ބ. އަތޮޅުގައިވާ ދަކަންދޫ ކިޔާ ރަށާއި މާފަރު ފަޅުން ކުއްޔަށް ދޫކޮށްފައިވާ ސަރަޙައްދުގެ ކުއްޔާއި އެއާގުޅޭ ޖޫރިމަނާ މީރާއަށް ދެއްކުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފި

ބ. އަތޮޅުގައިވާ ދަކަންދޫ ކިޔާ ރަށާއި މާފަރު ފަޅުން ކުއްޔަށް ދޫކޮށްފައިވާ ސަރަޙައްދު ކުއްޔަށް ދިނުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އާއި ގ. ޖަވާހިރުމާގެއާގެ މުޙައްމަދު އަފްޝީން ޝަރީފްއާ ދެމެދު ވެފައިވާ ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ ދަށުން އެފަރާތުން ދައްކަންޖެހޭ ކުލި އަދި ކުލި ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާ ދެއްކުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ.

މުޙައްމަދު އަފްޝީން ޝަރީފްގެ މައްޗަށް ޙުކުމް ކޮށްފައިވަނީ ކަނޑައެޅިފައިވާ ތާރީޚުގެ ނިޔަލަށް ދައްކަންޖެހޭ ކުލި އަދި އެއާގުޅޭ ޖޫރިމަނާ އާއެކު މުޅި ޖުމުލަ 2,433,182.88 (ދެ މިލިއަން ހަތަރު ލައްކަ ތިރީސް ތިން ހާސް އެއް ސަތޭކަ އަށްޑިހަ ދޭއް ރުފިޔާ އަށްޑިހަ އަށް ލާރި) 8 (އަށެއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞް ކުރުމަށެވެ.

 

ގުޅުންހުރި ލިޔުންތައް:

https://www.mira.gov.mv/legal_decisions/20190710_Mohamed%20Afsheen%20Shareef_Judgment.pdf

14-07-19