ޓެކްސް ނުދައްކާ ތިން ފަރާތަކުން މީރާއަށް ޓެކްސް ދެއްކުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފި

ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑް އިން މީރާއަށް ބީ.ޕީ.ޓީ އާއި އެއާ ގުޅޭ ޖޫރިމަނާގެ ފައިސާ، ސީ.އައި.އެމް ޕްރައިވެޓް ލިމިޓެޑް އިން މީރާއަށް ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ފައިސާ އަދި ޏ.ފުވައްމުލައް، ދޫޑިގަން، ވާދީގޭ މަރިޔަމް އަޙްމަދު ދީދީ މީރާއަށް ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން މިއަދު ޙުކުމް ކޮށްފިއެވެ.

ގްރީން ބޮކްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ބީ.ޕީ.ޓީ އާއި އެއާ ގުޅޭ ޖޫރިމަނާ އަދި އިންޓްރެސްޓުގެ ގޮތުގައި ޖުމްލަ 3,441,915ރ (ތިން މިލިއަން ހަތަރު ލައްކަ ސާޅީސް އެއް ހާސް ނުވަ ސަތޭކަ ފަނަރަ)، މި ފައިސާ ދެއްކުމާ ހަމައަށް އަރަމުންދާ ޖޫރިމަނާއާއެކު، 09 (ނުވައެއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞް ކުރުމަށް ޙުކުމްކޮށްފައިވާއިރު، ސީ.އައި.އެމް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ޙުކުމް ކޮށްފައިވަނީ ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމްލަ 670,728ރ (ހަ ލައްކަ ހަތްދިހަ ހާސް ހަތް ސަތޭކަ އަށާވީސް ރުފިޔާ)، މި ފައިސާ ދެއްކުމާ ހަމައަށް އަރަމުންދާ ޖޫރިމަނާއާއެކު، 05 (ފަހެއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞް ކުރުމަށެވެ. މީގެ އިތުރުން، މަރިޔަމް އަޙްމަދު ދީދީގެ މައްޗަށް ކޮށްފައިވާ ޙުކުމްގައިވަނީ ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމްލަ 510,087ރ (ފަސް ލައްކަ ދިހަ ހާސް އަށްޑިހަ ހަތް ރުފިޔާ)، މި ފައިސާ ދެއްކުމާ ހަމައަށް އަރަމުންދާ ޖޫރިމަނާއާއެކު، 05 (ފަހެއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާސްކުރުމަށެވެ.

 

 

ގުޅުންހުރި ލިޔުންތައް:

 

10-04-19