ގދ. ދިގުލާބަދޫގެ ކުއްޔާއި އެއާގުޅޭ ޖޫރިމަނާ މީރާއަށް ދެއްކުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފި

ގދ. ދިގުލާބަދޫ ކުއްޔަށް ދިނުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އާއި އެކުއަރ ޓްރެޜަރ ޕްރައިވެޓް ލިމިޓެޑް އާ ދެމެދު ވެފައިވާ ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ ދަށުން އެފަރާތުން ދައްކަންޖެހޭ ކުލި އަދި ކުލި ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާ ދެއްކުމަށް ސިވިލް ކޯޓުން މިއަދު ޙުކުމްކޮށްފިއެވެ.

 

އެކުއަރ ޓްރެޜަރ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ހުކުމް ކޮށްފައިވަނީ ކަނޑައެޅިފައިވާ ތާރީޚުގެ ނިޔަލަށް ދައްކަންޖެހޭ ކުލި އަދި އެއާގުޅޭ ޖޫރިމަނާ އާއެކު މުޅި ޖުމުލަ 188,532.56ރ (އެއް ލައްކަ އަށްޑިހަ އަށް ހާސް ފަސް ސަތޭކަ ތިރީސް ދެ ރުފިޔާ ފަންސާސް ހަ ލާރި) 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞް ކުރުމަށެވެ.

 

ގުޅުންހުރި ލިޔުންތައް:

https://www.mira.gov.mv/legal_decisions/20190708_Aqua%20Treasure%20Pvt%20Ltd_Judgement.pdf

08-07-19