޅަނދަކުން ގްރީން ޓެކްސްއާ ގުޅިގެން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރާނީ، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ ދަށުން، އެފަދަ އުޅަނދަކުން ޢައްޔަންކުރާ ލޯކަލް އޭޖެންޓު. 

    8 - ޓޫރިސްޓް ގެސްޓްހައުސްތަކުން ގްރީން ޓެކްސް ނަގާނެތަ؟

    1 އޮކްޓޫބަރު 2016 އިން ފެށިގެން ޓޫރިސްޓް ގެސްޓްހައުސްތަކުން ގްރީން ޓެކްސް ނަގާނެ.

    9 - ދިވެހި ރައްޔިތުންނާއި ރެސިޑެންޓް ޕާރމިޓް އޮންނަ ފަރާތްތަކުގެ އަތުން ވެސް ގްރީން ޓެކްސް ނެގޭނެތަ؟

    ގްރީން ޓެކްސް ނެގޭނީ ހަމައެކަނި ޓޫރިސްޓް ރިޒޯޓް، ޓޫރިސްޓް ހޮޓާ، ޓޫރިސްޓް އުޅަނދު އަދި ޓޫރިސްޓް ގެސްޓްހައުސްތަކުގައި ތިބޭ ޓޫރިސްޓުންގެ އަތުން. 

    10 - ގްރީން ޓެކްސް ނެގުމާއި ގްރީން ޓެކްސްގެ ގޮތުގައި ނަގާ ފައިސާ މީރާއަށް ދެއްކުމަކީ ކާކުގެ ޒިންމާއެއްތަ؟

    ގްރީން ޓެކްސް ނެގުމާއި ގްރީން ޓެކްސްގެ ގޮތުގައި ނަގާ ފައިސާ މީރާއަށް ދެއްކުމަކީ ޓޫރިސްޓް ރިޒޯޓް، ޓޫރިސްޓް ހޮޓާ، ޓޫރިސްޓް އުޅަނދު އަދި ޓޫރިސްޓް ގެސްޓްހައުސްތައް އޮޕަރޭޓްކުރާ ފަރާތުގެ ޒިންމާއެއް. އޮޕަރޭޓްކުރާ ފަރާތްކަމުގައި ބެލެވޭނީ މިނިސްޓްރީ އޮފް ޓޫރިޒަމްއިން "އޮޕަރޭޓިންގ ލައިސަންސް" ދީފައިވާ ފަރާތް

    11 - ގްރީން ޓެކްސްއަށް ރަޖިސްޓަރީކުރާނީ ކިހިނެއް؟

    ގްރީން ޓެކްސް ނަގާނީ، ޓޫރިސްޓް ރިޒޯޓް، ޓޫރިސްޓް ހޮޓާ، ޓޫރިސްޓް އުޅަނދުގައި  ޓޫރިސްޓް ހޭދަކުރާ ކޮންމެ 24 ގަޑިއިރަކަށް 6 އެމެރިކާ ޑޮލަރުގެ ރޭޓުން. ޓޫރިސްޓް ގެސްޓްހައުސްއެއް ނަމަ، ގްރީން ޓެކްސް ނަގާނީ އެތަނުގައި ޓޫރިސްޓް ހޭދަކުރާ ކޮންމެ 24 ގަޑިއިރަކަށް 3 އެމެރިކާ ޑޮލަރުގެ ރޭޓުން. އެހެންނަމަވެސް އެ ޓޫރިސްޓް އެ ތަނުން ޗެކް-އައުޓްވާ 24 ގަޑިއިރުގެ ބްލޮކަށް ގްރީންޓެކްސް ދައްކަންޖެހޭނީ، އެ 24 ގަޑިއިރުގެ ތެރޭގައި އޭނާ އެ ތަނުގައި މަދުވެގެން 12 ގަޑިއިރު ހޭދަކޮށްފައި ވާ ނަމަ. 12 ގަޑިއިރަށްވުރެ މަދުން ހޭދަކޮށްފައިވާނަމަ، އެ 24 ގަޑިއިރަށް ގްރީން ޓެކްސް ދައްކާކަށް ނުޖެހޭނެ..

