ޖީ.އެސް.ޓީ ދައްކައިފައިނުވާ ފަރާތަކުން މީރާއަށް ޖީ.އެސް.ޓީ ދެއްކުމަށް ސިވިލް ކޯޓުން މިއަދު ޙުކުމްކޮށްފި

މ.ގްރީންސައިޑް، މުޙައްމަދު ވަޙީދު މީރާއަށް ޖީ.އެސް.ޓީ އަދި އެއާއިގުޅޭ ޖޫރިމަނާގެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން މިއަދު ޙުކުމް ކޮށްފިއެވެ.

މުޙައްމަދު ވަޙީދުގެ މައްޗަށް އެ ފަރާތުގެ ޣައިރު ހާޟިރުގައި ޙުކުމް ކޮށްފައިވަނީ، ޖީ.އެސް.ޓީ އަދި އެއާއިގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމްލަ 2,549,317ރ (ދެ މިލިއަން ފަސް ލައްކަ ސާޅީސް ނުވަ ހާސް ތިން ސަތޭކަ ސަތާރަ ރުފިޔާ) 9 (ނުވައެއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞް ކުރުމަށެވެ.

 

ގުޅުންހުރި ލިޔުންތައް:

 

22-01-19