ޓެކްސް ނުދައްކާ 3 ފަރާތަކުން މީރާއަށް ޓެކްސް ދެއްކުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފި

މ. މުނިޔާމަންޒިލް، އަމީނާ އާދަމް މީރާއަށް ޖީ.އެސް.ޓީ އާއި އެއާ ގުޅޭ ޖޫރިމަނާގެ ފައިސާ އަދި މ.ގޯލްޑަންބޯންސް، ޢަލީ ރިރާޒް މީރާއަށް ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ފައިސާ އަދި މ.ގްރީންސައިޑް، މުޙައްމަދު ވަޙީދު މީރާއަށް ބީ.ޕީ.ޓީ އާއި އެއާގުޅޭ ޖޫރިމަނާ އަދި އިންޓްރެސްޓު ދެއްކުމަށް ސިވިލް ކޯޓުން މިއަދު ޙުކުމް ކޮށްފިއެވެ.

އަމީނާ އާދަމްގެ މައްޗަށް ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމްލަ 1,265,862ރ (އެއް މިލިއަން ދެ ލައްކަ ފަސްދޮޅަސް ފަސް ހާސް އަށް ސަތޭކަ ފަސްދޮޅަސް ދެ ރުފިޔާ) 07 (ހަތެއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާސްކުރުމަށް ޙުކުމްކޮށްފައިވާއިރު، ޢަލީ ރިޔާޒްގެ މައްޗަށް ޙުކުމް ކޮށްފައިވަނީ ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމްލަ 387,154ރ (ތިން ލައްކަ އަށްޑިހަ ހަތް ހާސް އެއް ސަތޭކަ ފަންސާސް ހަތަރު ރުފިޔާ) 04 (ހަތަރެއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާސްކުރުމަށެވެ. މީގެ އިތުރުން މުޙައްމަދު ވަޙީދުގެ މައްޗަށް ބީ.ޕީ.ޓީ އާއި އެއާގުޅޭ ޖޫރިމަނާ އަދި އިންޓްރެސްޓުގެ ގޮތުގައި ޖުމްލަ 3,502,842ރ (ތިން މިލިއަން ފަސް ލައްކަ ދެ ހާސް އަށް ސަތޭކަ ސާޅީސް ދެ ރުފިޔާ) 09 (ނުވައެއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާސްކުރުމަށްވަނީ ޙުކުމްކޮށްފައެވެ.

 

ގުޅުންހުރި ލިޔުންތައް:

 

28-05-19