ކުދި ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކުހާ ގުޅޭ ހުރިހާ ޖޫރިމަނާއެއް މަޢާފުކޮށްދޭ ގޮތަށް ހަމަޖައްސައިފި

ކުދި ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކުހާ ގުޅޭ ހުރިހާ ޖޫރިމަނާއެއް މަޢާފު ކޮށްދޭގޮތަށް މީރާއިން ހަމަޖައްސައިފިއެވެ. އެއީ، އެ އޮތޯރިޓީން، ޖޫރިމަނާ މަޢާފުކުރުމުގައި މިހާރު ވެސް ޢަމަލުކުރަމުންދާ ޢާއްމު އުޞޫލުގެ އިތުރުން، ކުދި ވިޔަފާރިތަކަށް ދޭ ޚާއްޞަ ޢިނާޔަތެކެވެ. މިގޮތުން ކުދި ވިޔަފާރިތަކަށް ދޭ މި ހާއްސަ ހިނާޔަތް ދިނުމަށް ހަމަޖެހިފައިވަނީ 27 އޮގަސްޓު 2018 އިން 27 އޮކްޓޫބަރު 2018ގެ ނިޔަލަށެވެ.

 

ކުދި ވިޔަފާރިތަކުގެ ގޮތުގައި މީރާއިން ގިންތި ކޮށްފައިވަނީ، އަހަރަކު 10 މިލިއަން ރުފިޔާއަށް ވުރެ މަދުން އާމްދަނީ ލިބޭ ފަރާތްތަކެވެ. އެ ފަރާތްތަކުން ބީ.ޕީ.ޓީ، ވިތްހޯލްޑިންގ ޓެކްސް، ޖީ.އެސް.ޓީ އަދި ގްރީން ޓެކުހާ ގުޅިގެން، 30 ޖޫން 2018ގެ ނިޔަލަށް އަދާކުރަންޖެހޭ އެންމެހާ އިލްތިޒާމުތަކާ ގުޅޭ ޖޫރިމަނާތައް ލުއި ކޮށްދިނުމަށް އެދި، ކަނޑައެޅިފައިވާ މުއްދަތުގައި އެ އޮތޯރިޓީއަށް ހުށަހެޅުމަށް މީރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ކުދި ވިޔަފާރިތަކަށް ޚާއްޞަ ކޮށްގެން މިދިޔަ އަހަރު ތެރޭގައިވެސް މީރާއިން ވަނީ މިފަދަ ކެމްޕޭނެއް ކުރިއަށް ގެންގޮސްފައެވެ.

 

 

ގުޅުންހުރި ލިޔުންތައް:

 

27-08-18