މި އަހަރުގެ ރަމަޟާން މަހު މީރާގެ ރަސްމީ މަސައްކަތު ގަޑި އާންމުކޮށްފި

މި އަހަރުގެ ރަމަޟާން މަހު މީރާގެ ރަސްމީ މަސައްކަތު ގަޑިއަކީ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ހެނދުނު 9:00 އިން މެންދުރުފަހު 1:30 އަށް ކަމަށް މީރާއިން ހާމަކޮށްފިއެވެ. މީގެ އިތުރުން، އާންމުންނަށް ރަމަޟާން މަހު ޚިދުމަތް ހޯދުން ފަސޭހަކޮށްދިނުމުގެ ގޮތުން ރަމަޟާން މަހުގެ ހޮނިހިރު ދުވަސްތަކުގައި ވެސް ހެނދުނު 10:00 އިން 1:30 އަށް މީރާގެ ޓެކްސްޕޭޔަރ ސަރވިސް ސެންޓަރުން ޚިދުމަތް ލިބޭނެކަމަށް މީރާއިން މައުލޫމާތު ދެއެވެ. އަދި މީރާއަށް ބަލައިގަންނަ ހުރިހައި ޓެކްސްތަކަކާއި ގިނަ ފީތަކަކީ އޮންލައިންކޮށް ވެސް ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައިވާ ފައިސާއެއްކަމަށާއި، ފަސޭހަކަމާއެކު ކޮންމެ ވަގުތެއްގައި ވެސް މި ސިސްޓަމް ބޭނުންކޮށްގެން ފައިސާ ދެއްކޭނެކަމަށް މީރާއިން މައުލޫމާތު ދެއެވެ.

 

02-05-19