ރަން ލާރި އެވޯޑު 17 ފަރާތަކަށް ލިބިއްޖެ

ޓެކްސް އަދި ޓެކުހަށް ނުވާ ފައިސާގެ ގޮތުގައި ކޮންމެ އަހަރަކު ވެސް މީރާއަށް އެންމެ ގިނައިން ފައިސާ ދައްކާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދިނުމަށް ހަމަޖެހިފައިވާ 'ރަން ލާރި' އެވޯޑު މީރާގެ އަހަރީ ދުވަހުގެ ހަފްލާގައި 17 ފަރާތަކަށް ލިބިއްޖެއެވެ.

 

މިގޮތުން ބިޒްނަސް ޕްރޮފިޓް ޓެކްސްގެ ގިންތިން މި އެވޯޑު ލިބިފައިވާ ފަރާތްތަކަކީ އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކޮމްޕެނީ، ޓްރާންސް މޯލްޑިވިއަން އެއަރވޭސް ޕްރައިވެޓް ލިމިޓެޑް އަދި މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގ ޕްރައިވެޓް ލިމިޓެޑް އަށެވެ. ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީގެ ގިންތިން މި އެވޯޑު ހާސިލްކޮށްފައިވަނީ ވަން އެންޑް އޮންލީ ރީތި ރަށް، ފޯ ސީޒަންސް ރިޒޯޓް މޯލްޑިވްސް އެޓް ލަނޑާ ގިރާވަރު، ޝެވަލް ބްލަންކ ރަންދެލި، ކްރައުން ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، ޓްރާންސް މޯލްޑިވިއަން އެއަރވޭސް ޕްރައިވެޓް ލިމިޓެޑް، ހުޅުލޭ އައިލެންޑް ހޮޓެލް، ފޯ ސީޒަންސް އެކްސްޕްލޯރަރ އަދި އޯޝަން ގްރޭންޑުންނެވެ. ޓޫރިޒަމް ދާއިރާނޫން ދާއިރާގެ ޖީ.އެސް.ޓީގެ ގިންތިން މި އެވޯޑު ހާސިލްކޮށްފައިވަނީ އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކޮމްޕެނީ، ޑީ ބްލޫ ޕްރައިވެޓް ލިމިޓެޑް އަދި ކޮޕިއަރ ޕްލަސް ޕްރައިވެޓް ލިމިޓެޑުންނެވެ. މީގެ އިތުރުން ވިތްހޯލްޑިންގ ޓެކްސްގެ ގިންތިން ރީތި ރަށް ރިޒޯޓް ޕްރައިވެޓް ލިމިޓެޑް އަދި ބޭންކް ޕްރޮފިޓް ޓެކްސްގެ ގިންތިން ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކޮމްޕެނީ އަދި ސްޓޭޓް އޯންޑް އެންޓަޕްރައިޒެސްގެ ގިންތިން ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް ކޮމްޕެނީއަށް ވެސް ވަނީ މި އެވޯޑު ލިބިފައެވެ.

 

ރަން ލާރި އެވޯޑަކީ 2014 ވަނަ އަހަރުން ފެށިގެން މީރާއިން ކޮންމެ އަހަރުކުވެސް ދެމުން އަންނަ އެވޯޑަކެވެ.

 

04-08-18