    12 - ގްރީން ޓެކްސްއަށް ރަޖިސްޓަރީކޮށްފައިވާނަމަ، ގްރީން ޓެކްސް ސެޓްފިކެޓް ފެންނާނެ ގޮތަށް ބަހައްޓަންޖެހޭނެތަ؟

    ގްރީން ޓެކްސްއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް ދޫކޮށްފައިވާ ސެޓްފިކެޓްއަކީ ޚިދުމަތް ހޯދާ ފަރާތްތަކަށް ފެންނާނެހެން ވިޔަފާރި ހިންގާ ތަނުގައި ބަހައްޓަންޖެހޭ އެއްޗެއް.

    13 - ބޭރުގެ ޓޫރިސްޓް އުޅަނދުތައް ގްރީން ޓެކްސްއަށް ރަޖިސްޓަރީކުރަނީ ކިހިނެއް؟

    ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ގްރީން ޓެކްސްއަށް ރަޖިސްޓަރީކުރެވޭނީ އެ އުޅަނދެއްގެ ލޯކަލް އޭޖެންޓުގެ ނަމުގައި. 

    14 - "12-އަވަރ ރޫލް"އަކީ ކޮބާ؟

    ގްރީން ޓެކްސް ނަގާނީ، ޓޫރިސްޓް ހޭދަކުރާ ކޮންމެ 24 ގަޑިއިރަކަށް 6 އެމެރިކާ ޑޮލަރުގެ ރޭޓުން.  އެހެންނަމަވެސް އެ ޓޫރިސްޓް އެ ތަނުން ޗެކް-އައުޓްވާ 24 ގަޑިއިރުގެ ބްލޮކަށް ގްރީންޓެކްސް ދައްކަންޖެހޭނީ، އެ 24 ގަޑިއިރުގެ ތެރޭގައި އޭނާ އެ ތަނުގައި މަދުވެގެން 12 ގަޑިއިރު ހޭދަކޮށްފައި ވާ ނަމަ. 12 ގަޑިއިރަށްވުރެ މަދުން ހޭދަކޮށްފައިވާނަމަ، އެ 24 ގަޑިއިރަށް ގްރީން ޓެކްސް ދައްކާކަށް ނުޖެހޭނެ.

    15 - މަސް ނިމޭ އިރު ޗެކް-އައުޓް ނުވާ ގެސްޓުން އެ މަހަށް ދައްކަންޖެހޭ ގްރީން ޓެކުހުގެ އަދަދު ހިސާބުކުރާނީ ކިހިނެއް؟

    މަސް ނިމޭ އިރު ޗެކް-އައުޓް ނުވާ ގެސްޓުން އެ މަހަށް ދައްކަންޖެހޭ ގްރީން ޓެކްސް އަދަދު ހިސާބުކުރުމުގައި ވެސް 12-އަވަރ ރޫލްއަށް ބަލަން ޖެހޭ. އެހެން ނަމަވެސް 24 ގަޑިއިރުގެ ބްލޮކް 2 މަހަށް ބެހިގެންދާ ހާލަތުތަކުގައި، އެ ބްލޮކަށް ދައްކަންޖެހޭ ގްރީން ޓެކްސް ދައްކާނީ ކޮންމަހެއްގައިތޯ ކަނޑައަޅަން ޖެހޭ. އެ ގޮތުން އެ 24 ގަޑިއިރުގެ ބްލޮކަށް އެ މަހުގައި ގްރީން ޓެކްސް ދައްކަންޖެހޭނީ، އެ 24 ގަޑިއިރު ގުނަން ފަށާ ވަގުތުން ފެށިގެން އެ މަސް ނިމޭ ދުވަހުގެ 23:59 އާ ހަމައަށް އޭނާ އެ ތަނުގައި މަދުވެގެން 12 ގަޑިއިރު ހޭދަކޮށްފައިވާ ނަމަ. އެ ނޫން ހާލަތުތަކުގައި އެ 24 ގަޑިއިރުގެ ބްލޮކަށް ގްރީން ޓެކްސް ދައްކަންޖެހޭނީ ޖެހިގެން އަންނަ މަހުގައި. 

    16 - ޗެކް-އިންވާ ވަގުތާއި ޗެކް-އައުޓްވާ ވަގުތަކީ ކޮބާ؟

    ގްރީން ޓެކުހުގެ ބޭނުމަށް، އެއްވެސް މީހަކު ޓޫރިސްޓް ރިޒޯޓަކަށް، ޓޫރިސްޓު ހޮޓަލަކަށް، ޓޫރިސްޓު އުޅަނދަކަށް ނުވަތަ ޓޫރިސްޓް ގެސްޓްހައުސްއަކަށް ޗެކް-އިން ވީ ވަގުތުކަމުގައި ބަލާނީ، އެ މީހަކީ އެ ތަނުގައި ހުންނަ މީހެއްގެ ގޮތުގައި އެ ތަނުގެ ސިސްޓަމްގައި ނުވަތަ ލިޔެކިޔުންތަކުގައި ރިކޯޑުކުރާ ވަގުތު. އަދި އެ މީހާ އެ ތަނުން ޗެކް-އައުޓް ވީ ވަގުތުކަމުގައި ބަލާނީ، އެ ތަނުގެ ސިސްޓަމްގައި ނުވަތަ ލިޔެކިޔުންތަކުގައި އެ މީހާ ޗެކް-އައުޓްވީ ކަމަށް ރިކޯޑުކުރާ ވަގުތު. 

    17 - ހިލޭ ނުވަތަ ކޮމްޕްލިމެންޓަރީ އުސޫލުން ބައިތިއްބާ ޓޫރިސްޓުންނަށް ގްރީން ޓެކްސް ދައްކަންޖެހޭނެތަ؟

    ހިލޭ ނުވަތަ ކޮމްޕްލިމެންޓަރީ އުސޫލުން ބައިތިއްބާ ޓޫރިސްޓުންނަށް ވެސް ގްރީން ޓެކްސް ދައްކަންޖެހޭނެ. 

    18 - ތުއްތުކުދިންނަށް ގްރީން ޓެކްސް ދައްކަންޖެހޭނެތަ؟

    ޓޫރިސްޓް ވިސާގައި ރާއްޖެ އަންނަ ތުއްތުކުދިންނަށް ވެސް ގްރީން ޓެކްސް ދައްކަން ޖެހޭނެ. ވަކި ޕާސްޕޯޓެއް ނެތް ތުއްތުކުއްޖެއްކަމުގައި ވީނަމަވެސް ޢަމަލުކުރާނީ ހަމަ މި އުސޫލުން. 

    19 - "ފްލައިޓް ކްރޫ"އިން އަތުން ގްރީން ޓެކްސް ނެގޭނެތަ؟

    ފްލައިޓް ކްރޫއިން ރާއްޖެއަށް އަންނަނީ "ޖެނެރަލް ޑެކްލަރޭޝަން (ޖީ.ޑީ)" އެއްގެ ދަށުން ކަމުގައިވާތީ ޓޫރިސްޓުންގެ ގޮތުގައި ނުބެލެވޭ. އެހެންކަމުން އެ ފަރާތްތަކުގެ އަތުން ގްރީން ޓެކްސް އެއް ނުނެގޭނެ.

    20 - ބޭރުގެ ޓޫރިސްޓް އުޅަނދުތަކުގެ ފަޅުވެރިންގެ އަތުން ގްރީން ޓެކްސް ނެގޭނެތަ؟

    ބޭރުގެ ޓޫރިސްޓް އުޅަނދުތަކުގެ ފަޅުވެރިން، ރާއްޖެއަށް އަންނަނީ "ކްރޫ ވިސާ" އެއްގެ ދަށުން ކަމުގައިވާތީ  ޓޫރިސްޓުންގެ ގޮތުގައި ނުބެލެވޭ. އެހެންކަމުން އެ ފަރާތްތަކުގެ އަތުން ގްރީން ޓެކްސް އެއް ނުނެގޭނެ.

