އދ. ތެލުވެލިގާގެ ކުއްޔާއި އެއާގުޅޭ ޖޫރިމަނާ މީރާއަށް ދެއްކުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފި

އދ. ތެލުވެލިގާ ކުއްޔަށް ދިނުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އާއި މ. ސަލްޖަމްއާގެ އަޙްމަދު ޢާތިފް އާ ދެމެދު ވެފައިވާ ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ ދަށުން އެފަރާތުން ދައްކަންޖެހޭ ކުލި އަދި ކުލި ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާ ދެއްކުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ.

އަޙްމަދު ޢާތިފްގެ މައްޗަށް ޙުކުމް ކޮށްފައިވަނީ ކަނޑައެޅިފައިވާ ތާރީޚުގެ ނިޔަލަށް ދައްކަންޖެހޭ ކުލި އަދި އެއާގުޅޭ ޖޫރިމަނާ އާއެކު މުޅި ޖުމުލަ 70،964.13ރ (ހަތްދިހަ ހާސް ނުވަ ސަތޭކަ ފަސްދޮޅަސް ހަތަރު ރުފިޔާ ތޭރަ ލާރި ) 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞް ކުރުމަށެވެ.

ގުޅުންހުރި ލިޔުންތައް:

https://www.mira.gov.mv/legal_decisions/Theluveliga%20Judgement07092019133857.pdf

10-07-19