އެޑަމް އިމްޕެކްސް ޕްރައިވެޓް ލިމިޓެޑް އިން މީރާއަށް ބީ.ޕީ.ޓީ ދެއްކުމަށް ސިވިލް ކޯޓުން މިއަދު ޙުކުމްކޮށްފި

އެޑަމް އިމްޕެކްސް ޕްރައިވެޓް ލިމިޓެޑުން މީރާއަށް ބީ.ޕީ.ޓީ އަދި އެއާއިގުޅޭ ޖޫރިމަނާ އާއި އިންޓްރެސްޓުގެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން މިއަދު ޙުކުމް ކޮށްފިކަމަށް މީރާއިން މަޢުލޫމާތު ދީފިއެވެ.

އެފަރާތުގެ މައްޗަށް ޙުކުމް ކޮށްފައިވަނީ، ބީ.ޕީ.ޓީ އަދި އެއާއިގުޅޭ ޖޫރިމަނާ އާއި އިންޓްރެސްޓުގެ ގޮތުގައި ޖުމްލަ 2,536,556ރ (ދެ މިލިއަން ފަސް ލައްކަ ތިރީސް ހަ ހާސް ފަސް ސަތޭކަ ފަންސާސް ހަ ރުފިޔާ) 09 (ނުވައެއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞް ކުރުމަށް ކަމަށްވެސް މީރާއިން މަޢުލޫމާތު ދެއެވެ.

 

ގުޅުންހުރި ލިޔުންތައް:

 

26-08-19