ޖީ.އެސް.ޓީ ދައްކައިފައިނުވާ ކުންފުންޏަކުން މީރާއަށް ޖީ.އެސް.ޓީ ދެއްކުމަށް ސިވިލްކޯޓުން މިއަދު ޙުކުމްކޮށްފި

ހައިސީ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑު އިން މީރާއަށް ޖީ.އެސް.ޓީ އަދި އެއާއިގުޅޭ ޖޫރިމަނާގެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން މިއަދު ޙުކުމް ކޮށްފިއެވެ.

ސިވިލް ކޯޓުން ހައިސީ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ޙުކުމް ކޮށްފައިވަނީ، ޖީ.އެސް.ޓީ އަދި އެއާއިގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމްލަ 1,156,181ރ (އެއް މިލިއަން އެއް ލައްކަ ފަންސާސް ހަހާސް އެއްސަތޭކަ އަށްޑިހަ އެއް ރުފިޔާ) 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞް ކުރުމަށެވެ.

 

ގުޅުންހުރި ލިޔުންތައް:

 

 

04-03-19