ޓެކްސް ނުދައްކާ ދެ ކުންފުންޏަކުން މީރާއަށް ޓެކްސް ދެއްކުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފި

އޭ.އޭ.އޭ ޓްރޭޑިންގް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑު އިން މީރާއަށް ބީ.ޕީ.ޓީ އަދި އެއާއިގުޅޭ ޖޫރިމަނާގެ ފައިސާ އަދި މެދުފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑު އިން ޓީ.ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން މިއަދު ޙުކުމް ކޮށްފިއެވެ.

އޭ.އޭ.އޭ ޓްރޭޑިންގް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ބީ.ޕީ.ޓީ އާއި އެއާގުޅޭ ޖޫރިމަނާ އަދި އިންޓްރެސްޓުގެ ފައިސާގެ ގޮތުގައި ޖުމްލަ 57,287$ (ފަންސާސް ހަތް ހާސް ދުއިސައްތަ އަށްޑިހަ ހަތް ޑޮލަރު) އާއި 61,450ރ (ފަސްދޮޅަސް އެއް ހާސް ހަތަރު ސަތޭކެ ފަންސާސް ރުފިޔާ) އަރަމުންދާ ޖޫރިމަނާއާއެކު 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞް ކުރުމަށް ޙުކުމްކޮށްފައިވާއިރު، މެދުފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ޙުކުމް ކޮށްފައިވަނީ ޓީ.ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމްލަ 705,680.43$ (ހަތް ލައްކަ ފަސް ހާސް ހަ ސަތޭކަ އަށްޑިހަ ޑޮލަރު ސާޅީސް ތިން ސެންޓު) އަރަމުންދާ ޖޫރިމަނާއާއެކު 05 (ފަހެއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞް ކުރުމަށެވެ.

 

ގުޅުންހުރި ލިޔުންތައް:

 

 

 

 

 

 

17-02-19