ބީ.އެމް.ސީ ޓްރާންސްޕޯޓް އެންޑް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑް އިން މީރާއަށް ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ފައިސާ އަދި ޒޯނަލް ކޮންސްޓްރަކްޝަން އެންޑް ޓްރޭޑް ޕްރައިވެޓް ލިމިޓެޑް އިން ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން މިއަދު ޙުކުމް ކޮށްފިއެވެ.
ބީއެމްސީ ޓްރާންސްޕޯޓް އެންޑް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމުލަ 3,649,571 (ތިން މިލިއަން ހަ ލައްކަ ސާޅީސް ނުވަ ހާސް ފަސް ސަތޭކަ ހަތްދިހަ އެއް ރުފިޔާ) އާއި މި ފައިސާ ދެއްކުމާ ހަމައަށް އަރަމުންދާ ޖޫރިމަނާއާއެކު 09 (ނުވައެއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞް ކުރުމަށް ޙުކުމްކޮށްފައިވާއިރު، ޒޯނަލް ކޮންސްޓްރަކްޝަން އެންޑް ޓްރޭޑް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ޙުކުމް ކޮށްފައިވަނީ ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމްލަ 403,724 (ހަތަރު ލައްކަ ތިން ހާސް ހަތް ސަތޭކަ ސައުވީސް ރުފިޔާ) އާއި މި ފައިސާ ދެއްކުމާ ހަމައަށް އަރަމުންދާ ޖޫރިމަނާއާއެކު 04 (ހަތަރެއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞް ކުރުމަށެވެ.
ގުޅުންހުރި ލިޔުންތައް: