މެގަ ގްލޯބަލް އެއަރ ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑްއިން މީރާއަށް ޓެކްސް ދެއްކުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފި

މެގަ ގްލޯބަލް އެއަރ ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ވިތުހޯލްޑިންގ ޓެކްސް އަދި އެ ފައިސާ އާއި ގުޅޭ ޖޫރިމަނާ އަދި އިންޓްރެސްޓް ދެއްކުމަށް ސިވިލް ކޯޓުން މިއަދު ޙުކުމް ކޮށްފިއެވެ.

އެފަރާތުގެ މައްޗަށް ޙުކުމް ކޮށްފައިވަނީ ވިތުހޯލްޑިންގ ޓެކްސް އަދި އެ ފައިސާ އާއި ގުޅޭ ޖޫރިމަނާ އަދި އިންޓްރެސްޓްގެ ގޮތުގައި ދައްކަންޖެހޭ ޖުމްލަ 70,226,280ރ (ހަތްދިހަ މިލިއަން ދެލައްކަ ސައްބީސް ހާސް ދުއިސައްތަ އަށްޑިހަ ރުފިޔާ)، 12 (ބާރަ) މަސްދުވަހުގެ ތެރޭގައި މީރާއަށް ދައްކާ ޚަލާޞް ކުރުމަށެވެ.

 

ގުޅުންގުރި ލިޔުންތައް:

 

26-11-18