    21 - މީހަކު، ޓޫރިސްޓް ރިޒޯޓަކުން، ޓޫރިސްޓު ހޮޓަލަކުން ނުވަތަ ޓޫރިސްޓު އުޅަނދަކުން ޗެކް-އައުޓްވުމަށްފަހު އަލުން އެ ތަނަކަށް ޗެކް-އިން ވެއްޖެނަމަ ކަންތައް ކުރަންޖެހޭނީ ކޮން އުސޫލަކުން؟

    މީހަކު، ޓޫރިސްޓް ރިޒޯޓަކުން، ޓޫރިސްޓު ހޮޓަލަކުން، ޓޫރިސްޓު އުޅަނދަކުން ނުވަތަ ޓޫރިސްޓް ގެސްޓްހައުސްއަކުން ޗެކް-އައުޓް ވާތާ 12 ގަޑިއިރުގެ ތެރޭގައި އަލުން އެ ތަނަކަށް ޗެކް-އިން ވެއްޖެނަމަ، އެ މީހަކު ދައްކަންޖެހޭ ގްރީން ޓެކުހުގެ އަދަދު ހިސާބުކުރާނީ ޗެކް-އައުޓް ނުވާ މީހެއްގެ ގޮތުގައި ބަލައިގެން.   

    22 - ގްރީން ޓެކްސް ބަޔާން ހުށަހަޅަންޖެހެނީ ކިހިނެއް؟

    އިންފޮމޭޝަން ޝީޓްއަކީ، ޓޫރިސްޓް ރިޒޯޓް، ޓޫރިސްޓު ހޮޓާ، ޓޫރިސްޓު އުޅަނދު އަދި ޓޫރިސްޓް ގެސްޓްހައުސްތަކުގައި، ބަޔާން ހުށަހަޅަންޖެހޭ މުއްދަތުގެ ތެރޭގައި އެ ތަނެއްގައި ތިބި ގެސްޓުންގެ މައުލޫމާތު ހިމަނައިގެން، މީރާއިން ކަނޑައަޅާ ވަކި ފޯމެޓަކަށް ތައްޔާރުކުރެވޭ ލިޔުމެއް. މި ލިޔުމަކީ ގްރީން ޓެކްސް ބަޔާނާއެކު މީރާއަށް ހުށަހަޅަންޖެހޭ ލިޔުމެއް. ގްރީން ޓެކްސް ބަޔާނާއި އިންފޮމޭޝަން ޝީޓް ހުށަހަޅަންޖެހެނީ މީރާކަނެކްޓް މެދުވެރިކޮށް އޮންލައިންކޮށް ކަމަށްވާތީ، އިންފޮމޭޝަން ޝީޓް ހުށަހެޅުމުން ގްރީން ޓެކްސް ބަޔާން ސިސްޓަމްއިން ތައްޔާރުކުރެވިގެންދާނެ. އިންފޮމޭޝަން ޝީޓްގެ ފޯމެޓް އަދި ފުރިހަމަކުރަންޖެހޭ ގޮތުގެ އިރުޝާދު، މީރާގެ ވެބްސައިޓްއިން ލިބެން ހުންނާނެ. 

     

    23 - ގްރީން ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދައްކަންޖެހޭ ސުންގަޑިއަކީ ކޮބާ؟

    ކޮންމެ ކަލަންޑަރުމަހަކަށް، ގްރީން ޓެކްސް ބަޔާން ހުށަހަޅައި ފައިސާ މީރާއަށް ދައްކަންޖެހޭ. ބަޔާން ހުށަހަޅައި ފައިސާ ދައްކަންޖެހޭ ސުންގަޑިއަކީ ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަސް.

