ޓެކްސް ނުދައްކާ ދެ ކުންފުންޏަކުން މީރާއަށް ޓެކްސް ދެއްކުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފި

ބްލޫ ލެގޫން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އިން މީރާއަށް ޓީ.ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ފައިސާ އަދި ވިއު ބިލްޑަރ ޕްރައިވެޓް ލިމިޓެޑް އިން ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން މިއަދު ޙުކުމް ކޮށްފިއެވެ.

ބްލޫ ލެގޫން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ޓީ.ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމުލަ $145,093 (އެއް ލައްކަ ސާޅީސް ފަސް ހާސް ނުވަދިހަ ތިން އެމެރިކާ ޑޮލަރު) އާއި 86,250ރ (އަށްޑިހަ ހަ ހާސް ދުއިސައްތަ ފަންސާސް ރުފިޔާ) މި ފައިސާ ދެއްކުމާ ހަމައަށް އަރަމުންދާ ޖޫރިމަނާއާއެކު 08 (އަށެއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞް ކުރުމަށް ޙުކުމްކޮށްފައިވާއިރު، ވިއު ބިލްޑަރ ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ޙުކުމް ކޮށްފައިވަނީ ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމްލަ 7,755,423ރ (ހަތް މިލިއަން ހަތް ލައްކަ ފަންސާސް ފަސް ހާސް ހަތަރު ސަތޭކަ ތޭވީސް ރުފިޔާ) އާއި މި ފައިސާ ދެއްކުމާ ހަމައަށް އަރަމުންދާ ޖޫރިމަނާއާއެކު 10 (ދިހައެއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞް ކުރުމަށެވެ.

 

 

ގުޅުންހުރި ލިޔުންތައް:

 

08-04-19