މީރާއަށް ޓެކްސް ދެއްކުމަށް 2 ފަރާތެއްގެ މައްޗަށް ސިވިލް ކޯޓުން އިއްޔެ ޙުކުމްކޮށްފި

ސިވިލް ކޯޓުން އިއްޔެ ޙުކުމްކޮށްފައިވަނީ، ސިމްޕްލެކްސް ޕްރައިވެޓް ލިމިޓެޑާއި އަޙްމަދު ފަޔާޒުގެ މައްޗަށް އެފަރާތްތަކުގެ ޣައިރު ހާޟިރުގައެވެ.

ސިމްޕްލެކްސް ޕްރައިވެޓް ލިމިޓެޑްއިން ވިތުހޯލްޑިންގ ޓެކުހާއި އެއާގުޅޭ ޖޫރިމަނާ އަދި އިންޓްރެސްޓުގެ ގޮތުގައި 438,497ރ (ހަތަރު ލައްކަ ތިރީސް އަށް ހާސް ހަތަރު ސަތޭކަ ނުވަދިހަ ހަތް ރުފިޔާ) އާއި އަރަމުންދާ ޖޫރިމަނާ އަދި އިންޓްރެސްޓުގެ ފައިސާ 04 (ހަތަރެއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞް ކުރުމަށް ހުކުމްކޮށްފައިވާއިރު، އަޙްމަދު ފަޔާޒުގެ މައްޗަށް ޙުކުމްކޮށްފައިވަނީ ބީ.ޕީ.ޓީ އާއި އެއާގުޅޭ ޖޫރިމަނާ އަދި އިންޓްރެސްޓުގެ ގޮތުގައި ޖުމްލަ 438,788ރ (ހަތަރު ލައްކަ ތިރީސް އަށް ހާސް ހަތް ސަތޭކަ އަށްޑިހަ އަށް ރުފިޔާ) އާއި އަރަމުންދާ ޖޫރިމަނާ އަދި އިންޓްރެސްޓުގެ ފައިސާ 05 (ފަހެއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞް ކުރުމަށެވެ.

 

ގުޅުންހުރި ލިޔުންތައް:

 

20-12-18