ޓެކްސް ނުދައްކާ ތިން ފަރާތަކުން މީރާއަށް ޓެކްސް ދެއްކުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފި

އައިލެންޑް ސެއިލަރސް ޕްރައިވެޓް ލިމިޓެޑް، ޖިޑޯޝާ ޕްރައިވެޓް ލިމިޓެޑް އަދި ފައުނު ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް 16 ޖޫން 2019 ވަނަ ދުވަހު، އެފަރާތްތަކުގެ ޣައިއު ޚާޟިރުގައި ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

އައިލެންޑް ސެއިލަރސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ބީ.ޕީ.ޓީ އާއި އެއާގުޅޭ ޖޫރިމަނާ އަދި އިންޓްރެސްޓުގެ ގޮތުގައި ޖުމްލަ 433,462ރ (ހަތަރު ލައްކަ ތިރީސް ތިން ހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ދެ ރުފިޔާ) 04 (ހަތަރެއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާސްކުރުމަށް ޙުކުމްކޮށްފައިވާއިރު، ޖިޑޯޝާ ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ޙުކުމް ކޮށްފައިވަނީ ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމްލަ ޖުމްލަ 564,552ރ (ފަސް ލައްކަ ފަސްދޮޅަސް ހަތަރު ހާސް ފަސް ސަތޭކަ ފަންސާސް ދެ ރުފިޔާ) 05 (ފަހެއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާސްކުރުމަށެވެ. މީގެ އިތުރުން، ފައުނު ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ބީ.ޕީ.ޓީ އާއި އެއާގުޅޭ ޖޫރިމަނާ އަދި އިންޓްރެސްޓުގެ ގޮތުގައި ޖުމްލަ 16,870.38$ (ސޯޅަ ހާސް އަށް ސަތޭކަ ހަތްދިހަ ޑޮލަރު ތިރީސް އަށް ސެންޓު) އާއި 41,850ރ (ސާޅީސް އެއް ހާސް އަށް ސަތޭކަ ފަންސާސް ރުފިޔާ) 02 (ދޭއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާސްކުރުމަށްވަނީ ޙުކުމްކޮށްފައެވެ.

 

ގުޅުންހުރި ލިޔުންތައް:

·         https://www.mira.gov.mv/legal_decisions/20190616_Judgment_Island%20Sailors%20Pvt%20Ltd.pdf

·         https://www.mira.gov.mv/legal_decisions/20190616_Judgment_Jidousha%20Pvt%20Ltd.pdf

https://www.mira.gov.mv/legal_decisions/20190616_Judgment_Faunu%20Travels%20Pvt%20Ltd.pdf

20-06-19