ރިސްކްޓޭކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން މީރާއަށް ޓެކްސް ދެއްކުމަށް ސިވިލްކޯޓުން ޙުކުމްކޮށްފި

ރިސްކް ޓޭކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން މީރާއަށް ބީ.ޕީ.ޓީ އަދި އެއާއިގުޅޭ ޖޫރިމަނާއާއި އިންޓްރެސްޓުގެ ފައިސާ އަދި ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން މިއަދު ޙުކުމް ކޮށްފިއެވެ.

 

އެފަރާތުގެ ޣައިރު ހާޟިރުގައި ޙުކުމް ކޮށްފައިވަނީ، ބީ.ޕީ.ޓީ އަދި އެއާއިގުޅޭ ޖޫރިމަނާއާއި އިންޓްރެސްޓުގެ ގޮތުގައި ޖުމްލަ 544,288ރ (ފަސް ލައްކަ ސާޅީސް ހަތަރު ހާސް ދުއިސައްތަ އަށްޑިހަ އަށް ރުފިޔާ) ، އަދި ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމްލަ 496,779ރ (ހަތަރު ލައްކަ ނުވަދިހަ ހަ ހާސް ހަތް ސަތޭކަ ހަތްދިހަ ނުވަ ރުފިޔާ) 04 (ހަތަރެއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞް ކުރުމަށެވެ.

ގުޅުންހުރި ލިޔުންތައް:

 

20-06-19