ބްލޫ ލެގޫން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއިން ބީ.ޕީ.ޓީ ދެއްކުމަށް ސިވިލްކޯޓުން މިއަދު ޙުކުމްކޮށްފި

ބްލޫ ލެގޫން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއިން މީރާއަށް ބީ.ޕީ.ޓީ އަދި އެއާއިގުޅޭ ޖޫރިމަނާއާއި އިންޓްރެސްޓުގެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން މިއަދު ޙުކުމް ކޮށްފިއެވެ.

ބްލޫ ލެގޫން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ޙުކުމް ކޮށްފައިވަނީ، ބީ.ޕީ.ޓީ އަދި އެއާއިގުޅޭ ޖޫރިމަނާއާއި އިންޓްރެސްޓުގެ ގޮތުގައި ޖުމްލަ 486,020$ (ހަތަރު ލައްކަ އަށްޑިހަ ހަ ހާސް ވިހި ޑޮލަރު) އާއި 45,250ރ (ސާޅީސް ފަސް ހާސް ދުއިސައްތަ ފަންސާސް ރުފިޔާ) 4 (ހަތަރެއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞް ކުރުމަށެވެ.

 

 

ގުޅުންހުރި ލިޔުންތައް:

 

17-01-19