    24 - "އިންފޮމޭޝަން ޝީޓް"އަކީ ކޮބާ؟

    އިންފޮމޭޝަން ޝީޓްއަކީ، ޓޫރިސްޓް ރިޒޯޓް، ޓޫރިސްޓު ހޮޓާ އަދި ޓޫރިސްޓު އުޅަނދުތަކުގައި، ބަޔާން ހުށަހަޅަންޖެހޭ މުއްދަތުގެ ތެރޭގައި އެ ތަނެއްގައި ތިބި ގެސްޓުންގެ މައުލޫމާތު ހިމަނައިގެން، މީރާއިން ކަނޑައަޅާ ވަކި ފޯމެޓަކަށް ތައްޔާރުކުރެވޭ ލިޔުމެއް. މި ލިޔުމަކީ ގްރީން ޓެކްސް ބަޔާނާއެކު މީރާއަށް ހުށަހަޅަންޖެހޭ ލިޔުމެއް. ގްރީން ޓެކްސް ބަޔާނާއި އިންފޮމޭޝަން ޝީޓް ހުށަހަޅަންޖެހެނީ މީރާކަނެކްޓް ޕްލަސް މެދުވެރިކޮށް އޮންލައިންކޮށް ކަމަށްވާތީ، އިންފޮމޭޝަން ޝީޓް ހުށަހެޅުމުން ގްރީން ޓެކްސް ބަޔާން ސިސްޓަމްއިން ތައްޔާރުކުރެވިގެންދާނެ. އިންފޮމޭޝަން ޝީޓްގެ ފޯމެޓް އަދި ފުރިހަމަކުރަންޖެހޭ ގޮތުގެ އިރުޝާދު، މީރާގެ ވެބްސައިޓްއިން ލިބެން ހުންނާނެ. 

    25 - ކުރިން ހުށަހަޅައިފައިވާ ގްރީން ޓެކްސް ބަޔާނެއް އިޞްލާޙުކުރަން ބޭނުންނަމަ ހަދަންޖެހޭނީ ކިހިނެއް؟

    ގްރީން ޓެކްސް ބަޔާން ހުށަހެޅުމަށްފަހު، އެ ބަޔާން ހުށަހަޅަންޖެހޭ ތާރީޚުން ފެށިގެން ހިނގާ 12 މަސް ދުވަހުގެ ތެރޭގައި އެ ބަޔާން އިޞްލާޙުކުރުމަށްފަހު އަލުން މީރާއަށް ހުށަހެޅިދާނެ. މި ގޮތަށް ހުށަހަޅާ އިޞްލާޙުކުރެވިފައިވާ ބަޔާނާއެކު، އެ ބަޔާނެއް އިޞްލާޙުކުރަން ޖެހުނު ސަބަބުގެ ތަފުސީލާއި ކަމާ ގުޅޭ ލިޔެކިޔުންތައް ހުށަހަޅަންޖެހޭނެ. އިސްލާހުކުރެވުނު ބަޔާނުގައި  ދައްކަންޖެހޭ ޓެކުހުގެ ގޮތުގައި ކަނޑައަޅާފައިވާ އަދަކީ، އެ މުއްދަތަށް އެންމަފަހުން ހުށަހެޅި ބަޔާނުގައިވާ އަދަދަށް ވުރެ ދަށް އަދަދެއްނަމަ، އިޞްލާޙުކުރެވިފައިވާ ބަޔާން މީރާއިން ގަބޫލުކުރާނީ އެ ބަޔާން ރިވިއުކުރުމަށްފަހު. 

    26 - ގްރީން ޓެކްސް ބަޔާނާއެކު ހުށަހަޅަންޖެހޭ އެހެން ލިޔެކިޔުންތަކަކީ ކޮބާ؟

    ގްރީން ޓެކްސް ބަޔާނާއެކު ހުށަހަޅަންޖެހޭނީ ހަމައެކަނި އިންފޮމޭޝަން ޝީޓް. 

    27 - ޖީ.އެސް.ޓީ ޤާނުނުގެ ދަށުން ދޫކުރެވޭ ޓެކްސް އިންވޮއިސްއެއްގައި ގްރީން ޓެކުހުގެ އަދަދު ހިމެނިދާނެތަ؟

    ޓެކްސް އިންވޮއިސްއެއްގައި ގްރީން ޓެކުހުގެ އަދަދު ހިމެނިދާނެއެވެ. އެހެންނަމަވެސް، ގްރީން ޓެކްސްއިން ޖީ.އެސް.ޓީ ނަގައިގެން ނުވާނެ. 

