ގ.ކަނޑުވައިގެ އަލީ ރަޝީދު މީރާއަށް ބީ.ޕީ.ޓީ އަދި އެއާއިގުޅޭ ޖޫރިމަނާ އާއި އިންޓްރެސްޓުގެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން މިއަދު ޙުކުމް ކޮށްފިއެވެ.
އެފަރާތުގެ މައްޗަށް ޙުކުމް ކޮށްފައިވަނީ، ބީ.ޕީ.ޓީ އަދި އެއާއިގުޅޭ ޖޫރިމަނާއާއި އިންޓްރެސްޓުގެ ގޮތުގައި ޖުމްލަ 1,632,887ރ (އެއް މިލިއަން ހަ ލައްކަ ތިރީސް ދެ ހާސް އަށް ސަތޭކަ އަށްޑިހަ ހަތް ރުފިޔާ) އާއި އަރަމުންދާ ޖޫރިމަނާ އަދި އިންޓްރެސްޓުގެ ފައިސާ އާއި އެކު 08 (އަށެއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞް ކުރުމަށެވެ.
ގުޅުންހުރި ލިޔުންތައް: