އަތޮޅުތަކަށް ޚާއްސަކޮށްގެން "އަލިވާރު"ގެ ނަމުގައި މީރާއިން މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް މި މަހުގެ 22 އިން ފެށިގެން ފެށުމަށް ހަމަޖެހިފައިވާކަމަށް މީރާއިން ހާމަކޮށްފިއެވެ. މި ޕްރޮގްރާމުގެ މަޤްސަދަކީ، ޓެކްސް ދައްކާ ފަރާތްތަކާއި އާންމުން ޓެކުހުގެ ނިޒާމަށް އިތުރަށް ހޭލުންތެރިކޮށް، ޓެކްސް ނިޒާމުގައި ލިބެންހުރި ފަސޭހަތަކާއި ލުއިތަކާގުޅޭގޮތުން މައުލޫމާތު، އަތޮޅުތަކުގައި ދިރިއުޅޭ ޓެކްސް ދައްކާ ފަރާތްތަކަށް ފޯރުކޮށްދިނުމެވެ. މި ގޮތުން، މި ޕްރޮގްރާމުގެ ދަށުން، މީރާގެ ޓީމުތަކުން ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައިވެއެވެ.
އެހެންކަމުން، އަތޮޅުތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުން މީރާގެ ޓީމުތަކާއި ގުޅިގެން ޓެކުހުގެ މައުލޫމާތު އޮޅުންފިލުވައި ޓެކުހުގެ ކަންކަމުގައި އެހީތެރިކަން ހޯދުމަށް މީރާއިން އެދެއެވެ.