    28 - ޤާނޫނު ނުވަތަ ގަވާއިދާ ޚިލާފަށް ނެގިފައިވާ ގްރީން ޓެކްސްއަށް ހަދަންޖެހެނީ ކިހިނެއް؟

    ޤާނޫނު ނުވަތަ ގަވާއިދާ ޚިލާފަށް ނެގިފައިވާ ގްރީން ޓެކްސްގެ ފައިސާ، އަނބުރާ އެ ދެއްކި ފަރާތައް ނުދޭހާ ހިނދަކު، އެ ފައިސާއަކީ މީރާއަށް ދައްކަންޖެހޭ ޓެކުހެއް. 

    29 - ގްރީން ޓެކްސްއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ބަލަހައްޓަންޖެހޭ ލިޔެކިޔުންތަކަކީ ކޮބާ؟

    ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނުގެ ދަށުން، ވިޔަފާރިކުރާ ހުރިހާ ފަރާތްތަކެއް ވެސް ވިޔަފާރީގެ އެންމެހައި ރިކޯޑުތައް ރަނގަޅަށް ބަލަހައްޓަންޖެހޭ. އޭގެ އިތުރަށް، ގްރީން ޓެކްސްގެ ބޭނުމަށް"ގެސްޓް ރެޖިސްޓަރ" އަދި"ގެސްޓް ރެޖިސްޓްރޭޝަން ކާޑު" ބަލަހައްޓަންވާނެ. އެ ތަނަށް ޗެކް-އިން ވާ ދިވެހި ރައްޔިތުންގެ އައި.ޑީ ކާޑު ކޮޕީ އަދި ރެސިޑެންޓް ޕާރމިޓް އޮންނަ ފަރާތްތަކުގެ ވިސާގެ ކޮޕީ ވެސް ބަލަހައްޓަންޖެހޭ. 

    30 - ސުންގަޑިއަށް ގްރީން ޓެކްސް ބަޔާން ހުށަނާޅާނަމަ ޖޫރިމަނާއަކީ ކޮބާ؟

    ސުންގަޑިއަށް ބަޔާން ހުށަނާޅާ ވޭތުވާ ކޮންމެ ދުވަހަކަށް 50 ރުފިޔާ އަދި ދައްކަންޖެހޭ ޓެކުހުގެ އަދަދުގެ %0.5

    31 - ގްރީން ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ސުންގަޑިއަށް ނުދައްކައިފިނަމަ ޖޫރިމަނާއަކީ ކޮބާ؟

    ގްރީން ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ސުންގަޑިއަށް ނުދައްކާ ވޭތުވެގެންދާ ކޮންމެ ދުވަހަކަށް، ނުދައްކާ އޮތް އަދަދުގެ %0.05.

    32 - ގްރީން ޓެކްސް ދައްކަންޖެހޭނީ ކޮން ބާވަތެއްގެ ފައިސާއަކުން؟

    ގްރީން ޓެކްސް މީރާއަށް ދައްކަންޖެހޭނީ އެމެރިކާ ޑޮލަރުން 

    33 - ގްރީން ޓެކުހާ ގުޅޭ ޖޫރިމަނާތައް ދައްކަންޖެހެނީ ކޮން ފައިސާއަކުން؟

    ބަޔާން ހުށަހެޅުން ލަސްވެގެން، ދުވާލަކަށް 50 ރުފިޔާގެ މަގުން ކުރެވޭ ޖޫރިމަނާ ދައްކަންޖެހޭނީ ދިވެހި ރުފިޔާއިން. އެނޫން ޖޫރިމަނާތައް ދައްކަންޖެހޭނީ އެމެރިކާ ޑޮލަރުން.

    34 - އަހަރެންނަކީ ވާރކް ވިސާއެއްގެ ދަށުން ޓޫރިސްޓް ރިޒޯޓެއްގައި މަސައްކަތްކުރަމުން އަދި ދިރިއުޅެމުން އަންނަ ބިދޭސީއެއް. ވިސާގެ މުއްދަތު ހަމަވުމުން، ޓޫރިސްޓު ރިޒޯޓެއްގައި ހުންނާތީވެ، އަހަރެންގެ އަތުން ގްރީނ

    "ގެސްޓް ރޫމް"އެއްގައި ނުހުންނަނަމަ ގްރީން ޓެކްސްއެއް ނުނެގޭނެ. ގެސްޓް ރޫމް ގޮތުގައި ބެލެވެނީ ގެސްޓުން ތިބުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްއިން ހުއްދަދެވިފައިވާ ކޮޓަރިތައް. 

    35 - އަހަރެންނަކީ ވާރކް ވިސާއެއްގެ ދަށުން ޓޫރިސްޓް ރިޒޯޓެއްގައި މަސައްކަތްކުރަމުން އަދި ދިރިއުޅެމުން އަންނަ ބިދޭސީއެއް. އަހަރެންގެ އާއިލާ އަހަރެން ދިރިއުޅޭ ރިޒޯޓަށް އައިސް، މުވައްޒަފުންނަށް ޚާއްޞަކުރެވިފައިވާ ކޮޓަރިއެއްގައި ކުޑަ ދުވަސްކޮޅެއްގައި ތިބި ކަމުގައިވީ ނަމަވެސް ގްރީން ޓެކްސް ދައްކަންޖެހޭނެތަ؟

    ޓޫރިސްޓް ވިސާގެ ދަށުން ރާއްޖެ އައިސް އުޅޭނަމަ، ޓޫރިސްޓު ރިޒޯޓެއްގެ ކޮންމެތަނެއްގައި ތިބި ކަމުގައިވީނަމަވެސް، ގްރީން ޓެކްސް ދައްކަންޖެހޭނެ. 

    36 - ގްރީން ޓެކްސްގެ ބޭނުމަށް، މި ޓެކްސް ދައްކަން ނުޖެހޭ ފަރާތްތައް ޗެކް-އިން އަދި ޗެކް-އައުޓް ވާ ވަގުތުތައް ރިކޯޑުކުރަންޖެހޭނެތަ؟

    ގްރީން ޓެކްސް ދައްކަން ނުޖެހޭ ފަރާތްތައް ޗެކް-އިން އަދި ޗެކް-އައުޓް ވާ ވަގުތު ރިކޯޑު ކުރަންޖެހޭނީ ގެސްޓް ރޫމެއްގައި އެފަދަ ފަރާތެއް ތިބޭ ކަމުގައި ވާނަމަ.

    37 - މިނިސްޓްރީ އޮފް ޓޫރިޒަމްއިން ގެސްޓް ރޫމްއެއްގެ ގޮތުގައި ހުއްދަ ދީފައިނުވާ ތަނެއްގައި ޓޫރިސްޓަކު ބަހައްޓާނަމަ، ގްރީން ޓެކްސް ނަގަންޖެހޭނެތަ؟

    ޓޫރިސްޓް ވިސާގެ ދަށުން ރާއްޖެ އަންނަ ޓޫރިސްޓަކު، ގްރީން ޓެކުހަށް ރަޖިސްޓަރީކޮށްފައިވާ ތަނެއްގައި ހުންނަ ނަމަ އެ މީހެއްގެ އަތުން ގްރީން ޓެކްސް ނަގަންޖެހޭނެ.

    38 - ގްރީން ޓެކްސްއާ ބެހޭ އިތުރު މައުލޫމާތު ހޯދާނީ ކިހިނެއް؟

    ގްރީން ޓެކްސް ގައިޑް އަދި MIRA 501  އާއި MIRA 502 ފުރިހަމަ ކުރާނެ ގޮތުގެ އިރުޝާދު މީރާގެ ވެބްސައިޓްއިން ލިބެން ހުންނާނެ. އިތުރު މައުލޫމާތު ހޯދުމަށް މީރާގެ ހޮޓްލައިން 1415 އަށް ގުޅާ ނުވަތަ 1415@mira.gov.mv އަށް އީމެއިލްކޮށްލާ.