ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑު އިން މީރާއަށް ޓީ.ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ފައިސާ އަދި ޓެންގީ ގްލޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑު އިން ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން މިއަދު ޙުކުމް ކޮށްފިއެވެ.
ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ޓީ.ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމްލަ $693,105 (ހަ ލައްކަ ނުވަދިހަ ތިން ހާސް އެއް ސަތޭކަ ފަސް ޑޮލަރު) 05 (ފަހެއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞް ކުރުމަށް ޙުކުމްކޮށްފައިވާއިރު، ޓެންގީ ގްލޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ޙުކުމް ކޮށްފައިވަނީ ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމްލަ 279,002ރ (ދެ ލައްކަ ހަތްދިހަ ނުވަ ހާސް ދެ ރުފިޔާ) އަރަމުންދާ ޖޫރިމަނާއާއެކު 04 (ހަތަރެއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞް ކުރުމަށެވެ.
ގުޅުންހުރި ލިޔުންތައް: