ރިލަޔަބަލް އެލަޔަންސް ވޭކަންސީ އިންވެސްޓްމަންޓްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ދައްކަންޖެހޭ ޓޫރިޒަމް ޓެކްސްއާއި ޖޫރިމަނާގެ ފައިސާ މީރާއަށް ދެއްކުމަށް ކޯޓުން ހުކުމްކޮށްފި

ދަޢުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން ރިލަޔަބަލް އެލަޔަންސް ވޭކަންސީ އިންވެސްޓްމަންޓްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ސިވިލް ކޯޓުގައި 28 ޑިސެމްބަރ 2011ގައި ދަޢުވާކޮށްފައިވާ މައްސަލައިގެ ހުކުމް 15 ޖުލައި 2012 ގައި ސިވިލް ކޯޓުން އިއްވަވައިފިއެވެ.

 

ކޯޓުގެ ނިންމުމުގައި، މި ދަޢުވާގައިވާ ފައިސާއަކީ ދިވެހި ސަރުކާރަށް ރިލަޔަބަލް އެލަޔަންސް ވޭކަންސީ އިންވެސްޓްމަންޓްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދައްކަންޖެހިފައިވާ ފައިސާއެއްކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކުން ސާބިތުވާތީ، ދަޢުވާގައި ހޯދަން އެދިފައިވާ 4،392.00 US$ އާއި -/184،000ރ. 15 ޖުލައި 2012 އިން ފެށިގެން 3 މަސް ދުވަހުގެ ތެރޭގައި މިފައިސާ އެއްކޮށް މީރާއަށް ދައްކާ ޚަލާސް ކުރުމަށް ހުކުމްކޮށްފައިވެއެވެ.

 

މީރާއިން ރިލަޔަބަލް އެލަޔަންސް ވޭކަންސީ އިންވެސްޓްމަންޓްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ދަޢުވާ ކޮށްފައިވަނީ ޖުލައި 2005ގެ ޓޫރިޒަމް ޓެކްސް އަށްވާ 488US$ އާއި، ޑިސެމްބަރ 2007ގެ ޓޫރިޒަމް ޓެކްސް އަށްވާ 64US$ އާއި ފެބްރުއަރީ 2005އިން ނޮވެމްބަރ 2007އަށް މީރާއިން ހިސާބުކުރުމުން އިތުރަށް ޓޫރިޒަމް ޓެކްސްގެ ގޮތުގައި  ދައްކަންޖެހޭ 3840US$ އާއި ފެބްރުއަރީ 2005ން ނޮވެމްބަރ 2007އަށް ޓޫރިޒަމް ޓެކްސް ދައްކާފައި ނުވުމުގެ ސަބަބުން ޖޫރިމަނާގެގޮތުގައި އަރާފައިވާ -/184،000ރ ހޯދުމަށެވެ.

 

މި އޮތޯރިޓީ އިން ކުރާ މިފަދަ ދަޢުވާތަކާ ބެހޭ މި އޮތޯރިޓީގެ ވެބްސައިޓް އިން ލިބެން ހުންނާނެއެވެ.

16-07-12