ޓެކްސް ނުދައްކާ ދެ ކުންފުންޏެއްގެ މައްޗަށް އެ ފައިސާ އާއި އެއާގުޅޭ ޖޫރިމަނާ ދެއްކުމަށް ސިވިލް ކޯޓުން އިއްޔެ ޙުކުމް ކޮށްފިއެވެ.
ޒެބް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމްލަ 175,362ރ (އެއްލައްކަ ހަތްދިހަ ފަސްހާސް ތިންސަތޭކަ ފަސްދޮޅަސް ދެ ރުފިޔާ)، 02 (ދޭއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞް ކުރުމަށް ޙުކުމްކޮށްފައިވާއިރު، ބިޒްނަސް އިމޭޖް ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ޙުކުމް ކޮށްފައިވަނީ ބީ.ޕީ.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމްލަ 187,738ރ (އެއްލައްކަ އަށްޑިހަ ހަތްހާސް ހަތްސަތޭކަ ތިރީސް އަށް ރުފިޔާ) 2 (ދޭއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞް ކުރުމަށެވެ.
ގުޅުންހުރި ލިޔުންތައް: