ބ.މާފަރު ފަޅު އަދި ބ.ދަކަންދޫގެ ކުއްޔާއި އެއާގުޅޭ ޖޫރިމަނާ މީރާއަށް ދެއްކުމަށް މުޙައްމަދު ޝާހިދުގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި

ބ.މާފަރު ކިޔާ ފަޅާއި އެފަޅު ކައިރީގައި އޮންނަ ބ.ދަކަންދޫ ކިޔާ ފަޅުރަށް ކުއްޔަށް ދިނުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އާއި ގ.ސީވޭވް މުޙައްމަދު ޝާހިދު އާ ދެމެދު ވެފައިވާ ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ ދަށުން އެ ފަރާތުން ދައްކަންޖެހޭ ކުލި އަދި ކުލި ނުދެއްކުމުގެ ސަބަބުން އަރައިފައިވާ ޖޫރިމަނާ ދެއްކުމަށް ސިވިލް ކޯޓުން އިއްޔެ ޙުކުމްކޮށްފައިވާކަމަށް މީރާއިން މަޢުލޫމާތު ދީފިއެވެ.

އެ ފަރާތުގެ މައްޗަށް ޙުކުމްކޮށްފައިވަނީ، ކަނޑައެޅިފައިވާ ތާރީޚުގެ ނިޔަލަށް ދައްކަންޖެހޭ ކުލި އަދި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ޖުމުލަ $152,046.43 (އެއް ލައްކަ ފަންސާސް ދެ ހާސް ސާޅީސް ހަ ޑޮލަރު ސާޅީސް ތިން ސެންޓު) 08 (އަށެއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞް ކުރުމަށް ކަމަށްވެސް މީރާއިން މަޢުލޫމާތު ދެއެވެ.

 

ގުޅުންހުރި ލިޔުންތައް:

https://www.mira.gov.mv/legal_decisions/20190715_Judgment_Mohamed%20Shahid.pdf

16-07-19